14 ޑިސެމްބަރ 2023
ތާއީދުކުރަނީ 2025 ވަނަ އަހަރު ވީއޭއެމްގެ އިންތިހާބު ބާއްވަން ކަމަށް، ވޮލީބޯޅަ އެސޯސިއޭޝަންގެ ކުރީގެ ރައީސް މުހައްމަދު ލަތީފު ވިދާޅުވެއްޖެ އެވެ.
ތާއީދުކުރަނީ 2025 ވަނަ އަހަރު ވީއޭއެމްގެ އިންތިހާބު ބާއްވަން ކަމަށް، ވޮލީބޯޅަ އެސޯސިއޭޝަންގެ ކުރީގެ ރައީސް މުހައްމަދު ލަތީފު ވިދާޅުވެއްޖެ އެވެ.
ކްލަބް ވޮލީބޯލްގެ ރައީސްކަން ވެސް ކުރައްވާ، ލަތީފު އިސްނަންގަވައިގެން ބައެއް ކަލްބްތަކާ އެކު މިދިޔަ މަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި ބައިވެރިވި އެހެން ކްލަބްތަކުން ވަނީ ވީއޭއެމްގެ އިންތިހާބަކަށް ގޮވާލައިފަ އެވެ.
ވީއޭއެމްގެ އިންތިހާބު ބާއްވަން، ލަތީފު އަށް ތާއީދުކުރާ ކްލަބްތަކުން ގޮވާލީ، މިދިޔަ މަހު ތިންވަނަ ދުވަހު ވީއޭއެމްގެ ކޮންގްރެސްގައި ފާސް ކުރި އަސާސީ ގަވާއިދާ އެއްގޮތަށް އަމަލު ކުރުމަށް ބާރު އަޅަ އެވެ.
އެ ގަވާއިދުގެ 56 ވަނަ މާއްދާގައި ބުނެފައި ވަނީ، އެ ގަވާއިދު ކޮންގްރެސްގެ ޖަލްސާއަކުން ފާސް ކުރާ ދުވަހުން ފެށިގެން ގިނަ ވެގެން 10 ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހޭނެ ކަމަށެވެ.
އިންތިހާބު ބޭއްވުމަށް ގޮވާލާ، ލަތީފު ވާހަކައެއް ނުދައްކަވަ އެވެ. އެކަމަކު އޭނާ އަށް ތާއީދު ކުރާ ބައެއް ކްލަބްތަކުން އެ ވާހަކަ ދެއްކި ނަމަވެސް، ލަތީފު ވިދާޅުވީ އޭނާ ތާއީދު ކުރަނީ، އެ އެސޯސިއޭޝަންގެ މިހާރުގެ ރައީސް މުހައްމަދު ރަނޭޝްގެ ދައުރު ފުރިހަމަ ކުރުމަށް ޖާގަ ދީ، 2025 ގައި އިންތިހާބު ބޭއްވުމަށެވެ.
ވީއޭއެމްގެ މެންބަރު ކްލަބްތަކުގެ ތެރެއިން ބައެއް ކްލަބްތަކުން ބައިވެރިވި ޕްރެސް ކޮންފަރެންސްގައި ލަތީފު ބައިވެރިވެ ވަޑައިގަންނަވނީ --- ފޮޓޯ: ނިޝާން އަލީ | މިހާރު
"އެއް ވެސް އިރެއްގައި އަޅުގަނޑު ނުބުނަން އިންތިހާބު ބާއްވަށެކޭއެއް. ކުރިން ވެސް މިހާރު ވެސް އަޅުގަނޑު ތާއީދު ކުރަނީ މިހާރު ވެސް އޮތް ގޮތަށް 2025 ގައި އިންތިހާބު ބާއްވަން،" ލަތީފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކްލަބްތައް އެދޭނެމަ، ވީއޭއެމްގެ ރައީސް ކަމަށް އޭނާ ނުކުންނަވާނެ ކަމަށެވެ.
އޭޕްރީލް 2021 ގައި، ވީއޭއެމްގެ ރައީސްކަމަށް ވަޑައިގެންނެވި ރަނޭގެ ދައުރު ހަމަވާނީ، 2025 ވަނަ އަހަރުގެ އޭޕްރީލް އެކެއްގަ އެވެ.
ލަތީފު ވިދާޅުވީ މިދިޔަ މަހު ތިންވަނަ ދުވަހު ބޭއްވި އެ ކޮންގްރެސް އަކީ ވޮލީ އަށް މަސައްކަތް ކުރުމަށް އާ ސޮފުހާއެއް ހުޅުވިގެން ދިޔަ ދުވަސް ކަމަށެވެ.
އެކަމަކު އެ ކޮންގްރެސްގައި ވޯޓް ދިނުމުގެ ކްލަބްތަކުގެ ސައްހަކަން ކަށަވަރު ނުކުރެވޭތީ، އޭރު ހުންނެވި އެކްޓިން ކޮމިޝަނާ އާއިޝަތު ސަމާހު ވަނީ ފާސް ކުރި އެ ގަވާއިދާއި އެ ކޮންގްރެސްގެ ނިންމުންތައް ސައްހަ ނުވާނެ ކަމަށް ކަނޑައަޅައިފަ އެވެ.
ވޮލީގެ ބޮޑު ލީގެއްގެ މަސައްކަތް ބޭރު ކުންފުންޏަކާއެކު
ތިން އަހަރަށްފަހު ލަތީފް އަލުން ވީއޭއެމްގެ ރައީސްކަމަށް
ކުރިއަށް އޮތީ ރާއްޖޭގެ ވޮލީގެ އެންމެ މުހިންމު އަހަރު
ވީއޭއެމްގެ ރައީސްކަމަށް މިފަހަރުވެސް ކުރިމަތިލީ ލަތީފް
މައްސަލަގަނޑެއްގެ ތެރެއަށް ވައްޓާލުމަށްފަހު ރަނޭ ހަނު
އޭވީސީގެ ބޯޑަށް ވީއޭއެމްގެ ރައީސް ލަތީފް
ސިޓީން މެޗު ދޫކޮށްލުމުން އެޗްޑީސީ ފައިނަލަށް
ވޮލީ ޓީމު ރޭންކިން މެޗުގައިވެސް ތަޖިކިސްތާން ބަލިކޮށްފި
ޕޮލިސް ބަލިކޮށް ގައުމީ ތަށި ވެމްކޯއިން މިލްކުކޮށްފި
ވީއޭއެމްއާ ގުޅޭ ދޮގު ވާހަކަ ފަތުރާނަމަ ސަސްޕެންޑް