02 ސެޕްޓެމްބަރ 2024
ބޮޑު ކަންނެލީގެ މަސްވެރިންނަށް އާމްދަނީ ހޯދުމާއި މަސައްކަތްކުރާނެ މީހުން ލިބުމުގައި ހުރި ގޮންޖެހުންތައް ބޮޑުކަންނެލީ މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން ރައީސް ޑރ. މުހައްމަދު މުއިއްޒުއާ މިއަދު ހިއްސާކޮށްފި އެވެ.
ބޮޑު ކަންނެލީގެ މަސްވެރިންނަށް އާމްދަނީ ހޯދުމާއި މަސައްކަތްކުރާނެ މީހުން ލިބުމުގައި ހުރި ގޮންޖެހުންތައް ބޮޑުކަންނެލީ މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން ރައީސް ޑރ. މުހައްމަދު މުއިއްޒުއާ މިއަދު ހިއްސާކޮށްފި އެވެ.
މިއަދު މެންދުރު ފަހު ބީކޭއެމްޔޫގެ އިސް މެމްބަރުންނާ އެކު ރައީސް ބޭއްވެވި ބައްދަލުކުރެއްވުމާ ގުޅޭ ގޮތުން ރައީސް އޮފީހުން ބުނީ މަސްވެރިކަމުން ލިބޭ އާމްދަނީ ކުޑަވުމުންނާއި މަސްވެރިކަމުގެ ސިނާއަތަށް ވަންނަ ނުވަތަ ގުޅޭ މީހުން މަދުވުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުގެ ވާހަކަ އެ ބައްދަލުވުމުގައި ރައީސްއާ ހިއްސާކުރި ކަމަށެވެ. އަދި މަސްކިރުމުގައި ހުރި ދަތިތަކާއި ދޯނިތަކަށް ހޯދަން ޖެހޭ ސާފުތާހިރުކަމުގެ ލިޔުން ހޯދުމުގައި ހުރި ކަންބޮޑުވުންތައް ވެސް ހިއްސާކުރެއްވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، ބޮޑުކަންނެލީ މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ)ގެ މެމްބަރުންނާ ބައްދަލުކުރައްވަނީ. -- ފޮޓޯ: ރައީސް އޮފީސް
މިހާރު މަސްދޯނިފަހަރު އޮންނަ ސަރަހައްދު ބެލުމަށް ބޭނުންކުރާ ޑިވައިސްގައި ހުރި އުނދަގޫތައް ވެސް އެ ޖަމިއްޔާގެ މެމްބަރުން ފާހަގަކުރެއްވި އެވެ. އެ ބޭފުޅުން ވަނީ "ފްލޯ ޕްރައިސް"ގެ ދަށުން މަސް ވިއްކޭނެ ގޮތެއް ސަރުކާރުން ހޯދައިދިނުމަށާއި ބޮޑުކަންނެލި މަސްވެރިކަމަށް ހާއްސަ ބޮއި ހޯދައިދެއްވުމަށް އަދި އެންވެރިކަން ކުރާ ސަރަހައްދުތައް ރައްކާތެރިކޮށްދެއްވުމަށް ރައީސްގެ އަރިހުން އެދިވަޑައިގެންފަ އެވެ.
އެ ބައްދަލުވުމުގައި ބީކޭއެމްޔޫގެ މެންބަރުން ވަނީ ލޭނު އަޅައިގެން މަސްވެރިކަން ކުރަން ހުޅުވާލަން ސަރުކާރުން ކުރިން ނިންމި ނިންމުމަށް އަމަލުނުކުރާ ގޮތަށް ރައީސް ކަނޑައެޅުއްވުމުން އެކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ.
"މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް މި ސަރުކާރުން މެނިފެސްޓޯގައި ކަނޑައަޅާފައިވާ ކަންކަން ކުރެއްވުމުން މި ސިނާއަތް ކުރިއަށްދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމުގައި ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ފާހަގަކުރެއްވި އެވެ. އަދި އެ ބޭފުޅުން ވަނީ މަސްވެރިންގެ ދަފުތަރެއް އެކުލަވާލުމަށް މި ސަރުކާރުން ކުރައްވާ މަސައްކަތް ޝުކުރުވެރިކަމާ އެކު ފާހަގަކުރައްވައިފަ އެވެ،" ރައީސް އޮފީހުން ބުންޏެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ބޮޑުކަންނެލީގެ މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ)ގެ މެމްބަރުންނާ އެކު ބޭއްވި ބައްދަލުވުމުގައި އެ ޖަމިއްޔާގެ ބޭފުޅުން.-- ފޮޓޯ: ރައީސް އޮފީސް
އެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ މި ކަހަލަ ބައްދަލުވުމެއްގެ ބޭނުމަކީ ރައްޔިތުންނާ ގާތުން ރައްޔިތުން އެދޭ ގޮތަށް ސަރުކާރުގެ ކަންކަން ކުރިއަށް ގެންދިއުން ކަމަށެވެ. އަދި މެނިފެސްޓޯގައި ހުރި ކަންކަން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރައްވާ ކަމަށާއި އެ ކަންކަން ނިމުމުން މަސްވެރިކަމުގެ ސިނާއަތަށް ޖުމްލަ ގޮތެއްގައި ހައްލެއް ލިބޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް އޮފީހުގައި ބޭއްވި އެ ބައްދަލުވުމުގައި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް އާއި މިނިސްޓްރީގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގަތެވެ.
މަސްވެރިންގެ ބެކްލޮގް މާދަމާއެއްކޮށް ކްލިއާވާނެ: ޝިޔާމް
ހައުސިންގެ ޔޫނިއަންތަކާ ރައީސް ބައްދަލުކުރައްވަނީ
ކަނޑުއޮތްގިރީގެ މަސް ކާރުހާނާ ބަންދުކޮށްފި
މިފްކޯއަށް 1.6 ބިލިއަންގެ ގެއްލުން ވެއްޖެ: ޝިޔާމް
މަސްވެރިންގެ ބެކްލޮގް އެއްކޮށް ކްލިއާ ކުރެވިއްޖެ:ރައީސް
މަސްވެރިންނަށް ފައިސާ ދޫކުރަން ފަށައިފި
މަސްވެރިކަން އިޝްތިހާރުކުރަން ކުންފުންޏެއް އުފައްދަނީ
ރާއްޖޭގައި ފުރަތަމަ ފަހަރަށް ފިޝަރީޒް ކޮލެޖެއް ހުޅުވަނީ
މަސްވެރިންނަށް 136 މިލިއަން ރުފިޔާ ޖަމާކޮށްދީފި
ރައީސް މުއިއްޒު އދ. އަތޮޅަށް ފުރާވަޑައިގެންފި