Roadha Mihaaru
ކޭމް، ހޯމްލޭންޑް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފި

ކޮމިއުނިކޭޝަން އޮތޯރިޓީ، ހޯމްލޭންޑް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފި

10 ސެޕްޓެމްބަރ 2024

ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) ހޯމްލޭންޑް، ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ދަށަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބަދަލުކުރައްވައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) ހޯމްލޭންޑް، ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ދަށަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބަދަލުކުރައްވައިފި އެވެ.

އެ މަނިކުފާނު މަގާމުގެ ހުވާކުރެއްވުމަށް ފަހު، އިދާރާތަކުގެ މަސައްކަތްތައް އެކުލަވައިލިއިރު، ކޭމް ހިންގަން ކަނޑައެޅުއްވީ އަލަށް އުފެއްދި ލޯކަލް ގަވަމެންޓް މިނިސްޓްރީގެ ދަށުންނެވެ.

އެކަމަކު، ރައީސް އޮފީހުން މިއަދު ނެރުނު ދެންނެވުމެއްގައި ބުނީ، ކޭމް އަކީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ދަށުން ހިންގާ ތަނެއްގެ ގޮތުގައި މިހާރު ހަމަޖައްސަވާފައިވާ ކަމަށެވެ.

ރައީސް މުއިއްޒުގެ އެ ނިންމެވުމާ އެކު، ހޯމް މިނިސްޓްރީގެ ދަށުން ހިންގާ އިދާރާތަކުގެ އަދަދު މިއަދު ނުވައަކަށް އެރީ އެވެ.

ހޯމް މިނިސްޓްރީގެ ދަށުން ހިންގާ އިދާރާތައް:

1- މޯލްޑިވްސް އިމިގްރޭޝަން

2- މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)

3- ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު)

4- ނޭޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ)

5- ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)

6- ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް

7- ނޭޝަނަލް ސައިބާ ސެކިއުރިޓީ

8- ލޭބަ ރިލޭޝަން އޮތޯރިޓީ (އެލްއާރުއޭ)

9- ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ކޭމް ހިންގަމުން އައީ އެންވަޔަރަންމަންޓަލް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ދަށުންނެވެ.