Roadha Mihaaru
ގޮތް ހުސްވެ މައިދާން ދޫކޮށްދާ މީހަކަށް ނުވާތި: ރައީސް

ގޮތް ހުސްވެގެން މައިދާން ދޫކޮށް ދާ މީހަކަށް ނުވާތި: ރައީސް

25 އޯގަސްޓް 2024

ގޮތް ހުސްވެގެން މައިދާން ދޫކޮށް ނުގޮސް، ކުރިމަތިވާ ހުރިހާ ގޮންޖެހުންތަކާ ކުރިމަތިލާ މީހަކަށް ވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ދަރިވަރުންނަށް އިލްތިމާސްކުރައްވައިފި އެވެ.

ގޮތް ހުސްވެގެން މައިދާން ދޫކޮށް ނުގޮސް، ކުރިމަތިވާ ހުރިހާ ގޮންޖެހުންތަކާ ކުރިމަތިލާ މީހަކަށް ވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ދަރިވަރުންނަށް އިލްތިމާސްކުރައްވައިފި އެވެ.

މަޖީދިއްޔާ ސްކޫލްގެ އަހަރީ ދުވަހާ ގުޅިގެން މޮނިއުމަންޓް ހުޅުވަން މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ކޮންމެ މީހަކު ވެސް ހިތުގައި ބިންވަޅު ނަގަންވީ، އެއްވެސް ކަމެއްގައި ފަހަތަށް ނުޖެހުމުގެ އަޒުމު ކަމަށެވެ.

"ތިމަންނަ ނުވާނަމޭ ގޮތް ހުސްވެގެން މައިދާން ދޫކޮށްލާފައި ދާ މީހަކަށް. އެއާ ހިލާފަށް ކުރިމަތިވާ ހުރިހާ ޗެލެންޖްތަކަށް ކުރިމަތިލައިގެން ހުރިހާ ހުރަސްތަކެއް ގިރާކުރުމުގެ އަޒުމުގައި ކުރިއަށްދާށޭ ތިމަންނަ މި ހުރީ،" ރައީސް ވިދާޅުވި އެވެ.

"ވިސްނުން ބަދަލުކޮށްލަންވީ. ކޮންމެ ދިވެހި ރައްޔިތަކު އެ މީހެއްގެ ހަޔާތުން ކުރަން އޮތް ކަމެއްގައި ކުރިއަށް ދިޔުމުގެ އަޒުމު ކަނޑައަޅަންވީ. އޭރުން އިރާދަކުރެއްވިއްޔާ ކަންތައްތަކުގައި ކާމިޔާބު ލިބޭނެ."

ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖީދިއްޔާ ސްކޫލްގެ ރަސްމިއްޔާތަށް ވަޑައިގަންނަވަނީ. -- ފޮޓޯ | ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖީދިއްޔާ ސްކޫލްގެ ރަސްމިއްޔާތަށް ވަޑައިގަންނަވަނީ. -- ފޮޓޯ | ރައީސް އޮފީސް

ރައީސް ވިދާޅުވި ގޮތުގައި އެ މީހަކަށް މަތިވެފައިވާ ޒިންމާއެއް އަދާކުރުމަށް ގާބިލިއްޔަތު ކަން ލިބިފައިވާ އެންމެ ބޮޑަކަށް ކޮންމެ މީހަކު ވެސް މަސައްކަތް ކުރަން ޖެހޭނެ އެވެ. މާތްﷲ އަންގަވާފައި ވަނީ އެ މީހަކަށް ކެރިކުޅަދާނަވީ ވަރަކުން ހިކުމަތްތެރިކަމާ އެކު މަސައްކަތް ކުރަން ކަމަށާއި އެ މަގަށް މަސައްކަތް ކުރުމުން ކާމިޔާބު ޔަގީންވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ވަރުގަދަ އަޒުމެއްގައި ބުރަ މަސައްކަތްކޮށްފިއްޔާ ކާމިޔާބު ހާސިލްވާނެ، ދަތި އުނދަގޫ ކަމެއް ނޯންނާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކޮންމެ މީހަކީ ވެސް މުޖުތަމައު އަދި ގައުމަށް ކަމެއް ކޮށްދޭ މީހަކަށްވުމުގެ އަޒުމު ވެސް ކަނޑައަޅަން ޖެހޭ ކަމަށެވެ. އެ އަޒުމުގައި މަސައްކަތް ކޮށްފި ނަމަ، ރައީސް ވިދާޅުވީ ގައުމުގައި ހުރި ބޮޑެތި މައްސަލަތައް ހައްލު ކުރެވޭނެ އެވެ.