Roadha Mihaaru
39 ބިލިއަން ޑޮލަރަށް 7-އިލެވަން ނުވިއްކި

ތިރީސް ނުވަ ބިލިއަން ޑޮލަރު މާ މާދު ކަމަށް ބުނެ 7-އިލެވަން ނުވިއްކި

06 ސެޕްޓެމްބަރ 2024

ދުނިޔޭ މަޝްހޫރު ކޮންވީނިއަންސް ސްޓޯ ބްރޭންޑް 7-އިލެވަން ގަންނަން ކެނެޑާގެ ކުންފުންޏަކުން ހުށަހެޅި 39 ބިލިއަން ޑޮލަރު މާ މަދު ކަމަށް ބުނެ، އެ ޗެއިން ވިއްކަން ދެކޮޅު ހަދައިފި އެވެ.

ދުނިޔޭ މަޝްހޫރު ކޮންވީނިއަންސް ސްޓޯ ބްރޭންޑް 7-އިލެވަން ގަންނަން ކެނެޑާގެ ކުންފުންޏަކުން ހުށަހެޅި 39 ބިލިއަން ޑޮލަރު މާ މަދު ކަމަށް ބުނެ، އެ ޗެއިން ވިއްކަން ދެކޮޅު ހަދައިފި އެވެ.

ޖަޕާނުގެ ސެވަން އެންޑް އައި ހޯލްޑިންގްސް ނަމަކަށް ކިޔާ ކުންފުންޏެއްގެ ދަށުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 7-އިލެވަން ގެ 85،000 އަށްވުރެ ގިނަ ފިހާރަ ހިންގަ އެވެ.

7-އިލެވަން ޗެއިން ގަންނަން ހުށަހެޅީ، ކެނެޑާގެ އޭސީޓީ ކުންފުނިންނެވެ. ކޮންވީނިއަންސް ސްޓޯ ބްރޭންޑް ސާކަލް-ކޭ ހިންގާ އޭސީޓީން މިހާރު 31 ގައުމެއްގައި 16،700 ފިހާރަ ހިންގަ އެވެ.

އޭސީޓީން 7-އިލެވަން ގަންނަން ހުށަހެޅީ ހިއްސާއެއް 14.86 ޑޮލަރުގެ މަގުންނެވެ. އެއީ ގާތްގަނޑަކަށް 39 ބިލިއަން ޑޮލަރެވެ.

އެކަމަކު އެއީ 7-އިލެވަން ބްރޭންޑާ އެކަށީގެންނުވާ ދަށް އަގު ކުރުމެއް ކަމަށް އޭސީޓީއަށް ލިޔުމުން ދިން ޖަވާބުގައި ސެވަން އެންޑް އައި ހޯލްޑިންގްސް އިން ބުންޏެވެ.