29 ޑިސެމްބަރ 2021
ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ، ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ވާދަކުރި ރާއްޖޭގެ ގައުމީ ޓީމުން އެއްވެސް ރޭވުންތެރި ކަމެއް ނުފެނުނު ކަމަށާއި މުބާރާތުގެ ފުރުސަތު ބޭނުން ކުރީ ބޭރު ދަތުރެއްގެ ފުރުސަތު ލިބުމުން އެ ފުރުސަތެއް ބޭނުންކުރާ ކަހަލަ ގޮތަކަށް ކަމަށް، ކާމިޔާބު ވޮލީ ކޯޗް އިބްރާހިމް ރަޝީދު (ސަތޯ) ބުނެފި އެވެ.
ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ، ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ވާދަކުރި ރާއްޖޭގެ ގައުމީ ޓީމުން އެއްވެސް ރޭވުންތެރި ކަމެއް ނުފެނުނު ކަމަށާއި މުބާރާތުގެ ފުރުސަތު ބޭނުން ކުރީ ބޭރު ދަތުރެއްގެ ފުރުސަތު ލިބުމުން އެ ފުރުސަތެއް ބޭނުންކުރާ ކަހަލަ ގޮތަކަށް ކަމަށް، ކާމިޔާބު ވޮލީ ކޯޗް އިބްރާހިމް ރަޝީދު (ސަތޯ) ބުނެފި އެވެ.
ސެންޓްރަލް ޒޯން މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން އަދި އަންހެން ޓީމު ވެސް ކުޅުނު އެއްވެސް މެޗަކުން މޮޅެއް ނުވެ އެވެ. ފިރިހެން ޓީމު މުބާރާތަށް ދިޔައީ މުބާރާތް ފެށެން ވަގުތު ކުޑަތަން ވެފައި ވަނިކޮށެވެ. މިމަހު 21 ގައި އެ ޓީމު ފުރަން ދިޔަ ފަހުން ޓީމުގެ ބައެއް ކުޅުންތެރިން ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަން އެނގުމުން، ފުރޭ ގޮތެއް ނުވި އެވެ. ޓީމުން ފަހުން ފުރީ އެ ކުޅުންތެރިން ބާކީކޮށް އެ މަގާމުތަކަށް އެހެން ކުޅުންތެރިން ހިމަނައިގެންނެވެ.
ސަތޯ ބުނީ، މުބާރާތަށް ޓީމު ތައްޔާރުވާއިރު މިކަހަލަ ދުވަސްވަރެއްގައި ފިޔަވަޅުތައް އަޅައި ޕްލޭންތައް ރާވަންޖެހޭ ކަމަށެވެ. ރާއްޖެއިން ބޭރަށް ޓްރެއިނިން ކޭމްޕަށް ނުދެވުނަސް މާލޭގައި ޓީމު އެއް ހޮޓަލެއްގައި ކޭމްޕްކޮށް މުބާރާތްތައް ތައްޔާރުވުމުގެ އިންތިޒާމްތައް ހަމަޖައްސަން ޖެހޭ ކަމަށް، ކުރީގެ ހިޒް ކްލަބް ގޮވައިގެން ބޭރުގެ މުބާރާތެއްގައި ވެސް ކޯޗް ކޮށްދިން ސަތޯ ބުންޏެވެ.
ސެންޓްރަލް ޒޯންގައި ގައުމީ ވޮލީ ޓީމުން ކުޅުނު މެޗެއްގެ ތެރެއިން --- ފޮޓޯ: ރާއްޖެ ޓީވީ
"އެބަ އެނގޭ މިކަހަލަ [ކޮވިޑް] ގެ ދުވަސްވަރެއްކަން. މުބާރާތަށް ޕްލޭންކުރަން ޖެހޭނީ ވެސް އެކަންކަމަށް ވިސްނައިގެން. ދިމާވެދާނެ ހާލަތަކަށް އަބަދުވެސް ވިސްނަން ޖެހޭ. ޕްލޭން އޭ ފެއިލް ވިއްޔާ ޕްލޭން ބީ އަދި ޕްލޭން ސީ އާ މެދު ވެސް ވިސްނަންޖެހޭ. ދުރާލާއި އަޅާ ފިޔަވަޅެއްގެ ގޮތުން މުޅި ޓީމު އެއްކޮށް އެއް ހޮޓަލެއްގައި ކޭމްޕް ނުކުރީ ކީއްވެތޯ. މުބާރާތަށް ޓްރޭނިން ފެށުމުގެ ކުރިން އެންމެ ފުރަތަމަ ކުރަން ޖެހޭ ކަންތައްތައް އެއީ،" ސަތޯ ބުންޏެވެ.
އޭނާ ބުނީ، ސެންޓްރަލް ޒޯންގައި ރާއްޖެއާ ވާދަކުރި ގައުމުތަކަކީ އެ ގައުމުގެ މައިގަނޑު ކުޅިވަރުތަކުގައި އެހެން ކުޅިވަރުތަކަށް އިސްކަންދީފައި އޮންނަ ގައުމުތަކެއް ކަމަށެވެ. އެކަމަކު ރާއްޖޭގައި އެންމެ ބޮޑަށް އިސްކަންދޭ ދެ ކުޅިވަރުގެ ގޮތުގައި ފުޓްބޯޅަ އާއި ވޮލީ އޮތްއިރު ދެ ޓީމަށް ވެސް ނާކާމިޔާބުވުމުން ދުރު ރާސްތާ ޕްލޭނަކުން ކަންކަން ރާވައިގެން ކުރިއަށް ގެންދެވިފައި ނެތް ކަން ހާމަވާ ކަމަށް ކުޅިވަރަށް ހިދުމަތް ކުރުމުގެ ރޮނގުން ގައުމީ އިނާމު ހާސިލު ކުރި ސަތޯ ބުންޏެވެ.
