06 ޖެނުއަރީ 2022
އޭޝިއާގެ ވޮލީބޯޅައިގެ ސެންޓަރަލް ޒޯން ނުވަތަ ކާވާގެ މައި އޮފީސް ރާއްޖޭގައި ގާއިމުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް، ސެންޓްރަލް ޒޯންގެ ރައީސް، މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.
އޭޝިއާގެ ވޮލީބޯޅައިގެ ސެންޓަރަލް ޒޯން ނުވަތަ ކާވާގެ މައި އޮފީސް ރާއްޖޭގައި ގާއިމުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް، ސެންޓްރަލް ޒޯންގެ ރައީސް، މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.
ކަވާގެ ރައީސްކަމަށް މިދިޔަ އަހަރު އިންތިހާބުވެވަޑައިގެންނެވި، ލަތީފް ވިދާޅުވީ މަޑުޖެހިފައި އޮތް ކާވާ އަލުން ހިންގަން ފަށާފައިވާ ކަމަށެވެ. އެގޮތުން ކާވާގެ ހެޑް އޮފީހެއް ގާއިމުކުރަން ވާހަކަ ދެކެވެން ފެށުމާ އެކު އެ އޮފީސް ރާއްޖޭގައި ގާއިމުކުރުމަށް އެންމެ ފުރަތަމަ ވެސް ވިސްނުން ގެންގުޅުއްވި ކަމަށް ލަތީފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރަސްމީ އޮފީސް ރާއްޖޭގައި ގާއިމުކުރުމުގެ ހުއްދަ އާއި އިންތިޒާމުތައް ހަމަޖައްސަވައި ދެއްވުމަށް އެދި އަންނަ ހަފުތާގައި ސްޕޯޓްސް މިނިސްޓްރީ އަށް ސިޓީ ފޮނުއްވާނެ ކަމަށެވެ. މިހާރު ވެސް އޮފީސް ސެޓަޕެއް ހަދައިގެން ވަގުތީ އޮފީހެއް ރާއްޖޭގައި ގާއިމުކޮށްގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ލަތީފު ވިދާޅުވި އެވެ.
"އޭޝިއާގެ ވޮލީބޯޅައިގެ އެންމެ ބޮޑު ރީޖަނަލް އޮފީސް ރާއްޖޭގައި ގާއިމު ކުރެވިއްޖެ ނަމަ ރާއްޖޭގެ ވޮލީ އަށް ބޮޑެތި ފައިދާތަކެއް ކުރާނެ. ޓެކްނިކަލް އަދި އެޑްމިނިސްޓްރޭޓިވް މަގާމުތަކެއް ރާއްޖެ އަށް ހަމަޖެހިގެންދާނެ،" މިދިޔަ ދައުރުގައި ވީއޭއެމްގެ ރައީސްކަން ކުރެއްވި ލަތީފް ވިދާޅުވި އެވެ.
"ކަވާގެ ކޮމިޓީތައް އުފެދި އިތުރު މަގާމުތަކެއް ވެސް ހަމަޖެހިގެންދާނެ. އަޅުގަނޑުގެ ވިސްނުންހުރީ އިސް މަގާމުތަކެއް ރާއްޖޭގެ ވޮލީގެ ތަޖުރިބާކާރުންނަށް ހޯދައިދޭން."
ލަތީފް ވިދާޅުވިގޮތުގައި ކާވާގެ ޑައިރެކްޓާ އޮފް އެޑްމިނިސްޓްރޭޝަންގެ މަގާމަށް ރާއްޖޭގެ ބޭފުޅަކު ހަމަޖައްސަވާފައިވާނެ ކަމަށެވެ. އެ މަގާމަށް ހަމަޖައްސާފައި ވަނީ ހިންގުމުގެ ދާއިރާ އިން މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ އަހުމަދު ޒުހޭރު ކިޔާ ބޭފުޅެކެވެ. އޭގެ އިތުރުން ތަޖުރިބާކާރު ކޯޗު އަހްމަދު ޝަރަފް ކާވާގެ ޓެކްނިކަލް އެޑްވައިޒަރަކަށް ވާނީ ހަމައްޖާސައިފަ އެވެ. ލަތީފް ވިދާޅުވި ގޮތުގައި 1993 ގައި ސެންޓްރަލް ޒޯން އުފައްދާފައިވީ ނަމަވެސް، 2015 ވަނަ އަހަރާ ހަމައަށް ވެސް ސެންޓްރަލް ޒޯން އޮތީ މާބޮޑު ހަރަކާތްތަކެއް ނެތި އެވެ.
