Roadha Mihaaru
ފަރުހާދު، ޖޭއެސްސީގެ މެމްބަރުކަމަށް އައްޔަންކޮށްފި

ފަރުހާދު، ޖޭއެސްސީގެ މެމްބަރުކަމަށް އައްުޔަން ކުރައްވައިފި

08 ސެޕްޓެމްބަރ 2024

ދަށު ކޯޓުތަކުގެ ފަރާތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ތަމްސީލް ކުރައްވާނެ ބޭފުޅަކަށް ސިވިލް ކޯޓުގެ ގާޒީ ފަރުހާދު ރަޝީދު މިއަދު އައްޔަން ކުރައްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދަށު ކޯޓުތަކުގެ ފަރާތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ތަމްސީލް ކުރައްވާނެ ބޭފުޅަކަށް ސިވިލް ކޯޓުގެ ގާޒީ ފަރުހާދު ރަޝީދު މިއަދު އައްޔަން ކުރައްވައިފި އެވެ.

ގދ. ފިޔޯރީ، ލަންސިމޫގެ، ފަރުހާދު، ޖޭއެސްސީގެ މެމްބަރުކަމުގެ ހުވާކުރެއްވީ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކުރިފުޅުމަތީގަ އެވެ

ދަށު ކޯޓުތަކުން ޖޭއެސްސީގައި ތަމްސީލް ކުރައްވާނެ ފަނޑިޔާރަކަށް ފަރުހާދު އައްޔަން ކުރެއްވީ، ކުރިން އެ މަގާމުގައި ހުންނެވި ލ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ ޝަރީފުގެ ދައުރު ހަމަވުމުންނެވެ.

ޑިޕާޓްމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މިދިޔަ މަހު ބޭއްވި އިންތިހާބުގައި ފަރުހާދާއެކު ފަސް ބޭފުޅުން ވާދަކުރެއްވި އެވެ.

ގާޒީ ފަރުހާދު، ޖޭއެސްސީގެ މެމްބަރުކަމުގެ ހުވާ މިއަދު ކުރެއްވުމަށް ފަހު ހުވާގެ ލިޔުމުގައި ސޮއިކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

ގާޒީ ފަރުހާދު، ޖޭއެސްސީގެ މެމްބަރުކަމުގެ ހުވާ މިއަދު ކުރެއްވުމަށް ފަހު ހުވާގެ ލިޔުމުގައި ސޮއިކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

ސިވިލް ކޯޓުގައި މިހާރު އެންމެ ގިނަ ދުވަސްވީ ގާޒީ ފަރުހާދު ކާމިޔާބު ކުރެއްވީ 91 ވޯޓުންނެވެ. އޭނާއާ އެންމެ ކައިރިން ވާދަކުރެއްވި ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އިހުސާނަށް ލިބިވަޑައިގަތީ 71 ވޯޓެވެ.

ސިވިލް ކޯޓުގައި ފަރުހާދު ގާޒީކަން ކުރައްވާތާ 11 އަހަރު ވެފައިވާއިރު ޝަރުއީ ދާއިރާގެ ވަޒީފާގައި އުޅުއްވާތާ ވިއްސަކަށް އަހަރު ވެއްޖެ އެވެ.

ޖޭއެސްސީގައި ތިއްބަވަނީ 10 މެމްބަރުންނެވެ.

އެއީ ރައްޔިތުންގެ މަޖިލިހުގެ ތެރެއިން މެމްބަރަކާއި ހައި ކޯޓުގެ ފަނޑިޔާރަކާއި ރައްޔިތުންގެ މަޖިލިހުގެ ރައީސާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި ދަށު ކޯޓުގެ ފަނޑިޔާރާއި އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލިހުގެ ފަރާތުން ކަނޑައަޅާ ބޭފުޅަކާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސާއި ބަންޑާރަ ނައިބާއި ރައީސުލްޖުމްހޫރިއްޔާގެ މެމްބަރު އަދި ގާނޫނީ ވަކީލުންގެ ތެރެއިން ކަނޑައަޅާ ބޭފުޅެކެވެ.