Roadha Mihaaru
އެތެރެ އާއި ބޭރުން ނަތަންޔާހޫއަށް ޕްރެޝަރު ބޮޑުވެއްޖެ

ރަހީނުންގެ މަރާ އެކު ބޭރާއި އެތެރެއިން ނަތަންޔާހޫ އަށް ޕްރެޝަރު ބޮޑުވެއްޖެ

03 ސެޕްޓެމްބަރ 2024

ހަމާސްއިން އިޒްރޭލަށް ހަމަލާދީ ރަހީނުކުރި މީހުންގެ ތެރެއިން ހަ މީހެއްގެ ހަށިތައް ޣައްޒާގެ ޓަނެލްއެއްގެ ތެރެއިން ފެނުމާ އެކު، ރަހީނުން ސަލާމަތުން ގެނެވޭނެ އެއްބަސްވުމެއް ހަމާސްއާ އެކު ހެދުމަށް ގޮވާލައި އަދި ސަރުކާރުގެ ސިޔާސަތާ ދެކޮޅަށް އެތައް ހާސް ބަޔަކު މުޒާހަރާއަށް ނުކުތުމާ އެކު އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަށް ޕްރެޝަރު ބޮޑުވެއްޖެ އެވެ.

ހަމާސްއިން އިޒްރޭލަށް ހަމަލާދީ ރަހީނުކުރި މީހުންގެ ތެރެއިން ހަ މީހެއްގެ ހަށިތައް ޣައްޒާގެ ޓަނެލްއެއްގެ ތެރެއިން ފެނުމާ އެކު، ރަހީނުން ސަލާމަތުން ގެނެވޭނެ އެއްބަސްވުމެއް ހަމާސްއާ އެކު ހެދުމަށް ގޮވާލައި އަދި ސަރުކާރުގެ ސިޔާސަތާ ދެކޮޅަށް އެތައް ހާސް ބަޔަކު މުޒާހަރާއަށް ނުކުތުމާ އެކު އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަށް ޕްރެޝަރު ބޮޑުވެއްޖެ އެވެ.

އިޒްރޭލުގެ ރައްޔިތުން ނުކުމެ ކުރަމުންދާ މުޒާހަރާތަކުގެ އިތުރުން އިޒްރޭލަށް އެންމެ ބޮޑަށް ވާގިވެރިވާ އެމެރިކާ އަދި އިނގިރޭސިވިލާތުގެ ޕްރެޝަރު ވެސް ނަތަންޔާހޫ އަށް ވަނީ އިތުރުވެފަ އެވެ.

ހަމާސްއާ އެކު ސުލްހައިގެ އެއްބަސްވުން ދިގުދަންމައި، ރަހީނުންތަކެއް މަރުވެފައިވަނީ ނަތަންޔާހޫ އިސްވެ އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރެވޭތީ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ ވިދާޅުވެފަ އެވެ. އަދި އިޒްރޭލުން އިތުރަށް އިންސާނީ ހައްގުތަކަށް އަރައިގެންފާނެ ކަމުގެ ބިރު ބޮޑު ކަމަށް ބުނެ، އިނގިރޭސިވިލާތުން ވަނީ އިޒްރޭލަށް ބައެއް ހަތިޔާރު ވިއްކުން ހުއްޓާލައިފަ އެވެ.

ޕްރެޝަރު ބޮޑުުވުމުން، ނަތަންޔާހޫ ވަނީ ރަހީނުންތައް ސަލާމަތް ނުކުރެވުމުން ދައުލަތުގެ ޓީވީ މެދުވެރިކޮށް އިޒްރޭލުގެ ރައްޔިތުންގެ ކިބައިން މާފަށް އެދިފަ އެވެ.

ހަމާސް އިން އޮކްޓޫބަރު 7 ގައި އިޒްރޭލަށް ހަމަލާ ދިން އިރު 251 މީހަކު ހައްޔަރުކުރި ނަމަވެސް ބައެއް މީހުން ކުރިން މިނިވަންކުރުމުންނާއި އަނެއް ބަޔަކު އެކި ގޮތްގޮތުން މަރުވެ މިހާރު ދުނިޔޭގައި ތިބީ 97 މީހެއް ކަމަށް ބެލެވެ އެވެ.

ސަރުކާރާ ދެކޮޅަށް ނުކުތް މީހުން ވަނީ ތެލް އަވީވް، ގުދުސް އަދި ބޮޑެތި އެހެން ބައެއް ސިޓީތަކުގެ މަގުތައް ވެސް ފުރާލައިފަ އެވެ. އެ މީހުން ބުނަމުން ދަނީ ރަހީނުކޮށްފައިވާ މީހުން ސަލާމަތްކުރުމަށް އެކަށީގެންވާ ގޮތެއްގައި ސަރުކާރުން މަސައްކަތް ނުކުރާ ކަމަށެވެ.

އިޒްރޭލު ސިފައިންނަށް އެންމެ ފަހުން ފެނުނު ހަ ރަހީނުން މަރާލާފައިވަނީ ސިފައިން ޓަނަލަށް ވަނުމުގެ ކުޑަ އިރުކޮޅެއް ކުރިން ކަމަށް ޑިފެންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ. މި ހަށިތައް ފެނުނީ ރަފަހްގައި ހަދާފައިވާ ބިމު އަޑީގެ ޓަނަލެއްގެ ތެރެއިން ކަމަށް ވެސް ބުންޏެވެ.

މީގެ ކުރިން ވެސް ރަހީނުންގެ މައްސަލަގައި އިޒްރޭލު ސަރުކާރާ ދެކޮޅަށް ސިލްސިލާ މުޒާހަރާތައް ކޮށްފައިވެ އެވެ.