ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ ލިސްޓަށް ގެދޮރުވެރިކަމަށް ހާއްސަ ކޮމިޓީއެއް އުފައްދައި އެ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ ލިސްޓަށް ގެދޮރުވެރިކަމަށް ހާއްސަ ކޮމިޓީއެއް އުފައްދައި އެ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވައިފި އެވެ.
އެ ކޮމިޓީގެ މުގައްރިރަކަށް ހޮވީ ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހެވެ. ނައިބު މުގައްރިރަކީ ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީގެ މެމްބަރު ހުސައިން އިމްރާން ލަތީފެވެ.
ކޮމިޓީގައި 11 މެމްބަރުން ތިއްބަވާއިރު، މެމްބަރުން ކަނޑައެޅުމުގައި މާލޭގެ އިތުރުން ކޮންމެ ސިޓީއަކުން މަޖިލިހުގެ މެމްބަރަކު ކަނޑައަޅަން އިސްކަން ދިނެވެ.
ރައްޔިތުންގެ މަޖިލީހުގެ ގެދޮރުވެރިކަމުގެ ކޮމިޓީގެ މުގައްރިރާއި ނައިބު މުގައްރިރު ކަނޑައެޅުން pic.twitter.com/DrFpthnpwn
— People's Majlis (@mvpeoplesmajlis) July 31, 2024
ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ:
1- އިބްރާހިމް ފަލާހު (އިނގުރައިދޫ ދާއިރާ)
2- ހުސައިން އިމްރާން ލަތީފު (ހެންވޭރު ދެކުނު ދާއިރާ)
3- މުހައްމަދު ދާއޫދު (ކުޅުދުއްފުށި އުތުރު ދާއިރާ)
4- މުހައްމަދު ސިނާން (ހިތަދޫ އުތުރު ދާއިރާ)
5- އިބްރާހީމް ނާޒިލް (ހިތަދޫ ދެކުނު ދާއިރާ)
6- އަލީ ފަޒާދު (ފުވައްމުލަކު މެދުދާއިރާ)
7- މުހައްމަދު އިސްމާއީލް (ވިލިމާލެ ދާއިރާ)
8- ހުސައިން ޝަރީފު (ހުޅުމާލެ އުތުރު ދާއިރާ)
9- މުހައްމަދު އިބްރާހީމް (ގަލޮޅު އުތުރު ދާއިރާ)
10- އަސްމާ ރަޝީދު (މާފަންނު މެދުދާއިރާ)
11- އަހުމަދު ޒަމީރު (މައްޗަންގޮޅި މެދުދާއިރާ)
ގެދޮރުވެރިކަމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި އެންމެ އިސްކަން ދެއްވާ މައިގަނޑު އެއް ދާއިރާ އެވެ. ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮންނަ 20 ވަނަ ރައްޔިތުންގެ މަޖިލިހުގައި ގެދޮރުވެރިކަމަށް ހާއްސަ ކޮމިޓީއެއް އުފެއްދި މައިގަނޑު ސަބަބަކީ ވެސް އެއީ އެވެ.
ރައީސް މުއިއްޒުގެ ފަސް އަހަރުގެ ވެރިކަން ނިމޭއިރު، އެންމެންނަށް ގެދޮރު ހޯދައި ދިނުމަކީ މި ސަރުކާރުގެ ސިޔާސަތެކެވެ.
ގެދޮރުވެރިކަމަށް ހާއްސަ ކޮމިޓީއެއް މަޖިލިހުން އުފައްދަނީ
ވޯޓުގައި ބައިވެރި ނުވީ ދެ މެމްބަރެއް: ފަލާހު
ވިޕާހިލާފުވި ޕީއެންސީގެ މެންބަރުންނަށް ފިޔަވަޅު އަޅަނީ
"މީޑިއާ ކޮމިޝަން ބިލް އެންޑޯޒް ކުރާނީ ދިރާސާކޮށްފައި"
ގޯތި ބެހުމަކީ ހިންގި އެންމެ ބޮޑު ހިޔާނާތް: ފަލާހު
މިއީ އެންމެ ހާޒިރީ ރަނގަޅު މެމްބަރުންނަށް ވާނެ:ފަލާހު
އިޒްރޭލު ޕާސްޕޯޓު މަނާކުރާ ބިލަށް ޕީއެންސީގެ ތާއީދު
މައިނޯރިޓީ އަށް ދޭން ޖެހޭ ޖާގަ ދޭނަން: ޕީއެންސީ
މުސާރަ ކުޑަކުރަންވީ އާ ދައުރަކާ ދިމާކޮށް: ފަލާހު
"ހާމަވީ ރައީސް އަންގާހާ ގޮތަށް ކަންކަން ނުކުރާކަން"