Roadha Mihaaru
އެލްޖީއޭގެ ސީއީއޯ ކަމަށް ނިމާލް އައްޔަންކުރައްވައިފި

އެލްޖީއޭގެ ސީއީއޯ ކަމަށް ނިމާލް އައްޔަންކުރައްވައިފި

05 އޯގަސްޓް 2024

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯގެ މަގާމަށް ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމާއި ފެނަކައިގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި މުހައްމަދު ނިމާލް މިއަދު އައްޔަން ކުރައްވައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯގެ މަގާމަށް ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމާއި ފެނަކައިގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި މުހައްމަދު ނިމާލް މިއަދު އައްޔަން ކުރައްވައިފި އެވެ.

ކ. އަތޮޅު ކައުންސިލްގެ ރައީސްކަން ވެސް އެންމެ ފަހުން ކުރެއްވި ނިމާލް، އެލްޖީއޭގެ ސީއީއޯގެ މަގާމަށް އައްޔަން ކުރެއްވީ އެ މަގާމުގައި އިއްޔެގެ ނިޔަލަށް ހުންނެވި ޑރ. މަރިޔަމް ޒުލްފާ ވަކި ކުރެއްވުމަށް ފަހު އެވެ. ޒުލްފާ ބަދަލުކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށެވެ.

އެލްޖީއޭގެ ސީއީއޯގެ މަގާމުގެ ލިޔުން ނިމާލްއާ ހަވާލު ކޮށްދެއްވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި 2012 ގައި ފެނަކަ ކުންފުނި އުފެއްދުމަށް ފަހު، އެތަނުގެ އެމްޑީގެ މަގާމަށް އެންމެ ފުރަތަމަ އައްޔަން ކުރެއްވީ ނިމާލެވެ. އެކަމަކު، މަގާމުގެ ނުފޫޒު ބޭނުންކުރި ކަމަށް ބުނެ ހުށަހެޅި މައްސަލައަކާ ގުޅިގެން ޖުލައި 2013 ގައި އެ މަގާމުން ވަކިކުރި އެވެ. އެކަމަކު، އޭގެ ފަހުން ޔާމީންގެ ވެރިކަމުގައި ވެސް ފެނަކައިގެ އެމްޑީކަން ދެއްވީ ނިމާލަށެވެ.

ޔާމީންގެ ވެރިކަމުގައި ފެނަކައިން ވަކިކޮށް، ދެން ނިމާލް ހަމަޖެއްސީ އޭރު ހިންގި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) ގެ މެނޭޖިން ޑިރެކްޓަރަކަށެވެ. އެ މަގާމުން ދުވަސްކޮޅަކަށް ފަހު އިސްތިއުފާ ދެއްވުމުން ދެއްވީ ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމެވެ. އޭގެ ފަހުން، ސްރީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ އިސް މަގާމެއް ވެސް ފުރުއްވި އެވެ.