26 އޯގަސްޓް 2024
މިދިޔަ ހަފުތާގައި އަމަލުކުރަން ފެށި ކާބޯތަކެތީގެ ރައްކާތެރިކަމުގެ އާ ގާނޫނުގެ ދަށުން، މިހާރު ވެސް ރަޖިސްޓްރީކޮށްގެން ކާބޯތަކެތި ވިއްކާ ތަންތަނުގެ ލައިސަންސް އާކުރުން ޖެހޭ މުއްދަތު ގާތްގަނޑަކަށް ތިން މަސްދުވަހަށް ފަސްކޮށްދޭން މިއަދު ނިންމައިފި އެވެ.
މިދިޔަ ހަފުތާގައި އަމަލުކުރަން ފެށި ކާބޯތަކެތީގެ ރައްކާތެރިކަމުގެ އާ ގާނޫނުގެ ދަށުން، މިހާރު ވެސް ރަޖިސްޓްރީކޮށްގެން ކާބޯތަކެތި ވިއްކާ ތަންތަނުގެ ލައިސަންސް އާކުރުން ޖެހޭ މުއްދަތު ގާތްގަނޑަކަށް ތިން މަސްދުވަހަށް ފަސްކޮށްދޭން މިއަދު ނިންމައިފި އެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ކުރި އިއުލާނެއްގައި ބުނީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ އާ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އެ އޮތޯރިޓީގައި ނުވަތަ އެހެން އިދާރާއެއްގައި ވެސް ރަޖިސްޓްރީކޮށްފައިވާ ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނާއި ފަރާތްތަކަށް ދޫކޮށްފައިވާ ލައިސަންސްގެ މުއްދަތު އަންނަ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްދީފައިވާ ކަމަށެވެ.
އެމްއެފްޑީއޭ އިން ބުނީ ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނުގެ ތެރެއިން އަލަށް ލައިސަންސް ހޯދުމަށް އެދި ހުށަހަޅާ ހޮޓަލާއި ކެފޭ އަދި ރެސްޓޯރެންޓް ކަހަލަ ތަންތަނުން ހިދުމަތަށް އެދި ހުށަހަޅާނީ "ވަންގަވް" މެދުވެރިކޮށް ކަމަށެވެ.
ކާބޯތަކެއްޗާއި ބޯފެން އުފައްދާ ކާރުހާނާތައް ރަޖިސްޓްރީކުރުން އަދި އާމްދަނީ ހޯދުމަށް ގޭގައި ކާބޯތަކެތި ތައްޔާރުކުރާ މީހުން ދަފުތަރުކުރުން ކުރިއަށް ގެންދާނީ އެ އޮތޯރިޓީގެ އޮންލައިން ޕޯޓަލް "ދިރިތި" މެދުވެރިކޮށް ކަމަށް ވެސް އެމްއެފްޑީއޭ އިން ބުންޏެވެ.
ކާބޯތަކެތީގެ ސަލާމަތާ ބެހޭ ގާނޫނުގެ ދަށުން ބޮޑެތި ބާރުތަކާ އެކު "މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ" އަލުން އުފެއްދީ މިދިޔަ ހަފުތާގަ އެވެ. އެމްއެފްޑީއޭ އިން މީގެ ކުރިން މަސައްކަތް ކުރަމުން ދިޔައީ ގާނޫނީ މާ ބޮޑު ބާރެއް އޮވެގެން ނޫނެވެ. ނަމަވެސް އާ ގާނޫނުގެ ދަށުން މޮނިޓާކުރުމާއި ގާނޫނާ ހިލާފުވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް އެ އޮތޯރިޓީއަށް ބޮޑެތި ބާރުތަކެއް ވަނީ ދީފަ އެވެ.
ބުޅާ މަހުގެ މައްސަލާގައި ނެގި ސާމްޕަލްގެ ނަތީޖާ ނުލިބޭ
ވިޔަފާރި ބޭނުމަށް ގޭގައި ކާނާ ހެދޭނީ ވަކި ވަގުތަކު
އާ ގާނޫނުން ބާރުތަކާއެކު އެމްއެފްޑީއޭ އުފައްދައިފި
މާދަމާއިން ފެށިގެން އެމްއެފްޑީއޭއަށް ބޮޑެތި ބާރުތަކެއް
ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލް ތަސްދީގު ކުރައްވައިފި
"އަތުމީރު"ގެ ބާވަތްތައް މަނާކޮށްފި
ކުޑަކުދިންނަށްދޭ ސިރަޕުން ނުރައްކާތެރި ކެމިކަލް ފެނިއްޖެ
ބޭހެއްގައި މައްސަލަ އުޅޭތީ ސަމާލުވާން އެދިއްޖެ
އިންޑިއާ ބޭސްތަކެއްގެ މައްސަލަ އުޅޭތީ ސަމާލުވާން އެދެފި
ބޭހުގެ މައްސަލަ އުޅޭތީ އިންސްޕެކްޝަން ވަރުގަދަކޮށްފި