12 ފެބުރުއަރީ 2023
މި މަހު 23 ގައި ރާއްޖޭގައި ބާއްވާ ހަތަރު ގައުމުގެ އިންޓަނޭޝަނަލް ވޮލީބޯޅަ މުބާރާތަށް އަފްޣާނިސްތާނާއި މެލޭޝިއާ އަދި ސިންގަޕޫރު ޓީމުތައް ވާދަކުރާނެ ކަމަށް ވީއޭއެމުން ބުނެފި އެވެ.
މި މަހު 23 ގައި ރާއްޖޭގައި ބާއްވާ ހަތަރު ގައުމުގެ އިންޓަނޭޝަނަލް ވޮލީބޯޅަ މުބާރާތަށް އަފްޣާނިސްތާނާއި މެލޭޝިއާ އަދި ސިންގަޕޫރު ޓީމުތައް ވާދަކުރާނެ ކަމަށް ވީއޭއެމުން ބުނެފި އެވެ.
ފޯ ނޭޝަން ވޮލީބޯޅަ އިންޓަނޭޝަން މުބާރާތް ލޯންޗު ކުރުމަށް މިއަދު ސޯޝަލް ސެންޓަރުގެ ސެމިނާ ރޫމްގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ވީއޭއެމްގެ ރައީސް މުހައްމަދު ރަނޭޝް ވިދާޅުވީ މެލޭޝިއާ އާއި ސިންގަޕޫރުގެ އަންހެން އަދި ފިރިހެން ޓީމު ވެސް މާލެ އަންނާނެ ކަމަށެވެ. އެކަމަކު އަފްޣާނިސްތާނުން ވާދަ ކުރާނީ ފިރިހެން ޓީމު އެކަނި ކަމަށް އޭނާ ވިދާޅުވި އެވެ.
އަންހެން މުބާރާތުގައި ތިން ޓީމު ވާދަ ކުރާނެތީ މުބާރާތް ކުރިއަށް ގެންދާނީ ރައުންޑް ރޮބިން އުސޫލުން ކުޅުމަށް ފަހު އެއްވަނަ އަށް ދާ ޓީމަށް ފައިނަލުގެ ސީދާ ޖާގަ ލިބޭ ގޮތަށެވެ. އަދި އަނެއް ދެ ޓީމުގެ މެދުގައި ސެމީ ފައިނަލެއް ކުޅުމަށް ފަހު ފައިނަލުގެ ދެވަނަ ޖާގަ ކަނޑައަޅާނެ އެވެ.
ޕްރެސް ކޮންފަރެންސްގައި ބައިވެރިވި ވަޑައިގެންނެވި ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވީ ސައުދީ އަރަބިއާގެ އަންހެން ޓީމަށް ވެސް މުބާރާތަށް އައުމަށް ދައުވަތު ފޮނުވި ކަމަށެވެ. އެކަމަކު މިފަހަރު މުބާރާތަށް ރާއްޖެ އާދެވެން ނެތް ކަމަށް އެންގި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭގައި ބާއްވާ ފޯ ނޭޝަން މުބާރާތުގެ ޖޯޒީ އާއި މުބާރަތުގައި އޮފިޝަލުން ބޭނުން ކުރާނެ ޖޯޒީ --- ފޮޓޯ: މިޝާން އަލީ | މިހާރު
އެކަމަކު ސައުދީގެ އަންހެން ޓީމުން އެހެން ފަހަރަކުން މާލެ އައިސް ރާއްޖޭގެ ޓީމާއެކު މެޗުތަކެއް ކުޅެން ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ރަނޭ ވިދާޅުވީ މަސައްކަތް ކުރަމުން ދަނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ކުރިން އެ މުބާރާތަށް އަންހެން ޓީމު ތައްޔާރުވުމުގެ ގޮތުން ސައުދީގެ ޓީމު ގެނެސް މެޗުތަކެއް ކުޅެވޭނެ ގޮތެއް ހަމަޖެއްސުމަށް ކަމަށެވެ.
