10 އޯގަސްޓް 2024
ދަށު ކޯޓުތަކުގެ ފަރާތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ތަމްސީލް ކުރައްވާނެ ފަނޑިޔާރަކު ކަނޑައެޅުމުގެ އިންތިހާބު ބޮޑު ތަފާތަކުން ސިވިލް ކޯޓުގެ ގާޒީ ފަރުހާދު ރަޝީދު މިއަދު ކާމިޔާބު ކުރައްވައިފި އެވެ.
ދަށު ކޯޓުތަކުގެ ފަރާތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ތަމްސީލް ކުރައްވާނެ ފަނޑިޔާރަކު ކަނޑައެޅުމުގެ އިންތިހާބު ބޮޑު ތަފާތަކުން ސިވިލް ކޯޓުގެ ގާޒީ ފަރުހާދު ރަޝީދު މިއަދު ކާމިޔާބު ކުރައްވައިފި އެވެ.
ދަށު ކޯޓުތަކުން ޖޭއެސްސީގައި ތަމްސީލް ކުރައްވާނެ ފަނޑިޔާރަކު ކަނޑައެޅުމުގެ އިންތިހާބު ބޭއްވީ ކުރިން އެ މަގާމުގައި ހުންނެވި ލ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ ޝަރީފުގެ ދައުރު ހަމަވުމުންނެވެ.
ޑިޕާޓްމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މިއަދު ބޭއްވި އިންތިހާބު ސިވިލް ކޯޓުގައި މިހާރު އެންމެ ގިނަ ދުވަސްވީ ގާޒީ ފަރުހާދު ކާމިޔާބު ކުރެއްވީ 91 ވޯޓުންނެވެ. އޭނާއާ އެންމެ ކައިރިން ވާދަކުރެއްވި ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އިހުސާނަށް ލިބިވަޑައިގަތީ 71 ވޯޓެވެ.
އިންތިހާބު ކާމިޔާބު ކުރެއްވި ގާޒީ ފަރުހާދަކީ ފަނޑިޔާރުންގެ ޖަމިއްޔާގެ ތަރުޖަމާނެވެ. އޭނާ ސިވިލް ކޯޓުގެ ގާޒީކަން ކުރައްވާތާ 11 އަހަރު ވެފައިވާއިރު ޝަރުއީ ދާއިރާގެ ވަޒީފާގައި އުޅުއްވާތާ ވިއްސަކަށް އަހަރު ވެއްޖެ އެވެ.
ޖޭއެސްސީގެ މިއަދުގެ އިންތިހާބުގައި ފަސް ފަނޑިޔާރުން ވާދަކުރެއްވި އެވެ. އެއީ:
1. ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހީމް އިހުސާން (71 ވޯޓު)
2. ސިވިލް ކޯޓުގެ ގާޒީ އާއިޝަތު އަޒުފާ އަބްދުލްޣަފޫރު (0 ވޯޓު)
3. ސިވިލް ކޯޓުގެ ގާޒީ ފަރުހާދު ރަޝީދު (91 ވޯޓު)
4. ފެމިލީ ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) 1 ވޯޓު
5. އައްޑޫ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް، ރަފީއުއްދީން އަހުމަދު (0 ވޯޓު)
މި ފަސް ބޭފުޅުންގެ ތެރެއިން އަބްދުﷲ ގާޒީއަކީ ޝަރުއީ ދާއިރާގައި އެންމެ ގިނަ ދުވަސްވީ ފަނޑިޔާރެވެ. އޭނާ ވަނީ ކްރިމިނަލް ކޯޓުގެ ގާޒީ ކަމާއި އިސް ގާޒީކަން ކުރައްވައިފަ އެވެ.
ޖޭއެސްސީގައި ތިއްބަވަނީ 10 މެމްބަރުންނެވެ.
އެއީ ރައްޔިތުންގެ މަޖިލިހުގެ ތެރެއިން މެމްބަރަކާއި ހައި ކޯޓުގެ ފަނޑިޔާރަކާއި ރައްޔިތުންގެ މަޖިލިހުގެ ރައީސާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި ދަށު ކޯޓުގެ ފަނޑިޔާރާއި އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލިހުގެ ފަރާތުން ކަނޑައަޅާ ބޭފުޅަކާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސާއި ބަންޑާރަ ނައިބާއި ރައީސުލްޖުމްހޫރިއްޔާގެ މެމްބަރު އަދި ގާނޫނީ ވަކީލުންގެ ތެރެއިން ކަނޑައަޅާ ބޭފުޅެކެވެ.
ސިވިލް ކޯޓުގެ އިސްގާޒީގެ މައްސަލައެއް ޖޭއެސްސީއަށް
ހައި ކޯޓުގެ އިސް ފަނޑިޔާރަކަށް ޝަހީދު
ސިވިލް ކޯޓު ހިންގުން ގާޒީ ފަރުހާދާ ހަވާލުކޮށްފި
ގާޒީ އާދަމްގެ މައްޗަށް ސުލޫކީ މައްސަލަ ސާބިތެއްނުވި
ދެ ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ޖޭއެސްސީން ބަލަނީ
ސިވިލް ކޯޓުގެ ގާޒީ ފަހީމަށް ފިޔަވަޅު އަޅައިފި
ގާޒީ އަލީ އަބްދުﷲ އާ މެދު ފިޔަވަޅު އަޅަން ނިންމައިފި
ގާޒީ ޒުބައިރު އިސްތިއުފާ ދެއްވަނީ
ފަނޑިޔާރުކަމަކީ އެކަނިވެރި، ބުރަ މަސައްކަތެއް: ޝުޖޫން
ސިވިލް ކޯޓަށް އާ ދެ ފަނޑިޔާރުން އައްޔަންކޮށްފި