22 ޖުލައި 2024
ނަޕޯލީގެ ފޯވާޑް ވިކްޓަ އޮސިމެން ގެންދިއުމުގެ މަސައްކަތް ޕީއެސްޖީން ކާމިޔާބުކުރުމާ ގާތަށް ގޮސްފައިވާއިރު، ބަދަލުގައި ނަޕޯލީން ގެންދަން ބޭނުންވަނީ ޗެލްސީގެ ފޯވާޑް ރޮމެލޫ ލުކާކޫ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ނަޕޯލީގެ ފޯވާޑް ވިކްޓަ އޮސިމެން ގެންދިއުމުގެ މަސައްކަތް ޕީއެސްޖީން ކާމިޔާބުކުރުމާ ގާތަށް ގޮސްފައިވާއިރު، ބަދަލުގައި ނަޕޯލީން ގެންދަން ބޭނުންވަނީ ޗެލްސީގެ ފޯވާޑް ރޮމެލޫ ލުކާކޫ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ނަޕޯލީ އަށް 1990 ގެ ފަހުން ފުރަތަމަ ފަހަރަށް އިޓާލިއަން ލީގު ކާމިޔާބުކޮށްދޭން އެހީވި ނައިޖީރިއާ ފޯވާޑް އޮސިމެން އަކީ މިދިޔަ ތިން އަހަރު އެ ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ އެވެ.
ޕީއެސްޖީން އޭނާ ގެންދަން ބޭނުންވަނީ އެ ޓީމު ދޫކޮށް ރެއާލް މެޑްރިޑަށް ބަދަލުވެފައިވާ ކީލިއަން އެމްބާޕޭގެ ޖާގަ ފުރާށެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ޕީއެސްޖީން އަންނަނީ ނަޕޯލީގެ ރައީސް އޯރެލިއޯ ޑި ލޯރެންޓިސް އާއި އޮސިމެންގެ އޭޖެންޓާ އެކު ކާމިޔާބު ވާހަކަތަކެއް ބާއްވައިފަ އެވެ. ނަޕޯލީން ވަނީ އޮސިމެންގެ ރިލީޒް އަގު ކަމަށްވާ 130 މިލިއަން ޔޫރޯ އިން ޑިސްކައުންޓެއް ދޭން އެއްބަސްވެފަ އެވެ. އެކަމަކު ޕީއެސްޖީން ބޭނުންވާ ވަރަށް، އެ އަގު 100 މިލިއަން ޔޫރޯ އަށް ދަށްކުރަން ނަޕޯލީން ބޭނުމެއް ނުވެ އެވެ.
އިޓަލީގެ މީޑިއާތަކުން ބުނާ ގޮތުގައި ލަސްވެގެން ހަފުތާއެއްގެ ތެރޭ މި ޑީލް ނިންމާލެވޭނެ އެވެ. ނަޕޯލީން އެ ހިސާބުން މަސައްކަތްކުރާނީ މިދިޔަ ސީޒަނުގައި ލޯން އުސޫލުން ރޯމާ އަށް ކުޅުނު ލުކާކޫ ގެންދާށެވެ.
ބެލްޖިއަމްގެ ލުކާކޫ އަކީ ނަޕޯލީގެ އާ ކޯޗު އެންޓޯނިއޯ ކޮންޓޭގެ އިރުޝާދުގެ ދަށުން ޗެލްސީ އާއި އިންޓަ މިލާނުގައި މޮޅަށް ކުޅެފައިވާ ކުޅުންތެރިއެކެވެ. އެހެންވެ ލުކާކޫ ވެސް ނަޕޯލީ އަށް ބަދަލުވާން ބޭނުންވެ އެވެ. އޭނާ އަންނަނީ ފިޓްނަސް ރަނގަޅުކުރުމަށް އަމިއްލަ އަށް ވެސް ތަމްރީން ހަދަމުންނެވެ.
ލުކާކޫ ލޯން އުސޫލުން އެެއްވެސް ކްލަބަށް ދޫކުރަން ޗެލްސީން ބޭނުމެއް ނުވެ އެވެ. ޗެލްސީން އޭނާ ވިއްކާލަން ކިޔާ އަގަކީ 25 މިލިއަން ޔޫރޯ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ލުކާކޫ ވަނީ ނަޕޯލީއާ އެކު، އަހަރަކު 10 މިލިއަން ޔޫރޯ ލިބޭ މުސާރައެއްގައި ތިން އަހަރުގެ ކޮންޓްރެކްޓެއް ހަދަން އެއްބަސްވެފަ އެވެ.
ޔޫކްރޭން ރޮއްވާލުމަށްފަހު އަނެއް ތިން ޓީމުން އުފާކުރަނީ
"ވާހަކައެއް ނުދައްކާނަން، ޖަވާބު ދޭނީ ދަނޑުމަތިން"
ލުކާކޫގެ ހެޓްރިކުން ސްވިޑަން އަތުން ބެލްޖިއަމް މޮޅުވެއްޖެ
މިލާން ޑާބީގައި ލުކާކޫ އަށް ނުކުޅެވޭނެ: އިންޓަ
އަލުން އިންޓަ އަށް ބަދަލުވެ، ލުކާކޫ އުފަލުން
ލުކާކޫ އެނބުރި އިންޓަ އަށް ފުރަން ތައްޔާރުވަނީ
ފާޑު ކިޔުންތަކުން ލުކާކޫ ހިމާޔަތް ކުރަންޖެހޭ: ޓުޗެލް
އިންޓަވިއުގެ މައްސަލައިގައި ލުކާކޫ މާފަށް އެދިއްޖެ
ލުކާކޫގެ ވާހަކަތަކާ ބެހޭގޮތުން އޭނާއާ މަޝްވަރާ ކުރާނަން
ލުކާކޫ ލައްވައި ކުޅުވީ މެޑިކަލް ޓީމުގެ ލަފަޔާ ދެކޮޅަށް