11 ސެޕްޓެމްބަރ 2024
ރާއްޖޭގައި މިހާރު ކުރިއަށްދާ، އޭޝިއާގެ ސެންޓްރަލް ޒޯން އަންހެން ވޮލީ ޗެލެންޖް ކަޕްގެ ސެމީ ފައިނަލުގައި ވެސް ތަޖިކިސްތާން ބަލިކޮށް ދިވެހި ޓީމު ފައިނަލަށް ދަތުރު ކޮށްފި އެވެ.
ރާއްޖޭގައި މިހާރު ކުރިއަށްދާ، އޭޝިއާގެ ސެންޓްރަލް ޒޯން އަންހެން ވޮލީ ޗެލެންޖް ކަޕްގެ ސެމީ ފައިނަލުގައި ވެސް ތަޖިކިސްތާން ބަލިކޮށް ދިވެހި ޓީމު ފައިނަލަށް ދަތުރު ކޮށްފި އެވެ.
ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލްގައި މިރޭ ކުޅުނު ސެމީގެ މެޗު ރާއްޖޭން ކާމިޔާބު ކުރީ 3-1 ސެޓުންނެވެ.
ފުރަތަމަ ސެޓް 25-17 އިން ރާއްޖޭން ކާމިޔާބު ކުރި އެވެ. އެ ޓީމުން އެ ސެޓް ގެންދިޔައީ 25-22 ންނެވެ.
ރައުންޑް ރޮބިން ސްޓޭޖުގައި ވެސް ރާއްޖޭން ތަޖިކިސްތާން ބަލި ކުރި އެވެ.
އަނެއް ދެ ސެޓް ރާއްޖޭން ހޯދީ އިތުބާރާ އެކު އެވެ. އެ ދެ ސެޓް ދިވެހި ޓީމުން ކާމިޔާބު ކުރީ ބޮޑު ފަރަގަކާ އެކު 25-12، 25-17 އިންނެވެ.
މާދަމާ ރޭ ކުޅޭ ފައިނަލު މެޗުގައި ރާއްޖޭން ނުކުންނާނީ މިއަދު ހަވީރު އަފްޣާނިސްތާން ބަލިކޮށް ފައިނަލުން ޖާގަ ހޯދި ކިރިގިސްތާނާ ދެކޮޅަށެވެ. ރައުންޑް ރޮބިންގެ ފަހު މެޗުގައި އެ ޓީމާ ދެކޮޅަށް ކުޅެ ރާއްޖެ ބަލިވި އެވެ.
އަފްޣާނިސްތާނާ ދެކޮޅަށް ކުޅުނު މެޗު ކިރިގިސްތާނުން ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓްތައް ދިޔައީ 25-21، 25-22 އަދި 25 19 އިންނެވެ.
ތިންވަނަ ހޮވާ މެޗުގައި މާދަމާ ހަވީރު ތަޖިކިސްތާނާ އަފްޣާނިސްތާނު ވާދަކުރާނެ އެވެ.
ސެމީގެ މެޗަށް ކުޅުންތެރިން މާ ބޮޑަށް ސަމާލުވާނެ: ކޯޗު
ކާވާ ކްލަބް މުބާރާތް: ޕޮލިހާއި ވެމްކޯ މޮޅުވެއްޖެ
ދިވެހި ޓީމު އަތުން ކިރިގިސްތާނަށް ޗެމްޕިއަން
ތަޖިކިސްތާން ބަލިކޮށް ރާއްޖޭން އެއްވަނައަށް ވާން ކުރަނީ
އަފްޣާނިސްތާން ބަލިކޮށް ރާއްޖެ ޗެލެންޖަށް ތައްޔާރު!
ސެންޓްރަލް ޒޯން އޮފީސް ރާއްޖޭގައި ގާއިމުކުރެވޭތޯ ބަލަނީ
ނޭޕާލް އަތުން ވެސް ރާއްޖެ ބަލިވެއްޖެ
ގައުމީ ވޮލީ ޓީމު ކުޅުނު ދެ މެޗުން ވެސް ބަލިވެއްޖެ
އަލަށްނެގި ޒުވާން ކުޅުންތެރިން ވޮލީގެ ފައިނަލް ސްކޮޑަށް
ޓީމެއްގެ ގޮތުގައި ރާއްޖޭން ތަފާތު ދައްކާނެ: ލޯންގޭ