ރާއްޖޭގައި ލާމަރުކަޒީ ނިޒާމަށް އަމަލުކުރަން ފެށި ފަހުން ފުރަތަމަ ފަހަރަށް އަތޮޅު ކައުންސިލެއްގެ ރައީސަކަށް އަންހެން ބޭފުޅަކު މިއަދު އިންތިހާބުކޮށްފި އެވެ.
10 ފެބުރުއަރީ 2024
ރާއްޖޭގައި ލާމަރުކަޒީ ނިޒާމަށް އަމަލުކުރަން ފެށި ފަހުން ފުރަތަމަ ފަހަރަށް އަތޮޅު ކައުންސިލެއްގެ ރައީސަކަށް އަންހެން ބޭފުޅަކު މިއަދު އިންތިހާބުކޮށްފި އެވެ.
ފ. އަތޮޅު ކައުންސިލްގެ ރައީސަކަށް މިއަދު އިންތިހާބުކުރީ ފ. ނިލަންދޫ، ފޮނިލުނބޯގެ، ހައްވާ އަބްދުލް އަޒީޒެވެ. އޭނާ ވާދަކުރެއްވީ ސަރުކާރުގެ ފަރާތުން ޕީއެންސީގެ ޓިކެޓްގަ އެވެ.
މިއީ އަތޮޅު ކައުންސިލެއްގެ ރައީސަކަށް އަންހެން ބޭފުޅަކު އިންތިހާބުވި ފުރަތަމަ ފަހަރުކަން، ލޯކަލް ގަވަނެންސް މިނިސްޓަރު އާދަމް ޝަރީފް ކަށަވަރު ކޮށްދެއްވި އެވެ.
ހައްވަ އަކީ ފ. އަތޮޅު ކައުންސިލްގެ އިދާރީ އެކި މަސައްކަތްތަކުގެ ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވި ބޭފުޅެކެވެ. ފ. އަތޮޅު ކައުންސިލް އުފެއްދުމުގެ ވެސް ކުރިން އެ އަތޮޅު އޮފީހުގައި 2000 ވަނަ އަހަރުން ފެށިގެން އޭނާ އައީ މަސައްކަތް ކުރައްވަމުންނެވެ.
ފ. އަތޮޅު ކައުންސިލްގެ ރައީސަކަށް އިންތިހާބުކުރި ހައްވާ އަބްދުލް އަޒީޒް.
ފ. އަތޮޅު ކައުންސިލްގެ ރައީސްގެ ހުސްވެފައިވާ ގޮނޑިއަށް ބޭފުޅަކު އިންތިހާބުކުރުމަށް މިއަދު ބޭއްވި ބައި އިލެކްޝަންގައި ހައްވައާ ވާދަކުރެއްވީ، އެމްޑީޕީގެ ޓިކެޓުގައި ނިލަންދޫ، އަޒުމް، އިބްރާހިމް ހަލީލެވެ.
މިއަދުގެ ބައި އިލެކްޝަންގައި ހައްވަ އަށް ލިބުނީ 941 ވޯޓެވެ. އިބްރާހިމް ހަލީލަށް ހޯއްދެވުނީ 888 ވޯޓެވެ.
ފ. އަތޮޅު ކައުންސިލްގެ އިތުރުން މިއަދު ވަނީ ވ. ފެލިދޫ ކައުންސިލްގެ ރައީސާއި ރ. ރަސްގަތީމުގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި އިލެކްޝަންގެ ވޯޓުލުން ވެސް ބާއްވައިފަ އެވެ.
ފެލިދޫ ކައުންސިލް ރައީސްގެ ގޮނޑި ވެސް ކާމިޔާބުކުރީ ޕީއެންސީގެ ކެންޑިޑޭޓެވެ. ރަސްގެތީމުގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑި ލިބުނީ އެމްޑީޕީގެ ކެންޑިޑޭޓަށެވެ.
ރާއްޖޭން ބޭރުގައި ވޯޓު ފޮށި ބަހައްޓަން ނިންމައިފި
ވޯޓު ލާ މީހުންގެ ލިސްޓު ގެޒެޓް ކޮށްފި
އިންތިހާބަށް ތައްޔާރުވާން މައުމޫން އެދިވަޑައިގެންފި
މިއަހަރުގެ ފުރަތަމަ ބައި އިލެކްޝަނުގެ ވޯޓުލުން ފަށައިފި
ކައުންސިލްތަކުގެ ހަރަދު ކުޑަކުރަން ރައީސްގެ އާ ހިޔާލެއް
ފ. އަތޮޅު ކައުންސިލުން 20 މުވައްޒަފަކު ލަންކާއަށް
ބައި އިލެކްޝަންތައް މަދުކުރާ އިސްލާހު ކޮމިޓީއަށް
ފަސް ގޮނޑިއާ އެކު، ޕީއެންސީ އަށް ބޮޑު ކާމިޔާބީއެއް!
"3،000ގެ އާބާދީއަކަށް ތިން ކައުންސިލަރުން ފުދޭ"
ކައުންސިލުތަކުގެ ބައި އިލެކްޝަން މާދަމާ ބާއްވަނީ