Roadha Mihaaru

ޕީއެސްއެމްގެ އެމްޑީ ޒީނާ މަގާމުން އިސްތިއުފާ ދެއްވައިފި

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ޕީއެސްއެމްގެ އެމްޑީ ޒީނާ މަގާމުން އިސްތިއުފާ ދެއްވައިފި
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

24 އޯގަސްޓް 2024

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ދައުލަތުގެ މީޑިއާގެ އެންމެ އިސް މަގާމުން އިސްތިއުފާ ދެއްވިކަން ޒީނާ "މިހާރު" އަށް ކަށަވަރު ކޮށްދެއްވި އެވެ.

"އިސްތިއުފާ ދީފިން މިއަދު ހަވީރު 4:30 ގައި. އެހާ ވަރަށް ބުނެވެން އޮތީ،" އިސްތިއުފާ ދެއްވި ސަބަބާ ގުޅޭ ގޮތުން ސުވާލު ކުރުމުން ޒީނާ ވިދާޅުވި އެވެ.

ޕީއެސްއެމްގެ އެމްޑީއަކަށް ޒީނާ އައްޔަން ކުރެއްވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ.

ރާއްޖޭގެ މީޑިއާގައި ވަރަށް ކުރިއްސުރެ ފެށިގެން މަސައްކަތް ކުރައްވާ ޒީނާއަކީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ.