28 ފެބުރުއަރީ 2023
ރަން މެޑަލް ކަރަށް މަހާ ނުލެވުނަސް ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ނިމިގެން ދިޔަ ފޯ ނޭޝަންސް އިންޓަނޭޝަނަލް ވޮލީބޯޅަ މުބާރާތަކީ ރާއްޖޭގެ ވޮލީބޯޅައިގެ ވަރުގަދަ އީދެކެވެ. ފިރިހެން ޓީމަށް ފައިނަލުގެ ޖާގައެއް ނުލިބުނު ނަމަވެސް އަންހެން ޓީމުން ވަނީ ފައިނަލުގައި ވަރުގަދަ ވާދައެއް ކޮށް ރިހި މެޑަލް ހޯދައިފަ އެވެ.
ރަން މެޑަލް ކަރަށް މަހާ ނުލެވުނަސް ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ނިމިގެން ދިޔަ ފޯ ނޭޝަންސް އިންޓަނޭޝަނަލް ވޮލީބޯޅަ މުބާރާތަކީ ރާއްޖޭގެ ވޮލީބޯޅައިގެ ވަރުގަދަ އީދެކެވެ. ފިރިހެން ޓީމަށް ފައިނަލުގެ ޖާގައެއް ނުލިބުނު ނަމަވެސް އަންހެން ޓީމުން ވަނީ ފައިނަލުގައި ވަރުގަދަ ވާދައެއް ކޮށް ރިހި މެޑަލް ހޯދައިފަ އެވެ.
މުބާރާތް ފެށުނީއްސުރެން ނިމެންދެން ފާހަގަވި އެއް ކަމަކީ ދިވެހި ސަޕޯޓަރުންގެ ޖޯޝާއި ފޯރި އެވެ. ކޮންމެ މެޗެއް ވެސް ކުރިއަށް ދިޔައީ ސަޕޯޓަރުންގެ ޖާގަ ފުރާލައިގެންނެވެ. ކޮންމެ މެޗުގެ އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ސަޕޯޓަރުންގެ އަޑުން މުޅި ހޯލު ގުގުމާލި އެވެ.
އިރުމަތީ އޭޝިއާ އަށް ނިސްބަތްވާ މެލޭޝިއާ އާއި ސިންގަޕޫރާ ދެކޮޅަށް ރާއްޖޭގެ އަންހެން ޓީމު ރައުންޑް ރޮބިން ގައި މޮޅެއް ނުހޯދުނު ނަމަވެސް ފުރަތަމަ މެލޭޝިއާއާ ދެކޮޅަށް ކުޅެ ވަނީ ފަސް ސެޓާ ހަމައަށް މެޗު ގެންގޮސްފަ އެވެ. ދެން ވާދަކުރީ މުބާރާތުގައި އެންމެ ވަރުގަދަކޮށް ފެނުނު ސިންގަޕޫރާ ދެކޮޅަށެވެ.
ސިންގަޕޫރުން ވަނީ ފަސޭހަ ކަމާއެކު ރާއްޖެ އާއި މެލޭޝިއާ ވެސް ބަލިކޮށް ފައިނަލުގެ ސީދާ ޖާގައެއް ހޯދައިފަ އެވެ. އަންހެން ޓީމު ފައިނަލަށް ދިޔައީ ސެމީ ފައިނަލް މެޗުގައި މެލޭޝިއާ ބަލިކޮށްފަ އެވެ. ފައިނަލް މެޗުގައި ސިންގަޕޫރާ ވާދަކޮށް ރާއްޖެ އަށް ފުރަތަމަ ދެ ސެޓު ގެއްލުނު ނަމަވެސް ސަޕޯޓަރުންގެ ފުރިހަމަ އެހީއާ އެކު ދެން ކުޅުނު ދެ ސެޓު ވެސް ކާމިޔާބުކޮށް ފަސްވަނަ ސެޓާ ހަމައަށް މެޗު ގެންދިޔަ އެވެ.
