Roadha Mihaaru
ފެނާއި ނަރުދަމާ ތަރައްގީކުރަން ތުރުކީއާއެކު އެމްއޯޔޫއެއް

ރާއްޖޭގެ ފެނާއި ނަރުދަމާ ތަރައްގީކުރުމަށް ތުރުކީއާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި

14 އޯގަސްޓް 2024

ރާއްޖޭގެ ފެނާއި ނަރުދަމާގެ ނިޒާމު އިތުރަށް ތަރައްގީކުރުމަށްޓަކައި ދިވެހި ސަރުކާރާއި ތުރުކީ ސަރުކާރާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ރާއްޖޭގެ ފެނާއި ނަރުދަމާގެ ނިޒާމު އިތުރަށް ތަރައްގީކުރުމަށްޓަކައި ދިވެހި ސަރުކާރާއި ތުރުކީ ސަރުކާރާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ.

އެންވައިރަމެންޓް މިނިސްޓްރީން ބުނީ މި ފަހުމުނާމާއަކީ ފެނާއި ނަރުދަމާގެ ދާއިރާ ތަރައްގީ ކުރުމަށްޓަކައި ދެ ގައުމުގެ ދެމެދުގައި ފަންނީ ތަޖުރިބާ ބަދަލުކުރުމުގެ މަގްސަދުގައި ވެވޭ ފަހުމުނާމާއެއް ކަމަށެވެ.

މި ފަހުމުނާމާގެ ތެރެއިން މި ދާއިރާއިން މީހުން ތަމްރީނު ކުރުމާއި، ދާއިރާއާ ގުޅޭ ބައިނަލްއަގްވާމީ ކޮންފަރެންސްތަކުގައި ދެ ގައުމު ގުޅިގެން ބައިވެރިވެ، ދާއިރާއަށް ކުރިއެރުން ހޯދުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރާނެ ކަމަށް އެންވައިރަމެންޓް މިނިސްޓްރީން ބުންޏެވެ.

ތުރުކީއާއެކު އެމްއޯޔޫގައި ސޮއިކުރުމަށް އޮންލައިންކޮށް މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: އެންވައިރެމެންޓް މިނިސްޓްރީ

ތުރުކީއާއެކު އެމްއޯޔޫގައި ސޮއިކުރުމަށް އޮންލައިންކޮށް މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: އެންވައިރެމެންޓް މިނިސްޓްރީ

އޮންލައިންކޮށް ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގައި ރާއްޖޭގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރައްވާފައިވަނީ އެންވައިރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމެވެ. ތުރުކީއިން އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ އިސްތަންބޫލް ވޯޓާ އެންޑް ސުވަރެޖް އެޑްމިނިސްޓްރޭޝަންގެ ޑެޕިއުޓީ ޖެނެރަލް ޑިރެކްޓަރެވެ.

އެންވައިރަމެންޓް މިނިސްޓްރީން ބުނީ މި ފަހުމުނާމާގެ ސަބަބުން ފެނާއި ނަރުދަމާގެ ދާއިރާ ތަރައްގީކުރުމަށް ދެ ގައުމު ގުޅިގެން ގިނަ މަސައްކަތްތަކެެއް ކުރެވިގެން ދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.