24 އޯގަސްޓް 2024
ރާއްޖޭގެ އެންމެ ގިނަ ކަސްޓަމަރުން ތިބި ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި 42 އަހަރު ވަންދެން ހިދުމަތް ކުރައްވާފައިވާ އާއިޝަތު ނޫރައްދީން (އައިސްތު ނޫރައްދީން) އެ ކުންފުނީގެ ބޯޑުން އިއްޔެ ވަކިކޮށްފި އެވެ.
ރާއްޖޭގެ އެންމެ ގިނަ ކަސްޓަމަރުން ތިބި ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި 42 އަހަރު ވަންދެން ހިދުމަތް ކުރައްވާފައިވާ އާއިޝަތު ނޫރައްދީން (އައިސްތު ނޫރައްދީން) އެ ކުންފުނީގެ ބޯޑުން އިއްޔެ ވަކިކޮށްފި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ބީއެމްއެލްގެ ބޯޑުގެ ޑިރެކްޓަރުގެ މަގާމުން އައިސްތު ވަކިކުރި ކަން އަންގައި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ސިޓީ ފޮނުވީ އިއްޔެގަ އެވެ.
ނަމަވެސް ބީއެމްއެލްއަކީ އާންމުންގެ ހިއްސާ އޮންނަ ކުންފުންޏަކަށް ވާތީ އެ ތަނުގެ ބޯޑަށް މީހުން އައްޔަންކޮށް ވަކިކުރެވޭނީ ހިއްސާދާރުންގެ އާންމު ޖަލްސާއަކުންނެވެ.
ޕީސީބީގެ މި ނިންމުމާ ގުޅޭ ގޮތުން އެ ބޯޑު އަދި ސަރުކާރުގެ ބަހެއް ނުލިބެ އެވެ.
ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމުގައި ވެސް މިހާރު ހުންނެވި އައިސްތު އަކީ އެ ބޭންކުގައި މިހާރު ދެ ވަނަ އަށް އެންމެ ގިނަ ދުވަސްވީ ބޭފުޅާ އެވެ. އޭނާ ބީއެމްއެލްއާ ގުޅިވަޑައިގަތީ 1982 ގަ އެވެ.
ބީއެމްއެލްގެ ބައެއް ޑިރެކްޓަރުން މިދިޔަ ޖެނުއަރީ މަހު ވެސް ޕީސީބީގެ ސިޓީއަކުން ވަކިކުރި އެވެ. އެއީ ގާނޫނީ ގޮތުން ޕީސީބީ އަށް ކުރެވޭނެ ކަމަކަށް ނުވާތީ އަލުން އެ ބޭފުޅުން އައްޔަންކުރި އެވެ. ފަހުން އެ ބޭފުޅުން ބޯޑުން ވަކިކުރީ ބީއެމްއެލްގެ އެކްސްޓްރާ އޯޑިނަރީ ބައްދަލުވުމަކުންނެވެ.
އެމްއެންޔޫ މެރެތަންގެ ޕްލެޓިނަމް ޕާޓްނަރަކަށް ބީއެމްއެލް
އެމެކްސްއާ އެކު އޮތީ ބަދަހި ގުޅުމެއް: ޝަރީފު
ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯއަކަށް ސަހާ ވަހީދު
ބީއެމްއެލްގެ އަހަރީ ސްޓާފް ޗެރިޓީ ރަން ބާއްވައިފި
ކުނި މެނޭޖްކުރަން އެހީ ދޭ ޖަމިއްޔާތައް ހޮވައިފި
އިތުރު 103 އޭޓީއެމާ އެކު ހުރިހާ ރަށަކަށް އޭޓީއެމް
ވިޔަފާރިތަކަށް ބީއެމްއެލްގެ ބިޒްނަސް ޕްރިޕެއިޑް ކާޑެއް
ބީއެމްއެލްގެ އެހީން އައިންތުގެ ހިތްގައިމު ބޭކަރީއެއް
ކާޑު ލިމިޓު އިތުުރު ކުރަން ދަރިވަރުންނަށް ޕޯޓަލެއް
42 އަހަރަށް ފަހު އައިސްތު ބީއެމްއެލް އިން ވަކިވަނީ