ދިވެހި ސަޕޯޓަރުން ރޭ ގެ މެޗުގައި ޓީމަށް ސަޕޯޓް ދެނީ: ސަޕޯޓަރުން ދިން ހިތްވަރު ގައުމީ ޓީމުން ފާހަގަ ކުރި --- ފޮޓޯ: ނިޝާން އަލީ | މިހާރު
ރާއްޖޭގެ އަންހެން ވޮލީބޯޅަ ޓީމުގެ ކޯޗެއްގެ ގޮތުގައި ނިޒާރު އިބްރާހީމް (ބޮޑޭ) ކުރި ފުތަރަމަ ތަޖުރިބާގައި ވެސް ޓީމުގެ ކުޅުންތެރިންގެ މިންނެތް މަސައްކަތާއި ސަޕޯޓަރުންގެ ފަރާތުން ލިބުނު ސަޕޯޓް އޭނާ ވަނީ ވަރަށް ބޮޑަށް ފާހަގަ ކޮށްފަ އެވެ. ސަޕޯޓަރުންގެ ފަރާތުން ޓީމަށް އިތުރު ހިތްވަރެއް ލިބުނު ކަމަށް ނިޒާރާއި ރާއްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ރަނޭޝް (ރަނޭ) ވެސް ފާހަގަ ކުރި އެވެ.
"އެންމެ ބޭނުންވާ ހިސާބަކަށް އަޅުގަނޑުމެންނަކަށް ނުދެވުނު. މުޅި ޓީމް އޮތް ފޯމާއި, ކުޅުނު ކުޅުމަށް ބަލާއިރު ހަމަ 100 ޕަސަންޓޭ އަޅުގަނޑު ދަންނަވާނީ. ފައިނަލް މެޗެއްގައި އެންމެ ހިތްހަމަޖެހޭވަރަށް މުޅި ޓީމް ކުޅެދީފި،" މެޗަށް ފަހު 'ރާއްޖެ ޓީވީ' އަށް ދިން އިންޓަވިއުގައި ނިޒާރު ބުންޏެވެ.
"ހަޔާތުގައި ވެސް މިވަރުގެ ސަޕޯޓެއް އަޅުގަނޑުގެ ޓީމަކަށް، ހާއްސަކޮށް ގައުމީ އަންހެން ޓީމަކަށް މިވަރުގެ ސަޕޯޓެއް ލިބުމަކީ ވަރަށް ފަހުރުވެރި ވާ ކަމެއް."
ރާއްޖޭގެ ލިބަރޯ ފައިހާ މުހައްމަދު ޕޮއިންޓް ހޯދުމަށް ފަހު އުފާފާޅު ކުރަނީ --- ފޮޓޯ: ނިޝާން އަލީ | މިހާރު
މީގެ އިތުރުން ނިޒާރު ބުނީ، ރާއްޖޭގެ ޓީމަށް ހެދޭ ގޯސްތައް ރަނގަޅުކުރަން މަސައްކަތް ކޮށްގެން ކުރިއަށް އޮތް މުބާރާތެއްގައި ރަން މެޑަލް ހޯދޭނެ ފެންވަރަށް ޓީމުގެ ފެންވަރު މައްޗަށް ޖެހިލައިފި ކަމަށެވެ.
ވޮލީބޯޅަ އެސޯސިއޭޝަންގެ ރައީސް ރަނޭޝް ވިދާޅުވީ ރާއްޖޭގެ ވޮލީބޯޅަ އެހެން ހަރުފަތަކަށް ގޮސްފައި ވާތަން ފެނިއްޖެ ކަމަށެވެ. އަދި ފާއިތުވި އެއް އަހަރު ތެރޭ ރާއްޖޭގެ ޓީމުން ކުރި މަސައްކަތުން ރާއްޖޭގެ އަންހެން އަދި ފިރިހެން ޓީމުގެ ފަރާތުން ވެސް ކުރިއެރުން ފެނިފައި ވާކަން ވަނީ ހާމަ ކޮށްފަ އެވެ.
"މޮޅުވުމާއި ދެރަވުމުގައި މިރޭގެ މެޗުންވެސް މިފާހަގަވީ މިއީ ޕެނަލްޓީ ޖެހުންކަހަލަ މެޗެއްކަން. ހަމަ ދަނޑީގައި ޖެހިފަ ބޭރަށް މިނުކުތީ. އެހެންވީމަ އަޅުގަނޑު ގަބޫލު ކުރަނީ ދިވެހި ވޮލީބޯޅައިގައި އަންހެންވެސް ފިރިހެންވެސް ކިޔާނެކަމެއްނެތޭ, އަޅުގަނޑުމެންގެ ދަރިން މިތިބީ އެހެން ލެވެލްއަކަށް ގޮސްފައޭ، މިހާރު އަޅުގަނޑުމެން މިތިބީ ގާތްގަނޑަކަށް ގޯލްޑްގައި އަތްލެވޭ ހިސާބުގައި." ރަނޭޝް ވިދާޅުވި އެވެ.
