Roadha Mihaaru
އުރީދޫ އަހަރީދުވަހުގެ ހަރަކާތްތައް ނިންމާލީ ފޯރިގަދަކޮށް

އުރީދޫގެ އަހަރީ ދުވަހުގެ ހަރަކާތްތަކުގެ ނިމުން ވަރަށް ފޯރިގަދަ

01 ސެޕްޓެމްބަރ 2024

އުރީދޫ މޯލްޑިވްސްގެ އަހަރީ ދުވަސް ފާހަގަކުރަން ކުރިއަށް ގެންދިޔަ ކުލަ ގަދަ ހަރަކާތްތައް، ވަރަށް ފޯރިގަދަކޮށް ނިންމާލައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އުރީދޫ މޯލްޑިވްސްގެ އަހަރީ ދުވަސް ފާހަގަކުރަން ކުރިއަށް ގެންދިޔަ ކުލަ ގަދަ ހަރަކާތްތައް، ވަރަށް ފޯރިގަދަކޮށް ނިންމާލައިފި އެވެ.

އުރީދޫގެ އަހަރީ ދުވަސް ފާހަގަކުރަން މިދިޔަ ހުކުރުދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގައި އެ ކުންފުނިން ވަނީ ކުޑަކުދިންގެ ހަވީރެއް ވެސް ބާއްވައިފަ އެވެ. ފޯމު ޕާޓީއަކާ އެކު އޮތް މި ކުޑަކުދިންގެ ހަވީރުގައި ރޮބޮޓުތަކަކާ އެކު ތަފާތު ގޭމްތައް ކުޅެވޭނެ އިންތިޒާމް ވަނީ ހަމަޖައްސައިފަ އެވެ.

އާއިލާތަކަށް މަޖާ އުފާވެރި ފެސްޓިވަލެއް ބޭއްވުމަށް ފަހު، ޒުވާނުންނަށް ހާއްސަކޮށް ސެންޓްރަލް ޕާކުގައި ފޯރިގަދަ މިޔުޒިކް ޝޯއެއް ވެސް ބޭއްވި އެވެ.

ކުޑަކުދިންގެ ހަވީރުގައި ހުރި ރޮބޮޓެއް.

ކުޑަކުދިންގެ ހަވީރުގައި ހުރި ރޮބޮޓެއް.

އުރީދޫ އަހަރީ ދުވަހުގެ ކުޅިވަރުތައް ނިންމާލީ ދަ ފުލް ސާކަލް އާއި ހަބޭސް ބޮޑުބެރުގެ ފޯރިގަދަ ރީތި ހުށަހެޅުންތަކުންނެވެ.

އުރީދޫން ބުނީ އަހަރީ ދުވަހާ ގުޅިގެން ހިންގި ހަރަކާތްތަކަށް އާއްމުންގެ ހޫނު ތަރުހީބެއް ލިބިފައިވާ ކަމަށެވެ.

ކުޑަކުދިންގެ ހަވީރުގައި ކުދިންތަކެއް ގޭމެއް ކުޅެނީ.

ކުޑަކުދިންގެ ހަވީރުގައި ކުދިންތަކެއް ގޭމެއް ކުޅެނީ.

މިދިޔަ މަހުގެ އެއް ވަނަ ދުވަހު ފާހަގަކުރި 19 ވަނަ އަހަރީ ދުވަހާ ގުޅުވައި މުޅި އޮގަސްޓު މަހަށް ބަހާލައިގެން އަހަރީ ދުވަހުގެ އެކި ހަރަކާތްތައް ވަނީ ހިންގައިފަ އެވެ. އޭގެ ތެރޭގައި ގާލާ ޑިނާއަކާއި އުރީދޫ ނޭޝަންގެ ފުރަތަމަ ގްލޯބަލް މުބާރާތާއި އުރީދޫ މަސް ރޭހުގެ އިތުރުން އެކި އޮފާތަކާއި ޕްރޮމޯޝަންތައް ވެސް ހިމެނެ އެވެ.