Roadha Mihaaru
ގާޒީ ޒުބައިރު އިސްތިއުފާ ދެއްވަނީ

ސިވިލް ކޯޓުގެ ގާޒީ ޒުބައިރު އިސްތިއުފާ ދެއްވަނީ

04 ޖުލައި 2022

ސިވިލް ކޯޓުގެ ގާޒީ ޒުބައިރު މުހައްމަދު މަގާމުން އިސްތިއުފާ ދެއްވަން ނިންމަވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސިވިލް ކޯޓުގެ ގާޒީ ޒުބައިރު މުހައްމަދު މަގާމުން އިސްތިއުފާ ދެއްވަން ނިންމަވައިފި އެވެ.

ސިވިލް ކޯޓުގައި 2015 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ގާޒީ ޒުބައިރު އިސްތިއުފާ ދެއްވަން ނިންމެވީ މިމަހުގެ 17 ވަނަ ދުވަހުން ފެށިގެންނެވެ. އޭނާގެ އިސްތިއުފާގެ ސިޓީ ލިބިފައިވާ ކަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކަށަވަރުކޮށް ދިނެވެ.

އެނގިފައިވާ ގޮތުގައި އޭނާ އިސްތިއުފާ ދެއްވީ އެހެން ދާއިރާއަކުން ގައުމަށް ހިދުމަތް ކުރަން ބޭނުންވާ ކަމަށް ވިދާޅުވެ އެވެ.

ގާޒީ ޒުބައިރު އިސްތިއުފާ ދެއްވިއިރު، އޭނާއަކީ ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން މިހާރު ހުސްވެފައި އޮތް ދެ މަގާމަށް ކުރިމަތިލައްވާފައިވާ ބޭފުޅެކެވެ.

ސިވިލް ކޯޓުގެ ފަނޑިޔާރަކަށް އައްޔަން ކުރެއްވުމުގެ ކުރިން އޭނާ ހުންނެވީ ޑްރަގް ކޯޓުގަ އެވެ. އޭގެކުރިން އޭނާ ހުންނެވީ މެޖިސްޓްރޭޓަކަށެވެ.