01 އެޕްރީލް 2017
މާލޭގައި ދާދި ފަހުން ނިމުނު އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ވާދަކުރި ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުގެ ކުޅުންތެރިންގެ ހުނަރުވެރިކަމާ މެދު ޝައްކެއް އުފެއްދޭނެ ޖާގައެއް ނެތެވެ. ޒުވާން ކުޅުންތެރިންނާއި ތަޖުރިބާކާރު ކުޅުންތެރިން މަސްހުނިވެފައިވާ ޓީމެކެވެ. އެކަމަކު މީގެ ކުރިން ގައުމުން ބޭރުގައި ރަނގަޅު ކާމިޔާބީތަކެއް ހޯދާފައިވަނިކޮށް މި ފަހަރު އަމިއްލަ ގައުމުގައި ކުޅެ ދަށްވެގެން ސެމީ ފައިނަލާ ހަމަޔަށް ނުދިއުމުން ސުވާލުތައް ވަނީ އުފެދިފަ އެވެ. ކުޅުންތެރިންގެ ނަޒަރުގައި މިވީ ކިހިނެއް ހެއްޔެވެ؟
މާލޭގައި ދާދި ފަހުން ނިމުނު އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ވާދަކުރި ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުގެ ކުޅުންތެރިންގެ ހުނަރުވެރިކަމާ މެދު ޝައްކެއް އުފެއްދޭނެ ޖާގައެއް ނެތެވެ. ޒުވާން ކުޅުންތެރިންނާއި ތަޖުރިބާކާރު ކުޅުންތެރިން މަސްހުނިވެފައިވާ ޓީމެކެވެ. އެކަމަކު މީގެ ކުރިން ގައުމުން ބޭރުގައި ރަނގަޅު ކާމިޔާބީތަކެއް ހޯދާފައިވަނިކޮށް މި ފަހަރު އަމިއްލަ ގައުމުގައި ކުޅެ ދަށްވެގެން ސެމީ ފައިނަލާ ހަމަޔަށް ނުދިއުމުން ސުވާލުތައް ވަނީ އުފެދިފަ އެވެ. ކުޅުންތެރިންގެ ނަޒަރުގައި މިވީ ކިހިނެއް ހެއްޔެވެ؟
ނަން ނުޖަހާ ގޮތަށް ވާހަކަދެއްކި ބައެއް ކުޅުންތެރިން ބުނި ގޮތުގައި މިދިޔަ އަހަރު ބަންގްލަދޭޝްގައި ބޭއްވި އޭވީސީ މުބާރާތުގެ ވެސް ކުރިން ވެސް ޓީމުގެ ތެރޭގައި ބައިބައިވުން އޮތެވެ. އަދި ދެ މަސް ދުވަހުގެ މުސާރަ ނުލިބޭތީ ކުޅުންތެރިން ތިބީ ހިތްހަމަނުޖެހިފައި ކަމަށް އޭނާ ބުންޏެވެ.
މި މުބާރާތަށް ތައްޔާރުވާން ޖެނުއަރީ 1 ގައި ޕްރެކްޓިސް ފެށިއިރު ވެސް ބައެއް މަސް މަހުގެ މުސާރަ އޮތީ ނުލިބި އެވެ. އަދި މި ފަހަރު ތައިލެންޑް ކޭމްޕަށް ކުޅުންތެރިން ފުރުމުގެ ކުރިން މުސާރަ ލިބޭނެކަމުގެ ޔަގީންކަން ދިނެވެ. އެކަމަކު ފުރައިގެން ދިޔައީ މުސާރަ ނުލިބި އެވެ. އަދި ކޭމްޕުގެ ތެރެއިން ލިބޭނެ ކަމަށް ފަހުން ބުނި ނަމަވެސް އެ ދުވަސް ވެސް މުސާރަ ޖަމާނުވެ އެވެ.
"ބައެއް އޮފިޝަލުންގެ ވާހަކަތައް ހުންނަނީ ކުޅުންތެރިން ޕްރޮފެޝަނަލެއް ނޫނޭ، ކުޅުންތެރިން މުސާރައަށް ކިޔަނީ މަސައްކަތެއް ނުކޮށް ތިބެޔޭ. މިފަދަ ގޮތަކަށް ވާހަކަ ހުންނަނީ،" ކުޅުންތެރިޔަކު ބުންޏެވެ.
"އެކަމަކު މުސާރައެއް ދޭން ހަމަޖެހިފައި އޮންނަންޏާ އެ މުސާރައަކަށް ޑިޕެންޑްވެގެން ކުޅުންތެރިން ތިބޭނީ. އެ ނުލިބެންޏާ ކުޅުންތެރިންނަށް ދަތިވާނެ،" އޭނާ ބުންޏެވެ.
މުބާރާތް ނިމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވޮލީބޯޅަ އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވީ އެހެން ބައެއް ގައުމުތަކުގެ ކުޅުންތެރިން ކުޅެނީ މުސާރައެއް ނެތި ކަމަށާއި ރާއްޖޭގެ ކުޅުންތެރިންނަށް މުސާރައެއް ހަމަޖެހިފައި އޮތުމަކީ ކުރިއެރުމެއް ކަމަށެވެ.
