14 އޯގަސްޓް 2023
ގައުމީ އަންހެން ވޮލީބޯޅަ ޓީމުން ސްރީލަންކާ ގައުމީ ޓީމާ ދެކޮޅަށް ކުޅުނު ރަހުމަތްރެރިކަމުގެ ދެވަނަ މެޗުން 3-1 ސެޓުން ބަލި ވެއްޖެ އެވެ.
ގައުމީ އަންހެން ވޮލީބޯޅަ ޓީމުން ސްރީލަންކާ ގައުމީ ޓީމާ ދެކޮޅަށް ކުޅުނު ރަހުމަތްރެރިކަމުގެ ދެވަނަ މެޗުން 3-1 ސެޓުން ބަލި ވެއްޖެ އެވެ.
ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު މެޗުގެ ސެޓުތައް ލަންކާ އިން ގެންދިޔައީ 25-17، 24-26، 25-17 އަދި 25-14 އިންނެވެ.
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ އަންހެން އަދި ފިރިހެން ގައުމީ ވޮލީބޯޅަ ޓީމު ވެސް އަންނަނީ ލަންކާގެ ގައުމީ ޓީމާ ދެކޮޅަށް މާލޭގައި ރަހުމަތްތެރިކަމުގެ ތިން މެޗުގެ ސީރީޒް އެއް ކުޅެމުންނެވެ. އަންހެން ޓީމާއި ފިރިހެން ޓީމު ވެސް ފުރަތަމަ މެޗުގައި ބަލިވީ ސީދާ ތިން ސެޓުންނެވެ.
އަންހެން ޓީމުން ރޭ ކުޅުނު މެޗުގައި ލަންކާގެ ބްލޮކެއް ބޭރަށް ގޮސްގެން ސެޓުގެ ފުރަތަމަ ޕޮއިންޓް ހޯދީ ރާއްޖޭންނެވެ. ނަމަވެސް ލަންކާ ޓީމުން މަޑުމަޑުން ގޭމުގެ ތެރެއަށް ވަދެ 11 ޕޮއިންޓުގެ ލީޑެއް ނެގި އެވެ. ލަންކާ އިން ސެޓު ގެންދިޔައީ 23-12 އިން އެޓީމު ކުރީގައި އޮއްވައި ރާއްޖޭން ޖެހިޖެހިގެން ފަސް ޕޮއިންޓް ހޯދައި ފަރަގު ކުޑަކުރި ފަހުން ހޯދި ދެ ޕޮއިންޓާ އެކު 25-17 އިންނެވެ.
ރާއްޖޭގެ ސާވިސް ލަންކާ ކުޅުންތެރިންނަށް ރިސީވް ނުކުރެވިގެން ދެވަނަ ސެޓުގެ ފުރަތަމަ ޕޮއިންޓް ވެސް ހޯދީ ރާއްޖޭންނެވެ. ލަންކާ އިން ދެ ޕޮއިންޓުގެ ލީޑެއް ދަމަހައްޓަމުން ދިޔަ މި ސެޓުގައި ރާއްޖޭން 12-12 އިން އެއްވަރުކޮށް، ފަހުން ތިން ޕޮއިންޓުގެ ލީޑެއް ވެސް ނެގި އެވެ. އެއަށް ފަހު ލަންކާއިން އަލުން ތިން ޕޮއިންޓުގެ ލީޑެއް ނަގާފައި ވަނިކޮށް ރާއްޖޭން ނަތީޖާ 22-22 އިން އެއްވަރު ކުރުމުން ލަންކާއިން ޓައިމްއައުޓެއް ވެސް ނެގި އެވެ. ނަމަވެސް ރާއްޖޭގެ ކުޅުންތެރިން ވަނީ ސެޓުގެ ބާކީ ބައިގައި ވިސްނުންތެރިކަމާ އެކު ކުޅެ 26-24 އިން ސެޓް ކާމިޔާބު ކޮށްފަ އެވެ.
ތިންވަނަ ސެޓު ވެސް ރާއްޖޭން ފެށީ ރަނގަޅަށެވެ. ލަންކާ ކުޅުންތެރިންނަށް ހެދުނު ގޯހަކުން ފުރަތަމަ ޕޮއިންޓް ހޯދުނުއިރު، ރާއްޖޭން ކުރިއަށް ދިޔައީ ލަންކާއަށް މާ ބޮޑު ލީޑެއް ނުދީ އެވެ. ނަމަވެސް ނަތީޖާ 9-9 ގައި އޮއްވައި ލަންކާ ވަނީ ކުޅުން ރަނގަޅުކޮށް ބޮޑު ލީޑަކާ އެކު ސެޓުގެ ބާކީ ބައި ފުރިހަމަކޮށްގެން ކާމިޔާބު ކުރީ 25-17 އިންނެވެ.
ފަހު ސެޓުގައި ރާއްޖެއަށް މާ ގިނައިރު ލަންކާ ހިފަހައްޓައެއް ނުލެވުނެވެ. ނަތީޖާ 6-6 ގައި އޮއްވައި ލަންކާ ޓީމުން ވަނީ ވަރުގަދަ ކުޅުމަކާ އެކު 25-14 އިން ސެޓް ގެންގޮސްގެން މެޗު ކާމިޔާބު ކޮށްފަ އެވެ.
ރާއްޖޭގެ ފިރިހެން ވޮލީ ޓީމާއި ލަންކާގެ ފިރިހެން ވޮލީ ޓީމު ބައްދަލުކުރާ ދެވަނަ މެޗު އޮންނާނީ މިރޭ 8:30 ގައެވެ.
ކާވާ ޔޫތު މުބާރާތުގެ ފެށުން ރާއްޖެއަށް ނާކާމިޔާބު
އަންހެން ވޮލީ ޓީމަށް ނާކާމިޔާބު، ކޯޗު ބުނީ ތަޖުރިބާއެއް ކަމަށް
ތިން މެޗުން ލަންކާއިން ރާއްޖެއަށް ސެޓެއް ވެސް ނުދިން
ފަހު މެޗު: ލަންކާ މާފަސޭހަކޮށް މޮޅު ވެއްޖެ
ދެވަނަ މެޗުގައި ވެސް ރާއްޖެއަށް ސެޓެއް ނުލިބުނު
އަންހެން އަދި ފިރިހެން ވޮލީޓީމުވެސް ލަންކާ އަތުން ބަލި
ގައުމީ ވޮލީޓީމުތައް ލަންކާއާ ދެކޮޅަށް މެޗުތަކެއް ކުޅެނީ
ދޭތިން އެކައްޗަށް ގޮސް މެޑަލް ހޯދައިދޭން އެދިއްޖެ
ދިވެހި ވޮލީގެ ފެންވަރު މައްޗަށް، ސަޕޯޓަރުންނަށް ޝުކުރު
ސިޓީން މެޗު ދޫކޮށްލުމުން އެޗްޑީސީ ފައިނަލަށް