ޖަލުތަކުގައި ހުކުމް ތަންފީޒުކުރާ ގައިދީން ރިހެބިލިޓޭޝަން ބައިވެރިވެ އެ ޕްރޮގްރާމްގައި ހޭދަކުރާ ކޮންމެ ދުވަހަކީ އެ މީހެއްގެ ހުކުމުގެ ބާކީ އޮތް މުއްދަތުން އުނިވާނެ ދުވަހެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން މިއަދު ވިދާޅުވެއްޖެ އެވެ.
29 އޯގަސްޓް 2024
ޖަލުތަކުގައި ހުކުމް ތަންފީޒުކުރާ ގައިދީން ރިހެބިލިޓޭޝަން ބައިވެރިވެ އެ ޕްރޮގްރާމްގައި ހޭދަކުރާ ކޮންމެ ދުވަހަކީ އެ މީހެއްގެ ހުކުމުގެ ބާކީ އޮތް މުއްދަތުން އުނިވާނެ ދުވަހެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން މިއަދު ވިދާޅުވެއްޖެ އެވެ.
މާފުށީގައި ޖަލުގައި "ދިވެހި ސަގާފީ ގޯތި" ހުޅުވަން މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އިހްސާން ވިދާޅުވީ ގައިދީންނަކީ ހަމައެކަނި "ތޭރިތަކުގައި ބަންދުކޮށްގެން" ގެންގުޅޭ ބަޔަކަށް ހެދުމަކީ ވިސްނުމެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި ސަރުކާރުން ނިންމާފައި ވަނީ، މުޖުތަމައަށް އަނބުރާ އެ ގައިދީން ނުކުންނަންވާ އިރަށް މަސައްކަތްތެރި އަދި އުފެއްދުންތެރި ބަޔަކަށް ހެދުން ކަމަށް ވިދާޅުވި އެވެ.
ގައިދީން ބޭނުން ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާ ހޯދަން، ރިހެބިލިޓޭޝަން ޕްރޮގްރާމްގައި ބައިވެރިވެވޭނެކަން ފާހަގަ ކުރައްވައި މިނިސްޓަރު ވަނީ ރައީސްގެ ނިންމެވުން ހިއްސާކުރައްވައިފަ އެވެ.
މާފުށީގައި ޖަލުގައި "ދިވެހި ސަގާފީ ގޯތި" ހުޅުވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވާހަކަ ދައްކަވަނީ.-- ފޮޓޯ | މިނިސްޓްރީ
"ރައީސް ޑރ. މުހައްމަދު މުއިއްޒު އަޒުމް ކަނޑައަޅާފައިވާ އާ ސިޔާސަތެއް އެއީ، ގައިދީންގެ ތެރެއިން ރިހެބިލިޓޭޝަން ޕްރޮގްރާމްގައި ބައިވެރިވާ ކޮންމެ ގައިދީއަކީ، އެ މީހާ [ކޮންމެ ދާއިރާއަކުން] ވިޔަސް މަސައްކަތް އުނގެނުމަށް މަސައްކަތްކުރާ ކޮންމެ ދުވަހަކީ ޖަލު ހުކުމުން އެއް ދުވަސް ކެނޑޭނެ ދުވަހެއްގެ ގޮތުގައި [ހަމަޖެއްސެވުން]." އިހުސާން ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އެކަން ހަރުދަނާ ގޮތެއްގައި ގެންދެވޭނެ އުސޫލުތަކެއް ކަނޑައެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ކުރައްވާނެ އެވެ.
މާފުށީ ޖަލުގައި މިއަދު ހުޅުވި "ދިވެހި ސަގާފީ ގޯތިން" އާންމު ދިރިއުޅުމުގައި ބޭނުންކުރާ ހުރިހާ މަސައްކަތަކާއި ސަގާފީ ގިނަ މަސައްކަތްތައް ދަސްކޮށްދޭނެ އެވެ. އޭގެެތެރޭގައި ފަންގިވިނުމާއި އޮޑި ބަނުމާއި ތިލޭރުކަމާއި ކަސަބު ވިޔުން ފަދަ ކަންކަން ހިމެނެ އެވެ.
ރިހެބިލިޓޭޝަން މުއްދަތު ހުކުމުން އުނިކުރަން ނިންމައިފި
ވާނުވާ ބަންދަށް ލުއި ދިނުމުގެ މަސައްކަތް ފަށައިފި
"ދައުލަތުގެ ޑިޖިޓަލް ނިޒާމު އޮތީ ވަރަށް ބަލިކަށިކޮށް"
"މޯލްޑިވްސް 2.0 ގެ ބޭނުމަކީ އީ ވޯޓިންއެއް ނޫން"
މޯލްޑިވްސް 2.0 ސަމިޓް އިފުތިތާހުކޮށްފި
ކޮމިޝަނުން ނިންމާ ގޮތަކަށް އަމަލުކުރާނަން: ރައީސް
ޔުމްނުގެ އާއިލާގެ ކަންބޮޑުވުންތައް ރައީސަށް!
"ހޯޕް އައިލެންޑް" ތަރައްގީކޮށްދޭނެ ބަޔަކު ހޯދަނީ
ކަރެކްޝަންސަށް ވަގުތީ ގޮތުން ހުޅުމާލޭން ބިމެއް ދީފި
ހޯރަފުށީގެ ހާފްވޭ ހައުސް ރައީސް ހުޅުއްވައިދެއްވައިފި