Roadha Mihaaru
މިއީ އެންމެ ހާޒިރީ ރަނގަޅު މެމްބަރުންނަށް ވާނެ:ފަލާހު

މިއީ މިހާތަނަށް އެންމެ ހާޒިރީ ރަނގަޅު މެމްބަރުންނަށް ވާނެ: ފަލާހު

07 އޯގަސްޓް 2024

މިހާރު ހިނގަމުން އަންނަ 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަކީ މިހާތަނަށް އެންމެ ހާޒިރީ ރަނގަޅު މެމްބަރުންނަށް ވާނެ ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރު އިބްރާހިމް ފަލާހު ރޭ ވިދާޅުވެއްޖެ އެވެ.

މިހާރު ހިނގަމުން އަންނަ 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަކީ މިހާތަނަށް އެންމެ ހާޒިރީ ރަނގަޅު މެމްބަރުންނަށް ވާނެ ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރު އިބްރާހިމް ފަލާހު ރޭ ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިހުގެ ސުޕަ މެޖޯރިޓީ ޕާޓީ ޕީއެންސީން ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އިނގުރައިދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ފަލާހު ވިދާޅުވީ، 20 ވަނަ ރައްޔިތުންގެ މަޖިލިހަށް ޕީއެންސީގެ ބޭފުޅުން އިންތިހާބުވުމާ ގުޅިގެން އެ ބޭފުޅުންނާ ބައްދަލުކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގަތީ އެއީ ނަމޫނާ ރައްޔިތުންގެ މަޖިލިހަކަށް ހަދަން ކަމަށެވެ.

"ނަމޫނާ މަޖިލިހަށް ވުމަށްޓަކައި އެންމެ ފުރަތަމަ ކަމަކީ ވެސް ގަޑިއަށް ފަރުވާތެރިކަމާ އެއްކޮށް ތިބޭފުޅުން މަޖިލީހަށް ހާޒިރުވުމޭ. ބަލި ހާލެއްގައި ޖެހިގެން ނޫނިއްޔާމު އަތްބަކު، ދަރިއަކު ބަލިވެގެން ނޫން ގޮތަކަށް 75 މެމްބަރުން އަޅުގަނޑުމެންގެ ޕާލަމެންޓްރީ ގުރޫޕަށް ނިސްބަތްވާއިރުގައި އެއްވެސް މެމްބަރަކު މަޖިލީހަށް ހާޒިރު ނުވެއެއް ނުތިބޭ،" ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރުކަން ވެސް ކުރިން ކުރެއްވި ފަލާހު ވިދާޅުވި އެވެ.

އެކަމަކު އަޅުގަނޑުމެންނަށް ގެއަށް ދެވެނީ ރޭގަނޑު ނުވައެއް ޖަހާއިރު. އަޅުގަނޑުމެން މި ތިބެނީ ގެއަށް ދާއިރު ނިއްޖާ ތާއްޔާ ޖެހިޖެހި.--- ފަލާހު

އޭނާ ވިދާޅުވީ، ޕީއެންސީން ރައްޔިތުންގެ މަޖިލިހުގައި މަސައްކަތް ކުރަނީ ކަމަކަށް ކަމެއް ކުރުމުގެ ބޭނުމުގައި ނޫން ކަމަށެވެ. މަސައްކަތް ކުރަނީ ރައްޔިތުންނަށް ތެދުވެރި، އިހުލާސްތެރިކަމާ އެކު ކަންކަން ކުރަން ކަމަށް ފަލާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިހާރުގެ ރައްޔިތުންގެ މަޖިލިހުން މިދިޔަ ދެ މަހެއްހާ ދުވަހު އެކަނިވެސް އެތައް ގާނޫނަކަށް އިސްލާހުތަކެއް ގެނެސް މިއިން ދުވަހަކު މަޖިލިހުން ނުކުރާ ވަރަށް މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ.

ޕީއެންސީން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި އެ ޕާޓީގެ ލީޑަޝިޕްގެ އެހެން ބައެއް ވެރިން.

ޕީއެންސީން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި އެ ޕާޓީގެ ލީޑަޝިޕްގެ އެހެން ބައެއް ވެރިން.

މަޖިލިހުގައި ބަހުސް ކުރާނެ ކަމެއް ނެތިގެން ބައެއް ދުވަސް ދުވަހު މަޖިލިހުގެ ޖަލްސާތައް ކުރުކުރާތީ ލިބޭ ޝަކުވާތަކައް ރައްދު ދެއްވަމުން ފަލާހު ވިދާޅުވީ، 19 ކޮމިޓީގައި މެމްބަރުން ތިއްބަވާއިރު ހުރިހާ ކޮމިޓީއެއް އެއްފަހަރާ ބޭއްވުމުން ކޮމިޓީތަކަށް ގިނަ ބޭފުޅުން ވަގުތު ދެއްވާ ކަމަށެވެ.

"އެހެންވީމާ ރައްޔިތުންގެ މަޖިލިހުގައި ފްލޯގައި މި ކުރެވޭ މަސައްކަތަކީ އަޅުގަނޑުމެން ކޮމިޓީތަކުގައި ކުރެވޭ މަސައްކަތަށް ވުރެ މާ ކުޑަ މަސައްކަތެއް. އަޅުގަނޑުމެން ފްލޯގައި މި ކުރާ މަސައްކަތަކީ މި އަންނަ ބިލްތަކަށް އަޅުގަނޑުމެން ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ދެކޭ ގޮތް ހަމައެކަނި، އެ ބޭފުޅުންނަށް އޭގައި އޮންނަ ހިޔާލެއް ހާމަކޮށްލުމަށް ކުރެވޭ މަސައްކަތެއް އެއީ،" އޭނާ ވިދާޅުވި އެވެ.

މަޖިލިހުގެ ފްލޯގައި ކުރާނެ މަސައްކަތެއް ނެތިގެން ޖަލްސާތައް ކުރުކޮށްލާ ވާހަކަ ބައެއް ނޫސްތަކުގައި ޖެހުމުން ދާއިރާތަކުގެ މީހުންނަށް ހީވަނީ ފަލާހު ވިދާޅުވި ގޮތުގައި ފައިސާ ނަގައިގެން މެމްބަރުން ނިދިކުރައްވަނީ އެވެ.

"އެކަމަކު އަޅުގަނޑުމެންނަށް ގެއަށް ދެވެނީ ރޭގަނޑު ނުވައެއް ޖަހާއިރު. އަޅުގަނޑުމެން މި ތިބެނީ ގެއަށް ދާއިރު ނިއްޖާ ތާއްޔާ ޖެހިޖެހި. އެހެންވީމާ ހަގީގަތުގައި ރަސްމީ މަސައްކަތްތައް ކުރަމުން މިދަނީ ކޮމިޓީ މަރުހަލާގައި،" އޭނާ ވިދާޅުވި އެވެ.