ލަތީފް ސެންޓރަލް ޒޯން ބައްދަލުވުމެއްގައި --- ފޮޓޯ: އޭވީސީ
"ކާވާ އެކްޓިވްވެގެން ހިނގަން ފެށީ 2015 ހިސާބުން ފެށިގެން. މަޑުމަޑުން ހިނގައި ގަނެ އެކްޓިވްވާން ފެށީމަ ވޮލީގެ ހަރަކާތްތައް ގިނަވާން ފެށި. މި އަހަރުގެ ކަލަންޑަރު އަޅުގަނޑުމެން ވާނީ މިހާރު އެކުލަވާލާފައި. މި އަހަރު ކާވާގެ 15 މުބާރާތް ބޭއްވުމަށް ވާނީ ޝެޑިއުލްކޮށްފައި،" މިދިޔަ އަހަރު ވެސް ކާވާ ގައުމުތަކުގައި އެކި ފެންވަރުގެ ހަ މުބާރާތް ބާއްވާފައިވާކަން ފާހަގަކޮށް ލަތީފް ވިދާޅުވި އެވެ.
"މި އަހަރު ވާނެ ކާވާގެ ތާރީހުގައި ވެސް އެންމެ ގިނަ އެކްޓިވިޓީތައް ބާއްވާނެ އަހަރަށް. މުބާރާތްތައް އެކަންޏެއް ނޫން. އެކިއެކި ޑިވޮލޮޕްމެންޓް ޕްރޮގްރާމްތަކާއި ޓްރޭނިންތައް ވެސް ހިންގާނެ."
ލަތީފު ވިދާޅުވީ ރާއްޖޭގައި އޮފީސް ގާއިމު ކުރުމަށް ފަހު، އޭނާގެ ދައުރު 2023 ގެ ފަހުން ނިމުނު ކަމުގައި ވިއަސް އޮފީސް ބަދަލު ނުވާނެ ކަމަށެވެ.
"އޭވީސީގެ ހެޑްކުއާޓަރު ހުންނަނީ ތައިލެންޑްގައި. އެކަމަކު އޭވީސީގެ ރައީސަކީ އިންޑޮނޭޝިއާ ބޭފުޅެއް. އޮފީސް ރަނގަޅަށް ފަންކްޝަން ކުރާކަމަށް ވަންޏާ ދާއިމީކޮށް ހެޑްކުއާޓަރު ހުންނާނެ. އަނެއްކާ ހެޑްކުއާޓަރު ގާއިމު ކުރުމަށް ފަހު އެހެން ގައުމަކަށް ހެޑްކުއާޓަރު ބަދަލުކުރުމަކީ އާންމުކޮށް ކުރާކަމެއް ނޫން."
ސެންޓްރަލް އޭޝިއާ އާއި ދެކުނު އޭޝިއާގެ ގައުމުތައް ހިމެނޭ ގޮތަށް ސެންޓްރަލް ޒޯންގައި 14 ގައުމު ހިމެނެ އެވެ. ސެންޓްރަލް ޒޯންގައި އެންމެ ނުފޫޒުގަދަ ގައުމަކީ އޭޝިއާގެ ޗެމްޕިއަން، އިރާން އެވެ. ސެންޓްރަލް ޒޯން ޗެލެންޖް ކަޕްގެ އަންހެން އަދި ފިރިހެން މުބާރާތް ވެސް މި އަހަރު ބާއްވާނީ ރާއްޖޭގަ އެވެ.
ކާވާ ކްލަބް މުބާރާތް: ޕޮލިހާއި ވެމްކޯ މޮޅުވެއްޖެ
ތަޖިކިސްތާން ބަލިކޮށް ރާއްޖެ ފައިނަލަށް
ސެމީގެ މެޗަށް ކުޅުންތެރިން މާ ބޮޑަށް ސަމާލުވާނެ: ކޯޗު
ތަޖިކިސްތާން ބަލިކޮށް ރާއްޖޭން އެއްވަނައަށް ވާން ކުރަނީ
އަފްޣާނިސްތާން ބަލިކޮށް ރާއްޖެ ޗެލެންޖަށް ތައްޔާރު!
ނޭޕާލް އަތުން ވެސް ރާއްޖެ ބަލިވެއްޖެ
ގައުމީ ވޮލީ ޓީމު ކުޅުނު ދެ މެޗުން ވެސް ބަލިވެއްޖެ
އަލަށްނެގި ޒުވާން ކުޅުންތެރިން ވޮލީގެ ފައިނަލް ސްކޮޑަށް
ޓީމެއްގެ ގޮތުގައި ރާއްޖޭން ތަފާތު ދައްކާނެ: ލޯންގޭ
ނާކާމިޔާބީއާ މެދު ކުޅުންތެރިންގެ ބަސް