23 ފެބުރުއަރީ 2023
ހަތަރުވަނަ ސެޓްގައި ނަތީޖާ ބަދަލު ކުރަން ލިބުނު ފުރުސަތުގައި ފުރަތަމަ ދެ ސެޓްގައި ހެދުނު ގޯސްތައް ރަނގަޅު ނުކުރެވުމުން، ގައުމީ ފިރިހެން ޓީމުން މެލޭޝިއާ އާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެއްޖެ އެވެ.
ހަތަރުވަނަ ސެޓްގައި ނަތީޖާ ބަދަލު ކުރަން ލިބުނު ފުރުސަތުގައި ފުރަތަމަ ދެ ސެޓްގައި ހެދުނު ގޯސްތައް ރަނގަޅު ނުކުރެވުމުން، ގައުމީ ފިރިހެން ޓީމުން މެލޭޝިއާ އާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެއްޖެ އެވެ.
ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލްގައި މިރޭ ރާއްޖެ އާ ދެކޮޅަށް ކުޅުނު މެޗު މެލޭޝިއާއިން ކާމިޔާބު ކުރީ 3-1 ސެޓުންނެވެ.
ފުރަތަމަ ދެ ސެޓްގައި ރާއްޖެ އަށް ގިނަ މިސްޓޭކްތަކެއް ހެދުނެވެ. ސާވިސް މިސްކޮށްލުމާ ބްލޮކް މަތިން ޖަހަން އުޅޭ ބޯޅައިގައި ބާރު ސްޕީޑްގައި ޖެހުމުން މެލޭޝިއާގެ ކުޅުންތެރިޔެއްގެ އަތުގައި ވެސް ބީހިނުލައި ދިއުމުން ޕޮއިންޓްތައް ރާއްޖެ އަތުން ދޫވި އެވެ.
ފުރަތަމަ ދެ ސެޓް މެލޭޝިއާއިން ކާމިޔާބު ކުރީ ވެސް 25-20، 25-20 ންނެވެ.
މިރޭގެ މެޗުގައި މެލޭޝިއާގެ ކުޅުންތެރިޔަކު ބޯޅަ ފޮނުވާލާއިރު ރާއްޖޭގެ ދެ ކުޅުންތެރިން ބޯޅަ ބްލޮކް ކުރަން މަސައްކަތް ކުރަނީ --- ފޮޓޯ: ނިޝާން އަލީ | މިހާރު
ފުރަތަމަ ދެ ސެޓް ކާމިޔާބުކޮށް މެލޭޝިއާއިން ތިންވަނަ ސެޓާ ކުރިމަތިލީ ވަރަށް ބޮޑު އިތުބާރަކާ އެކު އެވެ. ފަސޭހަ ކަމާއެކު ތިން ސެޓުން މެޗު ކާމިޔާބު ކުރެވޭނެ ކަމަށް އެ ޓީމުން ހީކޮށް އެ ސެޓްގައި ޓީމަށް ބައެއް ބަދަލުތައް ވެސް ގެނެ އެވެ.
އެކަމަކު ދިވެހި ޓީމަށް އެ ޕްރެޝަރުގެ އަސަރެއް ނުކުރި އެވެ. ކުރީގެ ދެ ސެޓްގައި ދިވެހި ޓީމަށް ހެދުނު ގޯސްތައް ރަނގަޅު ކުރި އެވެ. ނަތީޖާ ވެސް ފެނުނެވެ. އެ ސެޓްގައި މެލޭޝިއާ އަށް ވުރެ ރަނގަޅަށް ހުރިހާ ގޮތަކުން ވެސް ކުޅުނީ ރާއްޖެ އެވެ. މެލޭޝިއާއިން ނެގި ޓައިމްއައުޓްތަކުގެ ފައިދާ ވެސް ރާއްޖޭގެ ޓީމުން ނެގި އެވެ.
އެ ސެޓްގެ ފަހު ކޮޅުގައި ގިނަ ޕޮއިންޓްތަކެއް އަތުން ދޫވިޔަ ނުދޭން ދިވެހި ކުޅުންތެރިން ވަރަށް ފަރުވާތެރިވި އެވެ. ކައިރިކަިއރީގައި ގިނަ ޕއޮިންޓްތަކެއް ސްކޯ ކުރި އެވެ. އެ ސެޓް ރާއްޖެއިން ކާމިޔާބު ކުރީ 25-20 ންނެވެ.
މެޗުގެ ތިންވަނަ ސެޓްގައި އަލީ ހުޒާމް ބޯޅަ ފޮނުވާލަނީ: އެ ސެޓްގައި ރާއްޖެއިން ވަރަށް ރަނގަޅަށް ކުޅުނު --- ފޮޓޯ: ނިޝާން އަލީ | މިހާރު
ލިބުނު އިތުބާރާއެކު ހަތަރުވަނަ ސެޓްގައި ދިވެހި ޓީމުން ރަނގަޅު ކުޅުމެއް ދައްކާނެ ކަމަށް އުންމީދު ކުރެވުނެވެ. އެކަމަކު ފުރަތަމަ ދެ ސެޓްގައި ހެދުނު ގޯސްތައް ރަނގަޅު ނުކުރެވި މެލޭޝިއާއުން މެޗު ކާމިޔާބު ކުރީ އެ ސެޓް 25-18 އިން ހޯދައިގެންނެވެ.
ފިރިހެން ޓީމު މާދަމާ ރޭ ނުކުންނާނީ ސިންގަޕޫރާ ދެކޮޅަށެވެ. މާދަމާގެ ފުރަތަމަ މެޗުގައި މެލޭޝިއާ އާއި އަފްގާނިސްތާން ވާދަކުރާނެ އެވެ. މާދަމާ ހަވީރު ގައުމީ އަންހެން ޓީމުން ނުކުންނާނީ ސިންގަޕޫރާ ދެކޮޅަށެވެ.
މިއަދު ގައުމީ އަންހެން ޓީމުން މެލޭޝިއާ އާ ދެކޮޅަށް ކުޅުނު މެޗުން ބަލިވީ ފަހު ވަގުތު ހިތްދަތި ގޮތަކަށް 3-2 ސެޓުންނެވެ.
ޒުވާން ޓީމަށް މޮޅެއް ނުލިބުނު، ސީނިއާ ޓީމު ފުރައިފި
ތިން މެޗުން ލަންކާއިން ރާއްޖެއަށް ސެޓެއް ވެސް ނުދިން
ދެވަނަ މެޗުގައި ވެސް ރާއްޖެއަށް ސެޓެއް ނުލިބުނު
އަންހެން އަދި ފިރިހެން ވޮލީޓީމުވެސް ލަންކާ އަތުން ބަލި
ގައުމީ ވޮލީޓީމުތައް ލަންކާއާ ދެކޮޅަށް މެޗުތަކެއް ކުޅެނީ
ދެން މަސައްކަތް ފަށަންވީ ހިސާބު ދެނެގަނެވިއްޖެ: ރަނޭ
ފިރިހެން ބައިގެ ޗެމްޕިއަންކަން މެލޭޝިއާ ހޯދައިފި
ރާއްޖެ ބަލިކޮށް މެލޭޝިއާގެ ފިރިހެން ޓީމު ފައިނަލަށް
އަފްޣާނިސްތާނުން މެލޭޝިއާ ވެސް ބަލިކޮށްފި
އަފީފްގެ ސެޝަނުން ގައުމީ ޓީމު ފޯރިން ކައްކުވާލައިފި