Roadha Mihaaru
އޭޑީކޭއަށް 144 މިލިއަން ނުދީ އޮތް މައްސަލަ ސިއްރު

އޭޑީކޭ އަށް 144 މިލިއަން ނުދޭ މައްސަލަ އާސަންދައިން އެދިގެން ސިއްރުކޮށްފި

06 އޯގަސްޓް 2024

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމުނުއިރު، ސަރުކާރުން އޭޑީކޭ ހޮސްޕިޓަލަށް ދޭން ޖެހޭ 144 މިލިއަން ރުފިޔާ ނުދީ އޮތް މައްސަލާގައި އާސަންދަ ކުންފުނިން އެދިގެން މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން މިއަދު ސިއްރު ކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމުނުއިރު، ސަރުކާރުން އޭޑީކޭ ހޮސްޕިޓަލަށް ދޭން ޖެހޭ 144 މިލިއަން ރުފިޔާ ނުދީ އޮތް މައްސަލާގައި އާސަންދަ ކުންފުނިން އެދިގެން މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން މިއަދު ސިއްރު ކޮށްފި އެވެ.

ރާއްޖޭގައި ހިންގާ އެންމެ ބޮޑު އަމިއްލަ ހޮސްޕިޓަލުން މާލިއްޔަތު ކޮމިޓީއަށް ސިޓީ ފޮނުވީ އެ ހޮސްޕިޓަލުން ދީފައިވާ ހިދުމަތްތަކާއި އާސަންދަ އާއި އެންސްޕާ އަށް ބިލު ފޮނުވައިގެން އެތައް މަހެއް ވީއިރު ވެސް ފައިސާ ނުދީގެންނެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް އޭޑީކޭއަށް 144،376،112ރ. ނުދީ އެބަ އޮތެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު މާލިއްޔަތު ކޮމިޓީ އަށް އެ ހޮސްޕިޓަލުން ސިޓީ ފޮނުވި ނުދައްކާ އޮތް ފައިސާގެ ތެރެއިން ތިން މަހަށް ވުރެ ގިނަ ދުވަސްވެފައިވާ 78.5 މިލިއަން ރުފިޔާ ހޯދަން މަޖިލީހުގެ އެހީތެރިކަމެއް ދިނުމަށް އެދި އެވެ.