މިއީ ކުޅުންތެރިންނަށް ނުސީދާކޮށް ރައީސް ދެއްވި މެސެޖެއް ކަމަށް ބައެއް ކުޅުންތެރިން ދެކެ އެވެ. އެ ކުޅުންތެރިން ބުނީ ކުޅެނީ ގައުމަށްޓަކައި ކަމަށާއި އެކަމަކު މުސާރައެއް ހަމަޖެހި އޮވެ އެ މުސާރަ ނުލިބި ލަސްވުމުން ޝަކުވާކުރުމަކީ މައްސަލައެއް ކަމަށް ނުދެކޭ ކަމަށެވެ.
ކުޅުންތެރިންނަށް އެންމެ ފަހުން ފާޑުކިޔުން އަމާޒުވީ، ޓީމުތަކުގެ ޝަރަފުގައި އެސޯސިއޭޝަނުން މިދިޔަ ހަފުތާގައި ބޭއްވި ހަފުލާއަށް އެންމެ ކުޅުންތެރިޔަކު ފިޔަވައި އެހެން ކުޅުންތެރިން ހާޒިރުނުވުމުންނެވެ. އެ ހަފުލާއަށް ހަގީގަތުގައި ގިނަ ކުޅުންތެރިންނަށް ހާޒިރުނުވެވުނީ މާލޭގައި ނެތުމުންނެވެ. މުސާރަ ނުލިބޭތީއާ އެކު މިވަގުތު މާލޭގައި ތިބެވެން ނެތުމުން އަދި ޗުއްޓީއަށް ވެސް ބައެއް ކުޅުންތެރިން ތިބީ މާލޭން ބޭރަށް ގޮހެވެ.
އެހެން ކުޅުންތެރިޔަކު ބުނީ ކުޅުންތެރިންނާ ސީދާ ގުޅުން ހުރި ހަރަކާތްތަކަށް މީޑިއާ ގެނެސް ކުޅުންތެރިން ޕްރޮމޯޓްކުރަން އެސޯސިއޭޝަނުން މާބޮޑު މަސައްކަތެއް ނުކުރާ ކަމަށާއި އެކަމަކު އެސޯސިއޭޝަން ޕްރޮމޯޓްކުރުމަށް މީޑިއާގެ ބޭނުން ހިފާ ކަމަށެވެ.
"ކުޅުންތެރިން މޯޓިވޭޓްކުރުމަށް ކުރީ ކޮން ކަމެއް؟،" ކުޅުންތެރިޔަކު ސުވާލުކުރި އެވެ. "ކުޅުންތެރިންނަށް ފާޑުކިޔުން އަމާޒުވާ ގޮތަށް މިކަން ވެސް ދިޔައީ. އެސޯސިއޭޝަން ޕްރޮމޯޓްކުރަން ވަރަށް ގިނަ ކަންކަން ކުރޭ. އެކަމަކު ކުޅުންތެރިންނާ ހިސާބުން އެފަދަ ކަމެއް ނޯވޭ."
އެނގިފައިވާ ގޮތުގައި ޓީމުގެ ބައެއް ކުޅުންތެރިން ކޯޗު ޝަރަފާ މެދު ހިތްހަމަނުޖެހެ އެވެ. އެހެން ކުޅުންތެރިޔަކު ބުނީ ޓީމުގެ ތެރޭގައި ވަކި ބަޔަކަށް ވަކި ގޮތެއް ހަދައިދޭ ކަމަށާއި އޭގެ ސަބަބުން ބައިބައިވުން އުފެދިފައިވާ ކަމަށެވެ. އަދި ކޯޗުގެ ފަރާތުން ވެސް ކުޅުންތެރިންނަށް ހިތްވަރެއް ނުލިބޭ ކަމަށާއި ވާހަކަތައް ވެސް ހުންނަނީ ހިތްވަރު އެލޭ ގޮތަށް ކަމަށް ވެސް ކުޅުންތެރިޔަކު ބުންޏެވެ.
ހުރިހާ ތީރެއް ޝަރަފާ ދިމާލަށް، އޭނާ ބުނަނީ ކީކޭ؟
ވާދަކުރެވޭ، ހޯދަންވީ ނަތީޖާ ނުނެރެވޭ ސަބަބު: ކޯޗު
ސެމީ އަށް ދިއުމަށް ރާއްޖެއަށް އޮތީ ކޮން ފުުރުސަތެއް؟
ޕްރެޝަރާ ކުރިމަތިނުލެވޭ މައްސަލައިގައި ޒިންމާނަގަން: ޝަރަފް
ތަށްޓެއްގައި އަތްލުމަށް ވޮލީ ޓީމަށް ރަނުގެ ފުރުސަތެއް
ވޮލީ ޓީމު ރޭންކިން މެޗުގައިވެސް ތަޖިކިސްތާން ބަލިކޮށްފި
ޗެލެންޖްކަޕްގައި ފިރިހެން ވޮލީޓީމަށް ނާކާމިޔާބު ފެށުމެއް
ޒުވާން ޓީމަށް މޮޅެއް ނުލިބުނު، ސީނިއާ ޓީމު ފުރައިފި
ދެވަނަ މެޗުގައި ލަންކާ އަތުން ވެސް ރާއްޖެ ބަލިވެއްޖެ
ކާވާ ކްލަބް މުބާރާތް: ޕޮލިހާއި ވެމްކޯ މޮޅުވެއްޖެ