Roadha Mihaaru
ކައުންސިލުތަކުގެ ބައި އިލެކްޝަން މާދަމާ ބާއްވަނީ

ކައުންސިލުތަކުގެ ހަ ދާއިރާއެއްގެ ބައި އިލެކްޝަން މާދަމާ ބާއްވަނީ

19 ޖުލައި 2024

ލޯކަލް ކައުންސިލުތަކުގެ ހަ ދާއިރާއެއްގެ ބައި އިލެކްޝަން މާދަމާ ބާއްވަން ތައްޔާރު ވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ލޯކަލް ކައުންސިލުތަކުގެ ހަ ދާއިރާއެއްގެ ބައި އިލެކްޝަން މާދަމާ ބާއްވަން ތައްޔާރު ވެއްޖެ އެވެ.

މާދަމާ ބޭއްވުމަށް ހަމަޖައްސާފައި ވަނީ؛

- ފ. ބިލެތްދޫ ކައުންސިލުގެ ރައީސް އިންތިހާބުކުރުމަށް ބައި އިލެކްޝަން.

- ކުޅުދުއްފުށި ސިޓީ ކައުންސިލުގެ ކުޅުދުއްފުށި އުތުރު ދާއިރާގެ ގޮނޑީގެ ބައި އިލެކްޝަން.

- މާލެ ސިޓީ ކައުންސިލުގެ ހުޅުމާލެ ދާއިރާގެ ގޮނޑީގެ ބައި އިލެކްޝަން.

- މާލެ ސިޓީ ކައުންސިލުގެ މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑީގެ ބައި އިލެކްޝަން.

- މާލެ ސިޓީ ކައުންސިލުގެ ހެންވޭރު ހުޅަނގު ދާއިރާގެ ގޮނޑީގެ ބައި އިލެކްޝަން.

- ރ. ރަސްމާދޫ ކައުންސިލްގެ އަންހެން މެންބަރުގެ ގޮނޑީގެ ބައި އިލެކްޝަން.

އިލެކްޝަން ކޮމިޝަނުން ބުނީ މި ބައި އިލެކްޝަންތަކުގައި ވޯޓުލުމަށްޓަކައި މާލެ އާއި ރަށްރަށުގައި ޖުމްލަ 25 ވޯޓު ފޮށި ބަހައްޓާނެ ކަމަށެވެ.

މާލޭގައި ގިނަ ފޮށިތައް ބަހައްޓާފައި ހެންވޭރު ދަނޑުގައި ޖަހާފައި ޓެންޓުތަކުޔާއި ޖަމާލުއްދީން ސްކޫލްގަ އެވެ. އަދި ހުޅުމާލޭގައި ވޯޓުފޮށިތައް ބަހައްޓާފައި ވަނީ ރެހެންދި ސްކޫލާއި ކާމިލް ދީދީ ޕްރީސްކޫލްގަ އެވެ.

މި ބައި އިލެކްޝަންތަކުގެ ވޯޓުލުން ކުރިއަށް ގެންދާނީ މާދަމާ ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 އަށެވެ.