22 އޯގަސްޓް 2019
އޭވީސީ ސީނިއާ މެންސް ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި މިއަދު ސީދާ ތިން ސެޓުން ވަރުގަދަ އުޒްބެކިސްތާން އަތުން ބަލިވެ ފައިނަލަށް ނުގޮސް ރާއްޖެ ތިން ވަނަ ހޮވާ މެޗުގައި ވާދަކުރަން ޖެހިއްޖެ އެވެ.
އޭވީސީ ސީނިއާ މެންސް ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި މިއަދު ސީދާ ތިން ސެޓުން ވަރުގަދަ އުޒްބެކިސްތާން އަތުން ބަލިވެ ފައިނަލަށް ނުގޮސް ރާއްޖެ ތިން ވަނަ ހޮވާ މެޗުގައި ވާދަކުރަން ޖެހިއްޖެ އެވެ.
މާދަމާ ރާއްޖެ ގަޑިން 4:15 ގައި ތިން ވަނަ ހޮވާ މެޗުގައި ރާއްޖެ ކުޅޭނީ ތުރުކުމެނިސްތާނާ އެވެ. ހޮނިހިރު ދުވަހުގެ ފައިނަލުގައި ކުޅޭނީ ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ފައިނަލުން ފުރުސަތު ހޯދި ދެ ޓީމު ކަމަށްވާ އުޒްބެކިސްތާނާއި ކިރްގިސްތާން އެވެ. މި ދެ ޓީމު ވެސް ފައިނަލަށް ދިޔައީ ކުޅުނު ހުރިހާ މެޗެއްގެ ހުރިހާ ސެޓެއް ކާމިޔާބު ކޮށްގެންނެވެ.
ނޭޕާލުގެ ޓްރިބުވާން އާމީ ކްލަބްގެ އިންޑޯ ކޯޓުގައި މިއަދު ކުޅުނު މެޗުތަކުގެ ސެޓުތައް ދިޔައީ 25-20، 25-19 އަދި 25-21 އިންނެވެ.
މެޗުގެ ފުރަތަމަ ސެޓު ފަށައިގެން ދެ ޓީމުގެ ފަރާތުން އެއްވަރުގެ ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ޓެކްނިކަލް ޓައިމް އައުޓުގައި އުޒްބެކިސްތާން ކުރީގައި އޮތީ 8-7 އިންނެވެ. ރާއްޖޭން ފަހަތުން އަރައި އެއްވަރުކުރަން މަސައްކަތްކުރި ނަމަވެސް އުޒްބެކިސްތާނުން އެ ފުރުސަތު ނުދީ ލީޑުފުޅާކުރި އެވެ. އެ ޓީމުން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ޔަކްޔޮޕޯފް އެވެ. ރާއްޖޭން މި ސެޓުގެ ފަހު ކޮޅުގައި އަހުމަދު ޝިިމާއު ކުޅެން އަރުވައި ކުޅުން ރަނގަޅުކުރި ނަމަވެސް އުޒްބެކިސްތާނުން ސެޓު ގެންދިޔައީ 25-20 އިންނެވެ.
އުޒްބެކިސްތާނުން ދެ ވަނަ ސެޓު ފަށައިގެން ލީޑު ނެގި ނަމަވެސް މި ސެޓުގައި ރާއްޖޭން ވަރުގަދަ ކުޅުމެއް ދެއްކި އެވެ. ދެ ފަހަރެއްގެ މަތިން އެއްވަރުކޮށް އަދި ލީޑުވެސް ނެގި އެވެ. އެކަމަކު ހިފަަހައްޓާލެވޭ ގޮތެއްނުވި އެވެ. ރާއްޖޭން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ކެޕްޓަން އަލީ ހުޒާމް (ހުޒަންޓެ) އެވެ. ސެޓުގެ ސްކޯ އެންމެ ވާންކޮށް ދިޔަ ވަގުތު އުޒްބެކިސްތާނުން ވަނީ ރާއްޖެ ކޮޅަށް ބޯޅަތަކެއް ވައްޓާލައި އިތުބާރު ހޯދައިފަ އެވެެ. އެ ގޮތަށް ގޮސް އުޒްބެކިސްތާނުން ދެ ވަނަ ސެޓު ގެންދިޔައީ 25-19 އިންނެވެ.