ރާއްޖޭގައި ރޭ ނިމިގެން ދިޔަ ފޯ ނޭޝަން އިންޓަނޭޝަނަލް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިޥިޝަނުގެ ފައިނަލުގައި ރާއްޖެ އާއި ސިންގަޕޫރު ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: ނިޝާން އަލީ | މިހާރު
ހަމަ އެއާ އެކު ފައިނަލް މެޗުގައި ރާއްޖޭގެ އަންހެން ޓީމަށް ލިބުނު ސަޕޯޓަކީ ރާއްޖޭގެ ކުރީގެ ސެޓަރު ރަނޭޝްގެ ވޮލީބޯޅަ ހަޔާތުގައި ވެސް އެންމެ ވަރުގަދަ ސަޕޯޓެއް ގައުމީ ޓީމަކަށް ލިބުނު މެޗު ކަން ފާހަގަ ކޮށްފައި ވެއެވެ.
މުބާރާތުގެ އަންހެން ބައިގެ ޑްރީމް ޓީމުން ރާއްޖޭގެ ހަތަރު ކުޅުންތެރިއެއް ޖާގަ ހޯދި އެވެ. އެއީ ކެޕްޓަން ހައްވާ ރާޝިދާ (ހައްވަ)، އާއިޝަތު މާޖިދާ، އާމިނަތު ޝަހާ ޝާމިން އަދި ސެޓަރު ފާތިމަތު ޖޫޒަން ޒަރީރެވެ. ފިރިހެން ބައިން ޑްރީމް ޓީމުގައި ހިމެނުނީ އަލީ ހުޒާމް (ހުޒާންޓެ) އާއި ހަސަން ނިލާމް (ޕާޓޭ) އެވެ.
ފިރިހެން ޓީމުގެ ކޯޗު ބްރެޒިލްގެ ސާޖިއޯ ވެލޯސޯ ބުނީ މަތީ ލެވެލްގެ ޓީމުތަކާ ދެކޮޅަށް ކުޅެލަން ލިބުނު މި މުބާރާތަކީ ދިވެހި ކުޅުންތެރިންނަށް ޕްރެޝަރުގައި ކުޅެ ގިނަ ތަޖުރިބާތަކެއް ހޯދައިދިން މުބާރާތެއް ކަމަށެވެ. އަދި ދިވެހި ޓީމުގެ ސާވިސްތައް ރަނގަޅު ކޮށްލަނިކޮށް އެންމެ މަތީ ޓީމުތަކާ އެއްހަމައަކަށް ޖެހިލެވޭނެކަމުގެ ފުރިހަމަ އިތުބާރު ޓީމުގެ ކުޅުންތެރިންނަށް އެބަ އޮތް ކަމަށް ވެސް އޭނާ ބުންޏެވެ.
ތިން މެޗުން ލަންކާއިން ރާއްޖެއަށް ސެޓެއް ވެސް ނުދިން
ދެވަނަ މެޗުގައި ވެސް ރާއްޖެއަށް ސެޓެއް ނުލިބުނު
އަންހެން އަދި ފިރިހެން ވޮލީޓީމުވެސް ލަންކާ އަތުން ބަލި
ގައުމީ ވޮލީޓީމުތައް ލަންކާއާ ދެކޮޅަށް މެޗުތަކެއް ކުޅެނީ
އަންހެން ވޮލީބޯޅަ ޓީމަށް ރިހި މެޑަލް
ޒުވާން ޓީމަށް މޮޅެއް ނުލިބުނު، ސީނިއާ ޓީމު ފުރައިފި
ކާވާ ޔޫތު މުބާރާތުގެ ފެށުން ރާއްޖެއަށް ނާކާމިޔާބު
އަންހެން ވޮލީ ޓީމަށް ނާކާމިޔާބު، ކޯޗު ބުނީ ތަޖުރިބާއެއް ކަމަށް
ފަހު މެޗު: ލަންކާ މާފަސޭހަކޮށް މޮޅު ވެއްޖެ
ދެވަނަ ސެޓުގައި ދެއްކި ހިތްވަރު ހިފަހައްޓާ ނުލެވުނު