10 ސެޕްޓެމްބަރ 2024
ނ. ހޮޅުދޫގައި ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާ މޫސާގެ ހަށިގަނޑު މާލެއަށް މިރޭ ފުރުވާލައިފި އެވެ.
ނ. ހޮޅުދޫގައި ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާ މޫސާގެ ހަށިގަނޑު މާލެއަށް މިރޭ ފުރުވާލައިފި އެވެ.
އެނގިފައިވާ ގޮތުގައި، ޒަކިއްޔާގެ ހަށިގަނޑާ އެކު ފުލުހުންގެ ޓީމެއް މިރޭ ވަނީ ހޮޅުދޫން ފުރައިފަ އެވެ. ޒަކިއްޔާގެ މަރުގެ ތަހުގީގަށް ފުލުހުން ހާއްސަ ޓީމެއް އެ ރަށަށް ގޮސްފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގަ އެވެ.
އެ ޓީމުން ރަށަށް ގޮސް ފޮރެންސިކް ހެކި އެއްކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވެ އެވެ. އެކަމަކު ޒަކިއްޔާގެ ހަށިގަނޑު މާލެ ގެންނަނީ، ޕޯސްޓްމޯޓަމް ހަދަން ކަމެއް ސާފެއް ނޫނެވެ.
ޒަކިއްޔާގެ މަރާ ގުޅިގެން މާ ގިނަ މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ. ނަމަވެސް އެރަށުން "މިހާރު" އަށް ކުރިން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ޒަކިއްޔާ މަރުވެފައި އޮއްވައި ފެނުނީ ގޭގެ ކުނި ނަގަން ގޭތެރެއަށް ވަން ބިދޭސީންތަކަކަށެވެ. އޭރު އޭނާ ވެއްޓިފައި އޮތީ ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއް ކައިރިއަށެވެ.
ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާ
އަދި ޒަކިއްޔާގެ ކަރުގައި ވަޅި އަޅާފައި ހުރި ކަމަށާއި ހަށިގަނޑު ކައިރީގައި ބޮޑު ވަޅިއެއް އޮތް ކަމަށް ވެސް އެ މީހާ ބުންޏެވެ. ޒަކިއްޔާ މަރުވި އިރު ފިރިއަކާއި ދެ ކުދިންގެ އިތުރުން މާމަ ދަރިން ވެސް ތިބެ އެވެ. އޭނާއަކީ ނަފްސާނީ މައްސަލައެއް ހުންނަ މީހެއް ކަމަށް ރަށު ތެރޭގައި ވާހަކަ ދެކެވުނަސް އެކަމަށް އެއްވެސް ފަރުވާއެއް ހޯދަމުން އައި ކަމެއް ސާފެއް ނޫނެވެ. މިދިޔަ އަހަރު އުމްރާގެ އަޅުކަން ވެސް ފުރިހަމަކޮށްފައިވާ ޒަކިއްޔާގެ އާއިލާ އަކީ ރަށުގައި ފުދިގެން އުޅޭ ތަނަވަސް އާއިލާއެއްގެ މީހެއް ކަަމަށް ވެސް "މިހާރު" އާ ވާހަކަ ދެއްކި މީހާ ބުންޏެވެ.
ފުލުހުންގެ ޓީމު ހޮޅުދޫއަށް ގޮސް ތަހުގީގު ފަށައިފި
ޒަކިއްޔާގެ މަރު: ހޮޅުދޫއަށް ފުލުހުންގެ ހާއްސަ ޓީމެއް
ޒަކިއްޔާ މަރުވެފައި އޮތް އިރު ކައިރީގައި ބޮޑު ވަޅިއެއް
ދެ ޒުވާނުންގެ މަރާއެކު ހޮޅުދު އަށް ހިތްދަތިކަން
އެއާޕޯޓުގައި ވެހިކަލް ދުއްވި މީހަކު މަރުވެއްޖެ
ޒާތީ މައުލޫމާތު އާއްމުކުރުމުން ފުލުހުންނަށް ފާޑުކިޔުން!
ރަސްދޫގައި ޗުއްޓީ ހޭދަކުރަމުންއައި ޓޫރިސްޓަކު މަރުވެއްޖެ
މަރުވެފައި އޮއްވާ ފެނުނީ އެމްޑީޕީ އެކްޓިވިސްޓު ޖައުހަރީ
މޫދުގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ
ހާޝިމްގެ މަރާ ގުޅޭ ކަންބޮޑުވުންތައް ފުލުހުން ބަލަނީ