31 އޯގަސްޓް 2024
އޭޝިއާގެ ވޮލީބޯޅައިގެ މައި ޖަމިއްޔާ (އޭވީސީ) ގެ ނައިބު ރައީސަކަށް، ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފް އިންތިހާބުކޮށްފި އެވެ.
އޭޝިއާގެ ވޮލީބޯޅައިގެ މައި ޖަމިއްޔާ (އޭވީސީ) ގެ ނައިބު ރައީސަކަށް، ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފް އިންތިހާބުކޮށްފި އެވެ.
އޭޝިއާގެ ހަތަރު ޒޯނުން ނައިބު ރައީސުން އިންތިހާބުކުރާ އޭވީސީގެ ނައިބު ރައީސްކަމަށް ލަތީފް އިންތިހާބުވީ ސެންޓްރަލް ޒޯން އެސޯސިއޭޝަނުން (ކާވާ) އިންނެވެ. ކަވާގެ މިހާރުގެ ރައީސަކީ ވެސް ލަތީފެވެ.
އޭގެ އިތުރުން އޭވީސީގެ އެޑްމިނިސްޓްރޭޓިވް ބޯޑްގެ ސަބްސްޓިޔުޓް މެންބަރެއްގެ ގޮތުގައި ވެސް ލަތީފް ވަނީ ހަމަޖައްސައިފަ އެވެ.
އޭވީސީގެ މަގާމަށް އިންތިހާބުވުމުން ލަތީފް ވިދާޅުވީ މިއީ އޭނާ އަށް ލިބުނު ކާމިޔާބެއް ކަމަށް ނުދެކޭ ކަމަށެވެ.
"މިއީ ރާއްޖެ އަށް ލިބުނު ކާމިޔާބެއް އަދި ރާއްޖޭގެ ވޮލީބޯޅަ ކޮމިޔުނިޓީ އަށް ލިބުނު ކާމިޔާބެއް،" ލަތީފް ވިދާޅުވި އެވެ.
ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި ބޭއްވި އޭވީސިގެ ކޮންގްރެސްގައި، އެ ކޮންފެންޑެރޭޝަންގެ ރައީސްކަމަށް އިންތިހާބު ކުރީ ފިލިޕީންސްގެ ވޮލީ ފެޑެރޭޝަންގެ ރައީސް ރެމޯން ސުޒާރާ އެވެ.
އެ މަގާމަށް އޭނާ އިންތިހާބުވީ ޕްރޮކްސީ ވޯޓާ އެކު 48 ވޯޓް ހޯއްދަވައިގެންނެވެ. އޭނާއާ ވާދަކުރެއްވި ގަތަރުގެ ވޮލީގެ ރައީސް އަލީ ގާނިމް އަލް ކުވަރީއަށް ލިބިވަޑައިގެންނެވީ 15 ވޯޓެވެ.
އޭވީސީގެ ރައީސްކަމުގެ ދައުރު އެންމެ ފަހުން ނިންމަވާލެއްވި އިންޑޮނޭޝިއާގެ ރިޓާ ސުބާވޯ އަށް، އިއްޔެގެ ކޮންގްރެސްގައި ވަނީ ޝަރަފުވެރި ރައީސްގެ މަގާމު ދެއްވާފަ އެވެ.
އޭވީސިގެ ސީނިއާ ނައިބު ރައީސަކީ އޮސްޓްރޭލިއާގެ ކްރައިގް ކާތާ އެވެ. ލަތީފަކީ އެގްޒެކެޓިވް ނައިބު ރައީސެވެ.
ރައީސްކަމުގެ މަގާމާ ހަވާލުވެ ވަޑައިގެންނެވުމަށް ފަހު އާ ރައީސް ސުޒާރާ ވިދާޅުވީ އޭވީސީގެ މަންޒަރު ބަދަލުކޮށްލުމަށްޓަކައި އެންމެ އެއްބައިވާން ޖެހޭ ކަމަށެވެ.
"އަޅުގަނޑުމެން އެއްބައިވަންތަވާން ޖެހޭ، އޭޝިއާގެ ވޮލީބޯޅައިގެ މުސްތަގުބަލަށް އެކުގައި މަސައްކަތް ކުރަމުން ކުރިއަށްދާން ޖެހޭނީ. ހިނގާ އެކުގައި މަސައްކަތްކޮށް އޭވީސީގެ މަންޒަރު ބަދަލުކޮށްލަމާ،" ސުޒާރާ ވިދާޅުވި އެވެ.
އޭނާގެ އެކްސްކޯގެ ދައުރު ހަމަވާނީ 2028 ގަ އެވެ.
ރާއްޖޭގެ ދެ ޓީމުގެ ކުރިމަތިލުން ކާމިޔާބުކުރީ ވެމްކޯ
ވޮލީގެ ބޮޑު ލީގެއްގެ މަސައްކަތް ބޭރު ކުންފުންޏަކާއެކު
ތިން އަހަރަށްފަހު ލަތީފް އަލުން ވީއޭއެމްގެ ރައީސްކަމަށް
ކުރިއަށް އޮތީ ރާއްޖޭގެ ވޮލީގެ އެންމެ މުހިންމު އަހަރު
ވީއޭއެމްގެ ރައީސްކަމަށް މިފަހަރުވެސް ކުރިމަތިލީ ލަތީފް
ތާއީދުކުރަނީ 2025 ގައި ވޮލީގެ އިންތިހާބު ބާއްވަން
މައްސަލަގަނޑެއްގެ ތެރެއަށް ވައްޓާލުމަށްފަހު ރަނޭ ހަނު
ލަތީފް ސަރުކާރަށް: އަތޮޅުތަކުގައި ވެސް އިންޑޯ އަޅައިދީ
ވީއޭއެމް ހިންގުން ނޯމަލައިޒިން ކޮމިޓީ އަކަށް
އޭވީސީގެ ބޯޑަށް ވީއޭއެމްގެ ރައީސް ލަތީފް