މާލޭ މީހުންނަށް ކުރީ ސަރުކާރުން ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫއުއަކީ މިހާތަނަށް ރާއްޖޭގައި ހިންގި އެންމެ ބޮޑު ހިޔާނާތް ކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
12 އޯގަސްޓް 2024
މާލޭ މީހުންނަށް ކުރީ ސަރުކާރުން ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫއުއަކީ މިހާތަނަށް ރާއްޖޭގައި ހިންގި އެންމެ ބޮޑު ހިޔާނާތް ކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
މާލޭގެ ރައްޔިތުންނަށް ކުރީގެ ސަރުކާރުން ދޫކޮށްފައިވާ ގޯތީގެ މައްސަލާގައި ސުވާލުކުރުމަށް މިއަދު ހައުސިން މިނިސްޓަރު އަލީ ހައިދަރު މަޖިލީހަށް ހާޒިރުކުރުމުން އޭނާ ދެއްވި ޖަވާބުތަކާ ގުޅިގެން އެމްޑީޕީގެ މެމްބަރުން ވަނީ ޖަލްސާގައި އަޑުގަދަކޮށްފަ އެވެ. އެކަމާ ގުޅިގެން ބައެއް މެމްބަރުންގެ ނަން އިއްވި އެވެ.
އެ މައްސަލައާ ގުޅިގެން ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަލާހު ވިދާޅުވީ ކުރީގެ ސަރުކާރުން ގޯތި ދޫކުރިއިރު އަމަލުކޮށްފައިވަނީ ޒިންމާދާރު ސަރުކާރަކުން އަމަލުކުރާ ގޮތާއި ހިލާފަށް ކަމަށާއި މިއީ މިހާތަނަށް ރާއްޖޭގައި ހިންގި އެންމެ ބޮޑު ހިޔާނާތް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ހުޅުމާލެއިން ދޫކުރި ގޯތިތަކުގެ އަގު އެކަނި ވެސް 5.4 ބިލިއަން ރުފިޔާ އަރަ އެވެ.
"އަޅުގަނޑު ދަންނަވާނީ މިއީ މިހާތަނަށް ރާއްޖޭގައި ހިންގި އެންމެ ބޮޑު އެއް ހިޔާނާތުގެ ގޮތުގައި،" އޭނާ ވިދާޅުވި އެވެ.
ފަލާހު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ހިލޭ ގޯތި ދިނުމުގެ ވިސްނުން ގެންގުޅޭ ނަމަ މާލޭގެ އެންމެންނަށް ވެސް ދޭން ވާނީ ގޯތި ހިލޭ ކަމަށެވެ. އޭނާ އެގޮތަށް ވިދާޅުވެފައިވަނީ މާލޭގެ ރައްޔިތުންނަށް ގޯތި ވިއްކުމުގެ މަސައްކަތް ވެސް ކޮށްފައިވާތީ އެވެ.
"ވަރަށް އުސޫލުތަކާ ހިލާފަށް ކުރެވިފައި އޮތް ކަމެއް މިއީ،" ފަލާހު ވިދާޅުވި އެވެ.
ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ ބިމާބެހޭ ގާނޫނުގައިވާ ގޮތުގެ މަތިން، ބިމެއް ބަޔަކަށް ދޭން ޖެހެނީ ބިމެއް އުފައްދާފައި ކަމަށެވެ. އެކަމަކު ފަޅުތަކުން ބިން ދޫކޮށްފައި އޮތުމުން، އެތަންތަން ރައްޔިތުންނަށް ދެވެން އޮތީ ބިމަށް ބަދަލުކޮށްގެން ކަމަށް ޝުޖާއު ވިދާޅުވި އެވެ.
ޕީއެންސީގެ ޕީޖީ ލީޑަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން.
ޕީޕީއެމްގެ ސަރުކާރުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހި އޮތީ މަގުތައް ހަދައި، ނެޓްވޯކިންގެ މަސައްކަތްތައް ވެސް ކޮށްފައި ކަމަށާއި އަދި އެމްޑީޕީގެ ސަރުކާރުގެ ހެޔޮ ނިޔަތެއް އޮތްނަމަ އެ ބިމުން ކުރީގެ ސަރުކާރުން ގޯތި ނުދިނީ ކީއްވެތޯ ޝުޖާއު ސުވާލު އުފެއްދެވި އެވެ.
"މާލޭގެ ރައްޔިތުންނާ މެދު އެ މީހުން އުޅެމުންދާ ހާލާ ދޭތެރޭގައި ވިސްނި، އެހާ ހިތަށް ތަދުވާ ނަމަ، އުފައްދާ ފައްކާކޮށްފައި އޮތް ބިމަކުން ގޯތި ނުދެވުނީ ކީއްވެގެންތޯ،" ޝުޖާއު ސުވާލު ކުރެއްވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ނުވަ މަސް ދުވަސްވީއިރު، ބޯހިޔާވަހިކަމުގެ ގުޅިގެން އެއްވެސް މަޝްރޫއުއެއް ނުހިންގޭ ކަމަށް ބުނެ އެމްޑީޕީގެ މެމްބަރުން އުފައްދައި ސުވާލުތަކާ ގުޅިގެން ޝުޖާއު ވިދާޅުވީ ކުރީގެ ސަރުކާރުން ދިން ގޯތި ލިސްޓާ ގުޅިގެން ބިން ހިއްކަން ޖެހުނީ މި ސަރުކާރަށް ކަމަށެވެ.
