Roadha Mihaaru
ގެސްޓްހައުސް އިން ފެނުނު މީހާއަށް ވަނީ އަނިޔާ ކޮށްފައި

ގެސްޓްހައުސް އިން ފެނުނު މީހާއަށް ވަނީ އަނިޔާ ކޮށްފައި: ޕޮލިސް

09 ސެޕްޓެމްބަރ 2024

މާލޭގެ ގެސްޓް ހައުސްއެއްގައި ޒަހަމްތަކަކާއެކު އޮއްވާ ފެނުނު މީހާއަށް އަނިޔާ ކޮށްފައި ހުރި ކަމަށް ފުލުހުން ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މާލޭގެ ގެސްޓް ހައުސްއެއްގައި ޒަހަމްތަކަކާއެކު އޮއްވާ ފެނުނު މީހާއަށް އަނިޔާ ކޮށްފައި ހުރި ކަމަށް ފުލުހުން ބުނެފި އެވެ.

ގެސްޓް ހައުސްއެއްގައި އުޅޭ ދިވެހި ފިރިހެނެއްގެ ހަބަރެއް ނުވެގެން އޭނާގެ ކޮޓަރިއަށް ފުލުހުން ވަދެ ބެލިއިރު ޒަހަމްވެފައި އޮއްވާ ފެނުނީ މިއަދު ހެނދުނު އެވެ. އެ މީހާއަށް އައިޖީއެމްއެޗްގެ އައިސީޔޫގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން އެ މީހާއަށް ބަޔަކު އަނިޔާ ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މީހާ އަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް އަދި ފުލުހުން ހާމައެއް ނުކުރެ އެވެ.

ގެސްޓްހައުސްއިން އެ މީހާ ނެރެގެން ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައި އެވެ. އެ ވީޑިއޯގައި، ސްޓްރެޗާއެއްގައި އޭނާ ނެރޭއިރު ފެންނަނީ އެ މީހާގެ މޫނު އެކަންޏެވެ. އަދި ގައިގައި ފޮތިގަނޑެއް އަޅާފައި އޮތްއިރު އޭނާގެ މޫނު ވަރަށް ބޮޑަށް ދުޅަވެފައިވެ އެވެ.

ފުލުހުން ބުނީ އެ ހާދިސާ ހިނގި ތަނުގައި ފުލުހުންގެ ތަހުގީގު ޓީމު މިހާރު ހަރަކާތްތެރިވަމުންދާ ކަމަށެވެ.