މެޗު ބަލަން ވަދެ ތިބި ނޭޕާލުގެ މީހުން ދެ ޓީމަށް ވެސް ސަޕޯޓުކުރަމުންދިޔައިރު، ތިން ވަނަ ސެޓު ފަށައިގެން ރާއްޖޭގެ ފަރާތުން ވަރުބަލިކަން ފެނިގެންދިޔައިރު، އޭގެ ފައިދާ އުޒްބެކިސްތާނުން ދިޔައީ ރަނގަޅަށް ނަގަމުންނެވެ. ބޮޑު ލީޑެއް ނެގި މި ސެޓުގައި ރާއްޖޭން ވަނީ ގިނަ ބަދަލުތަކެއް ކޮށްފަ އެވެ. އެ ގޮތުން ހުސެއިން ރަޒާން އާއި އަހުމަދު އަނިލް އަދި ޝިމާއު އަރައި ކުޅުން ރަނގަޅުކުރި ނަމަވެސް އުޒްބެކިސްތާނުން އެއްވެސް ފުރުސަތެއް ނުދީ 25-21 އިން ސެޓު ގެންގޮސް މެޗުން މޮޅުވީ އެވެ.
ރާއްޖޭން އެންމެ ފަހުން ސެންޓްރަލް ޒޯނުގައި މެޑަލެއް ހޯދީ 2016 ވަނަ އަހަރު ބަންގްލަދޭޝްގަ އެވެ. އެ ފަހަރު ލިބުނީ ތިން ވަނަ އެވެ.
ގައުމީ ޓީމުގެ ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) ބުނީ ފުރަތަމަ ދެ ސެޓުގައި ވެސް ދިޔައީ އެއް ކަހަލަ ގޮތަކަށް ކަމަށާއި އަތުގައި އޮންނަ ބޯޅަ އިދިކޮޅު ޓީމަށް ލިބި އޭގެ ފައިދާ އެ ޓީމުން ނަގަނީ ކަމަށެވެ. އަދި ރާއްޖެ ޓީމުގެ ޑިފެންސް ފެނުނީ އެންމެ ރަނގަޅަށް ނޫން ކަމަށް ބުންޏެވެ.
ވޮލީގެ ބޮޑު ދެ މުބާރާތް އަންނަ އަހަރު ރާއްޖޭގައި
ނޭޕާލް އަތުން ވެސް ރާއްޖެ ބަލިވެއްޖެ
ގައުމީ ވޮލީ ޓީމު ކުޅުނު ދެ މެޗުން ވެސް ބަލިވެއްޖެ
އަލަށްނެގި ޒުވާން ކުޅުންތެރިން ވޮލީގެ ފައިނަލް ސްކޮޑަށް
މަގާމުގައި ދެމިހުރެއްޖެ ނަމަ ބަދަލު ގެންނާނަން: ކާއްޓޭ
ތުރުކުމެނިސްތާން އަތުން ބަލިވެ ރާއްޖެ އަށް ހަތަރު ވަނަ
ކާމިޔާބަކުން ނިންމާލުން: އާ ފެށުމަކަށް މުހިއްމު
މި ޖޯޝުގައި ކުޅެގެން ކާމިޔާބު ހޯދޭނެ: ކޯޗު
ނޭޕާލް އަތުން ބަދަލުހިފަން ރާއްޖެ އަށް ފުރުސަތެއް
ފުރަތަމަ މެޗުން ކިރްގިސްތާން އަތުން ރާއްޖެ ބަލިވެއްޖެ