10 ސެޕްޓެމްބަރ 2024
ރާއްޖޭގައި ޕޭޕަލްގެ ހިދުމަތް ފަށަން ހުރި ގޮންޖެހުންތައް ހައްލު ކޮށްދިނުމަށް އެމެރިކާގެ ސަރުކާރުން ވަރަށް ބޮޑެތި އެހީތެރިކަމެއް ދޭ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ޕޭޕަލްގެ ހިދުމަތް ފަށަން ހުރި ގޮންޖެހުންތައް ހައްލު ކޮށްދިނުމަށް އެމެރިކާގެ ސަރުކާރުން ވަރަށް ބޮޑެތި އެހީތެރިކަމެއް ދޭ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ޒަމީރު މިހެން ވިދާޅުވީ ރާއްޖޭގައި އެމެރިކާގެ އެމްބަސީ ގާއިމް ކުރިތާ އެއް އަހަރު ފުރުން ފާހަގަކޮށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ޒަމީރު ވިދާޅުވީ، އެމެރިކާ އެމްބަސީގެ އެހީތެރިކަމާ އެކު ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން އެންމެ އުންމީދީ އެއް ކަމަކީ ރައްޖެ އަށް ޕޭޕަލްގެ ހިދުމަތް ތައާރަފް ކުރުމަށް ކުރަމުން އަންނަ މަސައްކަތް ކަމަށެވެ.
އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަރަށް މުހިންމު ރިޔާސީ ވައުދެއް ކަމަށާއި އެ ހިދުމަތް ތައާރަފް ކުރަން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވެސް ކެނޑިނޭޅި މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ޒަމީރު ވިދާޅުވި އެވެ.
ރާއްޖޭގެ މާކެޓް ކުޑަވުމާ ގުޅިގެން ޕޭޕަލް ގެންނަން ދަތިތަކެއް ހުރި ކަމަށާއި ނަމަވެސް އެ ގޮންޖެހުންތަކުން އަރައިގަތުމަށް އެމެރިކާ ސަރުކާރުން ވަރަށް ބޮޑަށް އެހީތެރިވާ ކަމަށް ޒަމީރު ވިދާޅުވި އެވެ.
"ޕޭޕަލް ތައާރަފް ކުރުމުގެ ސަބަބުން އިގްތިސާދަށް އިންގިލާބީ ބަދަލުތަކެއް އައިސް، އިގްތިސާދީ ބައިވެރިވުން ވަރަށް ބޮޑަށް އިތުރުވެގެން ދާނެ،" އޭނާ ވިދާޅުވި އެވެ.
އެ ހަފްލާގައި ވާހަކަ ދައްކަވަމުން ޒަމީރު ވަނީ ޔޫއެސްއެއިޑާއި އެ ގައުމުގެ ސަރުކާރުން ރާއްޖެ އަށް ދެމުން ގެންދާއެހީތައް ފާހަގަ ކުރައްވައިފަ އެވެ. އަދި ކުރިޔަށް އޮތް ތަނުގައި މާލެއިން ވިސާ ލިބޭނެ ގޮތް ހަމަޖެހިގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ.
ދުނިޔޭގެ އެކި ސަރަހައްދުތަކުން ފައިސާ ފޮނުވާ އަދި ފައިސާ ލިބިގަތުމަށް ބޭނުންކުރާ މަޝްހޫރު ޕޭމަންޓް ސިސްޓަމް "ޕޭޕަލް" ރާއްޖެ އަށް ތަރާއަފު ކުރުމަށްޓަކައި ދިވެހި ސަރުކާރުގެ ޕްރޮޕޯޒަލް މިދިޔަ މަހުގެ ފަހުކޮޅު އެ ކުންފުންޏަށް ފޮނުވާފައިވާ ކަމަށް މިނިސްޓަރު ސައީދު ވަނީ ވިދާޅުވެފަ އެވެ.
"އަޅުގަނޑުމެން މި އިންތިޒާރު ކުރަނީ ވަރަށް އަވަހަށް އިރާދަކުރެއްވިއްޔާ ކޮންމެވެސް ކަހަލަ އެއްބަސްވުމަކަށް އަޅުގަނޑުމެންނަށް އާދެވޭނެ ކަމަށް. ސީދާ އަޅުގަނޑު ނެތިން ދަންނަވާކަށް މިވެނި ދުވަހަކުއޭ ޕޭޕަލްގެ ހިދުމަތް ރާއްޖޭގައި ފެއްޓޭނީ. އެހެން ނަމަވެސް އިރާދަކުރެއްވިއްޔާ ޕޭޕަލް ރާއްޖެ އަށް ގެނެވޭނެ އަޅުގަނޑުމެންނަށް،" ސައީދު ވިދާޅުވެފައި ވެ އެވެ.
ޒަމީރު ފުރަތަމަ ބައްދަލުކުރެއްވީ ފަލަސްތީނުގެ މަންދޫބާ
ދިވެހިންނަށް އެމެރިކާ ވިސާ ފަސޭހަ ކުރަން މަޝްވަރާކޮށްފި
ހަމަލާ ހުއްޓުވާ ގަރާރު ވީޓޯ ކުރުމުން ކަންބޮޑުވުން!
ހަމަލައެެއްގެ ނުރައްކަލެއް ޓޫރިސްޓުންނަކަށް ނެތް: ޒަމީރު
އެމެރިކާ ދަތުރުފުޅަށް ހަރަދުވީ 2.5 މިލިއަން ރުފިޔާ
ގޫގުލް އޮފީހާ އެކު މަސައްކަތްކުރަން މަޝްވަރާކޮށްފި
އިންވެސްޓްކުރަން އެކި ދާއިރާތައް ހުޅުވާލަން އިސްކަންދެން
ޑިއެގޯ ގާސިއާއިން ރާއްޖެއަށް ޗާޓަރު ދަތުރެއް!
އެމެރިކާ އިން ރާއްޖެއަށް އިތުރު 8މިލިއަން ޑޮލަރު ދީފި
ޗައިނާ އާއި އެމެރިކާ އިން ރާއްޖެއަށް ދެ ޑްރޯން ދެނީ