Roadha Mihaaru
ޕީއެންސީ މެމްބަރުންގެ ފަރާތުން ފަލަސްތީނަށް ދެ ލައްކަ

ޕީއެންސީ މެމްބަރުންގެ ފަރާތުން ފަލަސްތީން ފަންޑަށް 200,000ރ.

12 ޖޫން 2024

ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށްޓަކައި މިއަދު ކުރިއަށް ގެންދާ ޓެލެތޯންގައި ރައްޔިތުން މަޖިލީހުގެ ޕީއެންސީ ޕާލިމެންޓްރީ ގްރޫޕުގެ މެމްބަރުންގެ ފަރާތުން 200،000ރ. ހަދިޔާކޮށްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށްޓަކައި މިއަދު ކުރިއަށް ގެންދާ ޓެލެތޯންގައި ރައްޔިތުން މަޖިލީހުގެ ޕީއެންސީ ޕާލިމެންޓްރީ ގްރޫޕުގެ މެމްބަރުންގެ ފަރާތުން 200،000ރ. ހަދިޔާކޮށްފި އެވެ.

"ފަލަސްތީނާ އެކު ދިވެހީން"ގެ ނަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމަކަށް ދައުލަތުގެ މީޑިއާ ޕީއެސްއެމުން އިންތިޒާމު ކޮށްގެން މިރޭ ދަންވަރު 12 ޖަހަންދެން ކުރިއަށް ގެންދާ ޓެލެތޯނަށް ފައިސާ ހަވާލު ކުރުމަށް މަޖިލިސް މެމްބަރުން ވަނީ ޕީއެސްއެމްގެ ސްޓޫޑިއޯ ވަޑައިގެންފަ އެވެ.

"ފަލަސްތީނާ އެކު ދިވެހިން" ޓެލެތޯނަށް ޕީއެންސީ ޕާލިމެންޓްރީ ގްރޫޕުން ހަދިޔާކުރި 200،000ރ. ހަވާލުކޮށްދެއްވީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.

ފައިސާ ހަވާލު ކުރެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ފަލަސްތީނުގެ މައްސަލައަކީ ދިވެހި ރައްޔިތުންގެ ހިތާ އެންމެ ކައިރިން ވިންދު ޖަހާ އެންމެ ބޮޑު ކަންބޮޑުވުމެއް އޮތް މައްސަލަ ކަމަށެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ޕީއެސްއެމުން މިއަދު ކުރިއަށް ގެންދާ ޓެލެތޯންގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ބައިވެރިވެވަޑައިގެން ފައިސާގެ ދެއްވަނީ.---ފޮޓޯ: މަޖިލިސް

ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ޕީއެސްއެމުން މިއަދު ކުރިއަށް ގެންދާ ޓެލެތޯންގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ބައިވެރިވެވަޑައިގެން ފައިސާގެ ދެއްވަނީ.---ފޮޓޯ: މަޖިލިސް

ޓެލެތޯންގައި ހުރިހާ ދިވެހީން ބައިވެރިވެ ފަލަސްތީނުގެ ރައްޔިތުންނަށް އެހީ ވުމަށް އަބްދުއްރަހީމް އެދިވަޑައިގަތެވެ.

ފަލަސްތީނަށް އެހީވުމަށް ބާއްވާ ޓެލެތޯނުގައި މާލެ ސަރަހައްދުގައި 13 ފަންޑު ފޮށި ބަހައްޓާފައިވެ އެވެ. ފޮށިތައް ކައިރިއަށް ނުދެވޭ ފަރާތްތަކަށް ދިވެހި ފައިސާއިން ނަމަ 7730000655865 އެކައުންޓަށް އަދި ޑޮލަރުން ނަމަ 7730000655866 އެކައުންޓަށް ޖަމާކުރެވޭނެ ކަމަށް ޕީއެސްއެމުން ބުންޏެވެ.

މިއަދުގެ ހެނދުނު 8 އިން މިރޭ ދަންވަރު 12 އާ ހަމައަށް ޓެލެތޯނެއް ކުރިއަށް ގެންދާއިރު ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ކުރާ މަސައްކަތް މި ސަރުކާރުން އިތުރު ކުރުމުގެ ގޮތުން އިޒްރޭލުގެ ޕާސްޕޯޓު ރާއްޖޭގައި މަނާކުރަން މިހާރު ވަނީ ގާނޫނު އިސްލާހު ކުރުމުގެ އަމަލީ މަސައްކަތް ރައްޔިތުންގެ މަޖިލިިހުގައި ފަށައިފަ އެވެ.