Roadha Mihaaru
މައްސަލަގަނޑެއްގެ ތެރެއަށް ވައްޓާލުމަށްފަހު ރަނޭ ހަނު

މައްސަލަގަނޑެއްގެ ތެރެއަށް ވީއޭއެމް ވައްޓާލުމަށް ފަހު ރަނޭ ހަނު

06 ޑިސެމްބަރ 2023

އެސޯސިއޭޝަނެއް ނޭވާލައި ދިރި އޮތުމަށް ބޭނުންވާ އެންމެ އަސާސީ ކަންތައްކަމަށްވާ، އަހަރީ އާންމުޖަލްސާ ވެސް ނުބާއްވާތާ ތިން އަަހރުވެއްޖެ އެވެ. ކޮންގްރެސް ނުބާއްވައި ތިބެ ތިން އަހަރުގެ ކޮންގްރެސްގެ މަސައްކަތް އެއް ކޮންގްރެސްއަކުން ބާއްވައި ބަރިބަރި އަށް ކަންކަން ފާސްކޮށް ނިންމާލީ މިދިޔަ މަހު ތިންވަނަ ދުވަހު ބޭއްވި ކޮންގްރެސްއެއްގަ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ނުބައި އަނދަވަޅަކަށް ވީއޭއެމްގެ ވައްޓާލުމަށް ފަހު އެ އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ރަނޭޝް ހުންނަވަނީ ހަނު އެވެ. މައްސަލަތަކާ ބެހޭގޮތުން ވާހަކަ ދައްކާކަށް އޭނާ ބޭނުމެއް ނުވެ އެވެ. މެސްޖެކޮށް ތަކުރާރުކޮށް ގުޅުމުން ވެސް އޭނާ ޖަވާބެއް ނުދެ އެވެ. އޭނާގެ ރިޔާސަތުގެ ދަށުން ބޭއްވި ކޮންގްރެސްގައި ނިންމި ނިންމުންތަކުގެ ސައްހަ ކަމާ މެދު ކުރީގެ އެކްޓިން ސްޕޯޓްސް ކޮމިޝަނާ އޮތީ ސުވާލު އުފައްދައިފަ އެވެ.

ކޮންގްރެސްގެ ނިންމުންތަކާ މެދު ސުވާލު އުފައްދާފައި ވަނީ ވޯޓްލުމުގެ ހައްގު ލިބޭ ކްލަބްތަކުގެ ސައްހަކަން ކަށަވަރު ކުރެވިފައި ނެތުމުންނެވެ.

އެފްއައިވީބީ ކޮންގްރެސްގައި ރަނޭ ވާހަކަ ދައްކަވަނީ: އެފްއައިވީބީ ކޮންގްރެސްގެ އެފަދަ ސްޓޭޖެއްގައި ރާއްޖެ ތަމްސީލު ކުރި ފުރަތަމަ ދިވެއްސަކީ ރަނޭ

އެފްއައިވީބީ ކޮންގްރެސްގައި ރަނޭ ވާހަކަ ދައްކަވަނީ: އެފްއައިވީބީ ކޮންގްރެސްގެ އެފަދަ ސްޓޭޖެއްގައި ރާއްޖެ ތަމްސީލު ކުރި ފުރަތަމަ ދިވެއްސަކީ ރަނޭ

އޭޕްރީލް 2021 ގައި ބޭއްވި އިންތިހާބުގައި ވީއޭއެމްގެ ރައީސް ކަމަށް ވަޑައިގެންނެވި ރަނޭޝްގެ އެކްސްކޯގެ ބެލުމުގެ ދަށުން އަސާސީ ގަވާއިދު 90 ދުވަހުގެ ތެރޭގައި އިސްލާހު ކުރުމަށް ސްޕޯޓްސް ކޮމިޝަނާ އޮފީހުން އަންގާފައި އޮތް ނަމަވެސް، އެކަން ކަނޑައެޅި މުއްދަތުގައި ނުކުރެ އެވެ. އާ އަސާސީ ގަވާއިދެއް ޑްރާފްޓްކޮށްގެން ފާސް ކުރީ އެ ކޮންގްރެސްގަ އެވެ. ވޮލީގެ ތަޖުރިބާާކާރަކު ބުނިގޮތުގައި އާ އަސާސީ ގަވާއިދު ފާސް ކުރީ "ކިޔަވާ ކުއްޖަކު ފަހު ވަގުތު އެސައިމެންޓް ނިންމަން އުޅޭހެން"ނެވެ.