މީގެ އިތުރުން ކުރީގެ ސަރުކާރުން ފެށި ފަހި ދިރިއުޅުން ފްލެޓް މަޝްރޫއު ވެސް އޮތީ އެފަދަ ގޮތަކަށް ކަމަށާއި އެގޮތުން މަސައްކަތް ނިމިފައި ވަނީ މަދު ފްލެޓްތަކެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ފްލެޓްތައް ނިންމުމުގެ މަސައްކަތް ބާރު ސްޕީޑުގައި މި ސަރުކާރުން ކުރަމުންދާ ކަމަށް ޝުޖާއު ވިދާޅުވި އެވެ.
ޕީއެންސީގެ ޕީޖީ ލީޑަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވާހަކަ ދައްކަވަނީ.--
ފްލެޓް ލިސްޓުގެ ޝަރުތުތަކުގެ ތެރޭގައި ވެސް ބޮޑެތި އޮޅުވާލުންތައް ހުރިކަން ފާހަގަ ކުރައްވައި، ޝުޖާއު ވިދާޅުވީ މާލޭގައި ވަކި މުއްދަތެއްގައި އުޅުނު ކަމަށް ދެއްކުމަށް އެމްޑީޕީއާ ގުޅުން އޮތް ކައުންސިލުތަކުން ލިޔުން އުފައްދައިގެން ހުށަހަޅާފައިވާ ކަމަށެވެ. އެއީ އެ ޕާޓީގެ މީހުންނަށް ފްލެޓް ދިނުމަށް ކުރި ކަމެއްގެ ގޮތުގައި ތުހުމަތުކޮށް ޝުޖާއު ވަނީ އެހާ ވަރަށް އޮޅުވާލުމުން ފްލެޓް ދޭނީ ކިހިނެއްތޯ ސުވާލު އުފައްދަވައިފަ އެވެ.
"ތިމާމެންނަށް ސަޕޯޓުކުރާ ތިމާމެންގެ ޕާޓީގެ މީހުންނަށް ފްލެޓް ދޭން ކޮށްފައި ހުރި ވައްކަންތައް އޭގެ ތެރެއިން 60 ޕަސެންޓް މީހުންނަކީ. ކިހިނެއްތޯ އަޅުގަނޑުމެން އެކަހަލަ ވައްކަން ކޮށްފައި އޮތް ލިސްޓަކަށް ފްލެޓް ދޭނީ. ނުދެވޭނެ އިނގޭތޯ،" ޝުޖާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މާލޭގެ މޭޔަރަކަށް ރައީސް މުއިއްޒު ހުންނެވިއިރު ވަނީ ގޭގެއަށް ޒިޔާރާތް ކުރައްވައި، މީހުންގެ ހާލަތު ބައްލަވައިފަ އެވެ. އެހެންވެ، ހާލުގައި އުޅޭ މީހުން އެމަނިކުފާނަށް އެނގިވަޑައިގަންނަވަ އެވެ. އެހެންވެ، މިވެރިކަމުގައި ފްލެޓް ދޭނީ އެންމެ ހައްގުވެރިންނަށް ކަމަށް ޝުޖާއު ވިދާޅުވި އެވެ.
ގެދޮރުވެރިކަމަށް ހާއްސަ ކޮމިޓީއެއް މަޖިލިހުން އުފައްދަނީ
ވޯޓުގައި ބައިވެރި ނުވީ ދެ މެމްބަރެއް: ފަލާހު
ވިޕާހިލާފުވި ޕީއެންސީގެ މެންބަރުންނަށް ފިޔަވަޅު އަޅަނީ
"ކޯހުގައި ކިޔަވަން އިސް ނެގީ ޕީއެންސީގެ މެމްބަރުން"
ޕީއެންސީ ޕީޖީ: އަބްދުއްރަހީމް ބައިވެރިވެވަޑައިނުގަންނަވާ
"މީޑިއާ ކޮމިޝަން ބިލް އެންޑޯޒް ކުރާނީ ދިރާސާކޮށްފައި"
ކަނޑުންނާއި ފަޅުން ދިން ގޯތި އަތުލަންޖެހޭ: އައްބާސް
މިއީ އެންމެ ހާޒިރީ ރަނގަޅު މެމްބަރުންނަށް ވާނެ:ފަލާހު
ގެދޮރުވެރިކަމާ ބެހޭ ކޮމިޓީގެ މުގައްރިރަކަށް ފަލާހު
4،000މީހުން ޔަގީންކުރަން ހުރިހާ ފޯމެއް ރިވިއުކުރަނީ