19 ޖުލައި 2024
ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) 20 އަހަރުން ދަށުގެ އަންހެން ވޮލީބޯލް ޗެމްޕިއަންޝިޕް ގެ ފުރަތަމަ މެޗުގައި ކިރިގިސްޓާނާ ވާދަކޮށް ރާއްޖޭގެ ޓީމު ބަލިވެއްޖެ އެވެ.
ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) 20 އަހަރުން ދަށުގެ އަންހެން ވޮލީބޯލް ޗެމްޕިއަންޝިޕް ގެ ފުރަތަމަ މެޗުގައި ކިރިގިސްޓާނާ ވާދަކޮށް ރާއްޖޭގެ ޓީމު ބަލިވެއްޖެ އެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި އިއްޔެ ހަވީރު ފެށުމުގެ ގޮތުން ކުޅުނު ފުރަތަމަ މެޗުގައި ކިރިގިސްތާނުން ރާއްޖޭގެ ޒުވާން ޓީމުގެ މައްޗަށް ކުރިހޯދާފައި ވަނީ 25-11، 25-11 އަދި 25-17 އިން ސެޓްތައް ގެންގޮސްގެންނެވެ.
މެޗުގައި ކިރިގިސްތާނުގެ ސާވިސްތަކާއި އެޓޭކުތައް ހުއްޓުވަން ރާއްޖޭގެ ޓީމަށް އުނދަގޫތަކެއް ކުރިމަތިވި ނަމަވެސް ފަހު ސެޓުގައި ރާއްޖޭން އުންމީދީ ކުޅުމެއް ދެއްކި އެވެ. އެގޮތުން މާޔާ ހުސެއިން ސޮލާހު ރަނގަޅު އެޓޭކްތަކެއް ކުރިއިރު އިދިކޮޅު ހަމަލާތައް ދިފާއު ކުރުމުގައި ވެސް އޭނާ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
މުބާރާތުގެ ދެވަނަ މެޗުގައި ރޭ ވާދަކުރީ ނޭޕާލާއި ސްރީލަންކާ އެވެ. އެ މެޗު 3-1 ސެޓުން ކާމިޔާބުކުރީ ސްރީލަންކާ އެވެ. މެޗުގެ ސެޓްތައް ގެންދިޔައީ 25-20، 24-26، 25-11 އަދި 25-18 އިންނެވެ.
ހަތަރު ޓީމު ވާދަކުރާ މި މުބާރާތުގައި ރާއްޖޭގެ ދެވަނަ މެޗުގައި މިއަދު ހަވީރު 4 ޖަހާއިރު ސަރީލަންކާއާ ދެކޮޅަށް ކުޅުމަށް ފަހު މާދަމާ ހަވީރު ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ.
ހޯމަ ދުވަހު މުބާރާތުގެ ސެމީ ފައިނަލްގެ ދެ މެޗު ކުޅުމަށް ފަހު، ތިންވަނަ ހޮވާ މެޗާއި ފައިނަލް މެޗު އޮންނާނީ އަންގާރަ ދުވަހު އެވެ.
ތިން މެޗުން ވެސް ސެޓެއް ނުލިބި، ސެމީގެ މެޗު މާދަމާ
ދެވަނަ މެޗުން ވެސް ރާއްޖެ މޮޅެއް ނުވި
އަންހެން ވޮލީ ޓީމަށް ނާކާމިޔާބު، ކޯޗު ބުނީ ތަޖުރިބާއެއް ކަމަށް
ތިން މެޗުން ލަންކާއިން ރާއްޖެއަށް ސެޓެއް ވެސް ނުދިން
ފަހު މެޗު: ލަންކާ މާފަސޭހަކޮށް މޮޅު ވެއްޖެ
ދެވަނަ މެޗުގައި ވެސް ރާއްޖެއަށް ސެޓެއް ނުލިބުނު
ދެވަނަ ސެޓުގައި ދެއްކި ހިތްވަރު ހިފަހައްޓާ ނުލެވުނު
އަންހެން އަދި ފިރިހެން ވޮލީޓީމުވެސް ލަންކާ އަތުން ބަލި
ގައުމީ ވޮލީޓީމުތައް ލަންކާއާ ދެކޮޅަށް މެޗުތަކެއް ކުޅެނީ
ދޭތިން އެކައްޗަށް ގޮސް މެޑަލް ހޯދައިދޭން އެދިއްޖެ