"މިސާލަކަށް ބަލާ ބަންގްލަދޭޝް، ލަންކާ، ނޭޕާލް. އެ ގައުމުތަކުގައި އެންމެ ބޮޑު ކުޅިވަރަކަށް މިއޮތީ ކްރިކެޓް. އެހެންވީމާ އެގައުމުތަކުގެ ކުޅިވަރު ބަޖެޓްގެ ބޮޑުބައެއް ހޭދަކުރާނީ ކްރިކެޓަށް. އެކަމަކު ރާއްޖޭގައި އެންމެ ބޮޑު ދެ ކުޅިވަރަކަށް މިއޮތީ ފުޓްބޯޅަ އާއި ވޮލީ. އެންމެ އިސްކަން ދެނީ އެ ކުޅިވަރުތަކަށް،" ކުރިން ފުރަތަމަ ޑިވިޝަންގައި ވާދަކޮށް ކާމިޔާބު ހޯދި، ވީބީ އައްޑޫ އެފްސީގެ މެނޭޖަރުކަން ކުރި ސަތޯ ބުންޏެވެ.
މުބާރާތަށް ފުރުމުގެ ކުރިން ގައުމީ ވޮލީ ޓީމުން ލަންކާ އާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން
"ނޭޕާލް ބަންގްލަދޭޝް ތަންތަނުން އަށެއްކަ އަހަރު ވެއްޖެ ދުރު ރާސްތާ ވިސްނުމަކުން ވޮލީ އަށް އަދި ފުޓްބޯޅަ އަށް ވެސް މަސައްކަތް ކުރާތާ. އެކަމަކު ރާއްޖޭގައި މަސައްކަތް ކުރާނެ ޕްލޭނެއް ނެތް. އެއް މުބާރާތެއްގައި ހުންނަ ކޯޗް އަނެއް މުބާރާތުގައި ނުހުރޭ."
ސަތޯ ބުނީ ވީއޭއެމް އާއި ގައުމީ ޓީމަށް އޭނާ ފާޑު ކިޔުމުން، ވީއޭއެމްގެ ވެރިންނާ މެދުު އޭނާ ޒާތީ ކަންތައްތަކެއް އޮތީ ކަމަށް ވިސްނައިފާނެ ކަމަށެވެ. ނަމަވެސް އެކަހަލަ އެއްވެސް ކަމެއް އެ އެސޯސިއޭޝަނާ މެދު ނެތް ކަމަށް، ދިވެހި ސިފައިންގެ ކްލަބަށް ކާމިޔާބު ހޯދައިދިން ކޯޗް ބުންނެވެ. ވީއޭއެމް އަށް ދޭން ޖެހޭ އެއްބާރުލުން އޭނާ އާއި އޭނާ މިހާރު މަސައްކަތްކުރާ ކްލަބް، ދިވެހި ވޮލީބޯލް ވެޓަރަންސްއިން ދޭނެ ކަމަށް ސަތޯ ބުންޏެވެ.
"އަޅުގަނޑުގެ ޕާސަނަލް އެއްވެސް ގްރަޖެއް އެ ބޭފުޅުންނާ މެދު ނެތް، އަޅުގަނޑުގެ މުޅި ހަޔާތް ހޭދަކުރީ މި ކުޅިވަރުގައި،" އެސޯސިއޭޝަން ކަޕް 10 ފަހަރު، ވޮލީ ލީގު ތިން ފަހަރު ހޯދައިފައިވާ ކޯޗް ބުންޏެވެ.
ކޮވިޑްގެ ތެރޭގައި އުޅެންވީ ގޮތް ދަސްވާހާ މުއްދަތެއް ހޭދަވީއިރު ވެސް ކަންކަމުން ފިލާވަޅު ދަސްނުކޮށް އޮތުމުން ސަތޯ ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ކުޅުންތެރިޔަކު ބާކީކުރަން ޖެހިދާނެ ކަމަށްޓަކައި އެ ހުރިހާ ކަމަކަށް ކޯޗް އަބަދުވެސް ތައްޔާރަށް ހުންނަން ޖެހޭ ކަމަށް، 2018 ގައި ގައުމީ އަންހެން ޓީމަށް ކޯޗް ކޮށްދިން ސަތޯ ބުންޏެވެ.
އަފްޣާނިސްތާން ބަލިކޮށް ރާއްޖެ ޗެލެންޖަށް ތައްޔާރު!
ވޮލީގެ ބޮޑު ދެ މުބާރާތް އަންނަ އަހަރު ރާއްޖޭގައި
ނޭޕާލް އަތުން ވެސް ރާއްޖެ ބަލިވެއްޖެ
ގައުމީ ވޮލީ ޓީމު ކުޅުނު ދެ މެޗުން ވެސް ބަލިވެއްޖެ
އަލަށްނެގި ޒުވާން ކުޅުންތެރިން ވޮލީގެ ފައިނަލް ސްކޮޑަށް
ގައުމީ ވޮލީބޯޅަ ޓީމު ސާބިއާގައި ފަރިތަކުރަނީ
މަގާމުގައި ދެމިހުރެއްޖެ ނަމަ ބަދަލު ގެންނާނަން: ކާއްޓޭ
ތުރުކުމެނިސްތާން އަތުން ބަލިވެ ރާއްޖެ އަށް ހަތަރު ވަނަ
ކާމިޔާބަކުން ނިންމާލުން: އާ ފެށުމަކަށް މުހިއްމު
ސެމީން ކަޓައި ރާއްޖެ ތިން ވަނަ ހޮވާ މެޗަށް