07 އޯގަސްޓް 2024
ނޭޕާލުގައި މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަންސް (ކާވާ) ވިމެންސް ވޮލީބޯލް ނޭޝަންސް ލީގުގެ ރައުންޑް ރޮބިން ބުރުގައި މެޗެއް ކާމިޔާބު ނުކުރެވި، ރާއްޖެއަށް މުބާރާތް ނިމިއްޖެ އެވެ.
ނޭޕާލުގައި މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަންސް (ކާވާ) ވިމެންސް ވޮލީބޯލް ނޭޝަންސް ލީގުގެ ރައުންޑް ރޮބިން ބުރުގައި މެޗެއް ކާމިޔާބު ނުކުރެވި، ރާއްޖެއަށް މުބާރާތް ނިމިއްޖެ އެވެ.
ފަސް ޓީމު ބައިވެރިވި މި މުބާރާތުގައި، ރާއްޖެ ފިޔަވައި ދެން ކުޅޭ އިންޑިއާ އާއި ސްރީ ލަންކާ އަދި އީރާނާއި ނޭޕާލް ސެމީ ފައިނަލަށް ދަތުރު ކުރިއިރު، ފައިނަލަށް ހޮވިފައި ވަނީ ނޭޕާލާއި އިންޑިއާ އެވެ.
ރާއްޖޭން ފުރަތަމަ މެޗުގައި އިންޑިއާއާ ވާދަކޮށް ރާއްޖެ ބަލިވީ، 25-6، 25-11 އަދި 25-10 އިންނެވެ. ދެ ވަނަ މެޗުގައި އިރާނާ ވާދަކޮށް 25-21، 25-20 އަދި 25-16 އިން ބަލިވިއިރު، ތިން ވަނަ މެޗުގައި ލަންކާއާ ވާދަކޮށް ބަލިވީ 25-22، 25-12 އަދި 25-12 އިންނެވެ.
އަދި ފަހު މެޗުގައި މިދިޔަ ހޯމަ ދުވަހު ނޭޕާލް އަތުން ބަލިވީ 25-8، 25-19 އަދި 25-18 އިންނެވެ.
ރާއްޖޭގެ ޓީމު، ފަހު މެޗަށް ފަހު ނޭޕާލް ޓީމާ އެކު ފޮޓޯއަކަށް ހުއްޓިގެން.-- ފޮޓޯ: ހަމްރޯ ކޭލްކޫދު
ކޯޗު ސޮފްވާން އަހުމަދުގެ އިރުޝާދުގެ ދަށުން މުބާރާޓުގެ ކުރީކޮޅު ވޮލީ ޓީމަށް ކުޅެން ޖެހުުނީ މުހިއްމު ކުޅުންތެރިން ކަމަށްވާ ހައްވާ ރާޝިދާ (ހައްވަ) އާއި އައިޝަތު މާޖިދާ އަދި އާމިނަތު އަރީޝާ ނުހިމަނަ އެވެ. އެ ކުޅުންތެރިން ބޫޓާނުގައި ކުރިއަށް ދިޔަ ކާވާ ބީޗް ވޮލީބޯޅަ މުބާރާތުގައި ކުޅެފަ އެވެ.
މުބާރާތުގެ ދެ ވަނަ މެޗުގައި، ރާއްޖޭގެ ޒުވާން ކުޅުންތެރިޔާ މާޔާ ހުސެއިން ސޮލާހަށް ވަނީ އަނިޔާ ވެފަ އެވެ.