ގައުމީ އަންހެން ޓީމާއި ފިރިހެން ޓީމުން ވެސް އަންނަނީ ފޯ ނޭޝަން މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ތައިލެންޑްގައި ޓްރޭނިން ހަދަމުންނެވެ. އެ ގައުމުގައި 10 ދުވަހުގެ ޓްރޭނިން ކޭމްޕެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.
ރާއްޖޭގައި ބާއްވާ މި މުބާރާތަކީ ގައުމީ ޓީމުގެ ކޯޗު ބްރެޒިލްގެ ސާޖިއޯ ވެލޯސޯ، ޓީމު ޓެސްޓް ކޮށްލުމަށް ލިބޭނެ ފުރަތަމަ ޗެލެންޖެވެ. މިދިޔަ އަހަރު ޖެނުއަރީ މަހު ރާއްޖޭގެ ކޯޗު ކަމާ ހަވާލުވި ކޯޗާ އެކު ފިރިހެން ޓީމުގެ ފުރަތަމަ މުބާރާތަކީ ކުރިއަށް އޮތް ފޯ ނޭޝަން ކަޕެވެ.
މުބާރާތުގެ ސަބަބުން މި އަހަރު ގައުމީ ވޮލީ ޓީމުން ކުރިމަތިލާ އިންޓަނޭޝަނަލް ގޭމްސްތަކުގައި އޭގެ ފައިދާ ފެނިގެންދާނެ ކަމަށް ރަނޭ އުންމީދު ކުރައްވަ އެވެ.
"އަފްގާނިސްތާނަކީ އަޅުގަނޑުމެން ހިމެނޭ (ވޮލީގެ) ސެންޓްރަލް އޭޝިއާ ގައުމަކަށް ވެފަ އަދި އަޅުގަނޑުމެންނާ ވާދަވެރި ގޮތަކަށް ކުޅެމުން އަންނާތީ އޯގަސްޓް މަހު އޮންނަ ސެންޓްރަލް އޭޝިއަން މުބާރަތަށް އޭގެ ފައިދާ ހަމަ ވަރަށް ބޮޑަށް ޕޮޒިޓިވްކޮށް ފެނިގެންދާނެ،" ކުރީގެ ސެޓަރު ވިދާޅުވި އެވެ.
"ސެންޓަރަލް އޭޝިއާގެ އަންހެން މުބާރާތަށް އަންހެން ޓީމު ނޭޕާލަށް ދާއިރު (ރާއްޖޭގެ މި މުބާރާތުން) އަންހެން ޓީމަށް ވެސް އޭގެ ފައިދާ ލިބި ކާމިޔާބު ހޯދޭނެ މުބާރަތެއްގެ ގޮތުގައި ފެންނަނީ."
ޒުވާން ޓީމަށް މޮޅެއް ނުލިބުނު، ސީނިއާ ޓީމު ފުރައިފި
ވީއޭއެމްގެ ރައީސްކަމުން ރަނޭ އިސްތިއުފާ ދީފި
މައްސަލަގަނޑެއްގެ ތެރެއަށް ވައްޓާލުމަށްފަހު ރަނޭ ހަނު
ތިން މެޗުން ލަންކާއިން ރާއްޖެއަށް ސެޓެއް ވެސް ނުދިން
ދެވަނަ މެޗުގައި ވެސް ރާއްޖެއަށް ސެޓެއް ނުލިބުނު
އަންހެން އަދި ފިރިހެން ވޮލީޓީމުވެސް ލަންކާ އަތުން ބަލި
ގައުމީ ވޮލީޓީމުތައް ލަންކާއާ ދެކޮޅަށް މެޗުތަކެއް ކުޅެނީ
ދެން މަސައްކަތް ފަށަންވީ ހިސާބު ދެނެގަނެވިއްޖެ: ރަނޭ
ގޯސްތައް ރަނގަޅު ނުކުރެވުމުން ދިވެހި ޓީމަށް ދެރަ ލިބިއްޖެ
އަފީފްގެ ސެޝަނުން ގައުމީ ޓީމު ފޯރިން ކައްކުވާލައިފި