31 ޖުލައި 2024
ކުޅުން ހުއްޓާލައިގެން ހުރި ޖަޕާނުގެ ކުރީގެ ތަރި ކެއިސޫކޭ ހޮންޑާ، ބޫޓާންގެ ޗެމްޕިއަން، ޕާރޯ އެފްސީ އަށް އެއް މެޗު ކުޅެދޭން އެއްބަސްވެއްޖެ އެވެ.
ކުޅުން ހުއްޓާލައިގެން ހުރި ޖަޕާނުގެ ކުރީގެ ތަރި ކެއިސޫކޭ ހޮންޑާ، ބޫޓާންގެ ޗެމްޕިއަން، ޕާރޯ އެފްސީ އަށް އެއް މެޗު ކުޅެދޭން އެއްބަސްވެއްޖެ އެވެ.
އުމުރުން 38 އަހަރުގެ ހޮންޑާ، ކުޅުން ހުއްޓާލީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހު ލިތުއޭނިއާ ލީގުގައި ކުޅެމުންނެވެ. އޭގެ ކުރިން 2018 ވަނަ އަހަރު އޮސްޓްރޭލިއާގެ މެލްބަން ވިކްޓަރީ އަށް ކުޅެމުން އޭނާ ވަނީ ކެމްބޯޑިއާގެ ގައުމީ ޓީމުގެ ހެޑް ކޯޗުކަމާ ހަވާލުވެފަ އެވެ. ކެމްބޯޑިއާގެ ކޯޗުކަމުން އޭނާ ވަކިވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ.
ޖަޕާންގެ ގައުމީ ޓީމަށް 98 މެޗު ކުޅެދީ 37 ގޯލު ޖަހައިދިން މިޑްފީލްޑަރު ވަނީ ތިން ވޯލްޑް ކަޕްގައި ކުޅެފަ އެވެ. މީގެ އިތުރުން އޭނާ ވަނީ ރަޝިއާ ލީގުގެ ސީއެސްކޭއޭ މޮސްކޯ އާއި އިޓަލީގެ އޭސީ މިލާނަށް ވެސް ގިނަ ދުވަސްތަކެއް ވަންދެން ކުޅެފަ އެވެ.
ބޫޓާން ވެގެން ދާނީ ހޮންޑާ ކުލަބް ފުޓްބޯޅަ ކުޅޭ 10 ވަނަ ގައުމަށެވެ. ޕާރޯ އެފްސީއާ އެކު އޭނާ އެއް މަހަށް ކޮންތްރެކްޓް ހެދީ، އަންނަ މަހު އޭއެފްސީ ޗެލެންޖް ލީގު ކޮލިފައިންގެ ޕްލޭއޮފްގައި ނޭޕާލްގެ ޗެމްޕިއަން ޗާޗް ބޯއީސް ޔުނައިޓެޑާ ދެކޮޅަށް ކުޅޭށެވެ.
ޕަރޯ އެފްސީ ވަނީ މީގެ ކުރިން، ދެކުނު އޭޝިއާގެ ކްލަބްތަކަށް ސްލޮޓް ލިބޭ އޭޝިއާގެ ދެ ވަނަ ފަންތީގެ ކްލަބް ފުޓްބޯޅަ މުބާރާތް އޭއެފްސީ ކަޕްގެ ޕްރިލިމިނަރީގައި ތިން ފަހަރު މަތިން ވާދަ ކޮށްފަ އެވެ. ނަމަވެސް ގުރޫޕް ސްޓޭޖަށް އަދި ކޮލިފައި ވެފައެއް ނުވެ އެވެ. އޭގެ ތެރޭން 2022 ވަނަ އަހަރު އެޓީމު ބަލިވީ ރާއްޖޭގެ ކްލަބް ވެލެންސިއާ އަތުންނެވެ.
އޭއެފްސީ ކަޕް، އޭއެފްސީން ދެން ބާއްވަނީ، އޭއެފްސީ ޗެމްޕިއަންސް ލީގު 2 ގެ ނަމުގަ އެވެ. އަދި ޗެމްޕިއަންސް ލީގުގެ ނަން ވަނީ އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓް އަށް ބަދަލު ކޮށްފަ އެވެ.
އޮގަސްޓް 13 ވަނަ ދުވަހު އޮންނަ އޭޝިއާގެ ތިންވަނަ ފަންތީގެ ފުޓްބޯޅަ މުބާރާތުގެ ޕްލޭއޮފް މެޗަށް ހޮންޑާ ތައްޔާރުވާ އިރު، އޭނާ ވަނީ ސީއެސްކޭއޭ މޮސްކޯއާ އެކު ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުގައި ކުޅެފަ އެވެ. ހަމަ އެއާ އެކު މެލްބަން ވިކްޓަރީގައި އޭނާ ވަނީ އޭޝިއާގެ ޗެމްޕިއަންސް ލީގު ވެސް ކުޅެފަ އެވެ.
ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް ކްލަބަށް ވަނީ ޗެލެންޖް ލީގުގެ ގުރޫޕް ސްޓޭޖުން ޖާގަ ލިބިފަ އެވެ.
ހޮންޑާގެ އެހީއާއެކު ބޫޓާންގެ ޗެމްޕިއަނުން ގުރޫޕްސްޓޭޖަށް
ރާއްޖެ، ކުރީގެ ކޯޗު ގެލާގެ ތަޖިކިސްތާނާ ދެކޮޅަށް
ޕޮއިންޓެއްވެސް ނުލިބި މާޒިޔާއަށް ޗެލެންޖް ލީގް ނިމިއްޖެ
ރާއްޖެއަށް އެހީވާނެކަމުގެ ޔަގީންކަން އިންފަންޓީނޯ ދީފި
ޗެލެންޖް ލީގުގެ ގްރޫޕް ސްޓޭޖުން މާޒިޔާ ކަޓައިފި
މާޒިޔާ ލީޑު ނަގާފައިވަނިކޮށް ތުރުކުމެނިސްތާން ޓީމު ފަހަތުން އަރައި މޮޅުވެއްޖެ
އޭއެފްސީ ޗެމްޕިއަންސް ލީގުން މޯހަން ބަގާން ބޭރުކޮށްފި
ރާއްޖޭގެ ޒުވާން ޓީމަށް ކޮލިފައިންގައި ނާކާމިޔާބު
ރާއްޖެ އަތުން އިންޑޮނޭޝީއާއަށް މޮޅެއް
ކޮމިޓީއަށް އެހީވާން ފީފާގެ ޓީމެއް ރާއްޖެ އަންނަނީ