ކޮންގްރެސްގައި ފާސް ކުރި އާ އަސާސީ ގަވާއިދާ ވެސް ބަލައިނުގަންނަން ކުރިގެ އެކްޓިން ކޮމިޝަނާ އޮތީ ނިންމާފަ އެވެ.

އެ އަސާސީ ގަވާއިދުގައި އެންމެ މުހިންމުކަމަކަށް ލިޔެފައި އޮތީ އާ އިންތިހާބަކަށް ދިއުމުގެ ވާހަކަ އެވެ. އެ ގަވާއިދުގެ 56 ވަނަ މާއްދާގައި އާ އިންތިހާބެއް ބާއްވަން ޖެހޭނެ ކަމަށް ލިޔެފައި އޮތުމުން އެ އެސޯސިއޭޝަނުގެ ކުރީގެ ރައީސް މުހައްމަދު ލަތީފް ކޮންޓްރޯލް ކުރާ ކްލަބްތަކުން ވަނީ އިންތިހާބުގެ ކަންކަން ކުރިއަށް ގެންދަން ގޮވާލާފަ އެވެ.

ވީއޭއެމްގެ ރައީސް ރަނޭ: މައްސަލަތަކާ ބެހޭގޮތުން ވާހަކަ ދައްކާކަށް އޭނާ ބޭނުމެއް ނުވޭ --- ފައިލް ފޮޓޯ

ވީއޭއެމްގެ ރައީސް ރަނޭ: މައްސަލަތަކާ ބެހޭގޮތުން ވާހަކަ ދައްކާކަށް އޭނާ ބޭނުމެއް ނުވޭ --- ފައިލް ފޮޓޯ

ލަތީފްގެ ހިއްސާ އޮންނަ ސިޓީ ގާޑެން ރެސްޓޯރެންޓްގައި މިދިޔަ މަހުގެ 12 ވަނަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި ބައިވެރިވި ވޮލީބޯލް ޔޫތު ނިއު ޖެނަރޭޝަންގެ ނައިބު ރައީސް އަދި ކޯޗު މުހައްމަދު ޝަރަފު ބުނީ އޭރު އޮންނަން ޖެހޭނީ އިންތިހާބު ބާއްވާފައި ކަމަށެވެ.

ގާވާއިދުން ކޮންގްރެސް ނުބޭއްވުމުގެ މައްސަލަ އެކަންޏެއް ނޫނެވެ. މާޅީ މުއާމަލާތްތަކުގައި ހާމަކަން ނެތުމާއި ސަރުކާރުން ބޮޑެތި އަދަދުތަކުން ފައިސާ ދީފައި ހުރި އިރު ވެސް އޮޑިޓްކޮށްފައި ނުހުރެ އެވެ.

މިދިޔަ ދެ އަހަރު ސަރުކާރުން 12 މިލިއަން ރުފިޔާ ދީފައި ވެއެވެ. އެކަމަކު އޮޑިޓެއް ނުކުރެ އެވެ. މިދިޔަ މަހު ބޭއްވި ކޮންގްރެސްގައި ނޫނީ މާލީ ރިޕޯޓަކާ މެދު ވެސް ކްލަބްތަކާ މަޝްވަރާކޮށްފައެއް ނެތެވެ. އޮޑިޓް ނުކުރިޔަސް ސަރުކާރުން ދިޔައީ އެ އެސޯސިއޭޝަނަށް ވެސް ބަރާބަރަށް ފައިސާ ދެމުންނެވެ.