19 ޖުލައި 2024
ރޭ މެންދަމުގެ ވަގުތެއްގައި އިޒްރޭލުގެ ތެލް އަވީވްގެ އިމާރާތަކަށް ވައިގެ ތެރެއިން އަމާޒުވި ހަމަލާއެއްގައި އެކަމަކު މަރުވެ ހަތަރު މީހަކު ޒަހަމްވެފައި ވަނިކޮށް އެ ހަމަލާގެ ޒިންމާ ޔަމަންގެ ހޫތީން އުފުލައިފި އެވެ.
ރޭ މެންދަމުގެ ވަގުތެއްގައި އިޒްރޭލުގެ ތެލް އަވީވްގެ އިމާރާތަކަށް ވައިގެ ތެރެއިން އަމާޒުވި ހަމަލާއެއްގައި އެކަމަކު މަރުވެ ހަތަރު މީހަކު ޒަހަމްވެފައި ވަނިކޮށް އެ ހަމަލާގެ ޒިންމާ ޔަމަންގެ ހޫތީން އުފުލައިފި އެވެ.
އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ހަމަލާ ދެމުން ގެންދާތާ ނުވަ މަސް ވެފައި ވަނިކޮށް މިއީ އިޒްރޭލަށް ހާސްކަން އެންމެ ބޮޑުވި ހަމަލާއެއްގެ ގޮތުގައި ވަނީ ބެލެވިފަ އެވެ.
ހޫތީން ހަމަލާގެ ޒިންމާ އުފުލުމުގެ ކުރިން އިޒްރޭލުން ވަނީ ހަމަލާ އައީ މަތިން ކަމަށާއި ވައިގެ ދިފާއީ ނިޒާމު އޭގެ ސަބަބުން އެލާޓަށް ވެސް ނާންނަ ކަމަށެވެ. އެކަމަކު މިހާރު ވާނީ ފިޔަވަޅުތައް ވަރުގަދަކޮށްފައި ކަމަށް ބުންޏެވެ.
ޣައްޒާ އަށް އިޒްރޭލުން ހަމަލާދޭން ފެށުމާ އެކު ފަލަސްތީނަށް ތާއީދު ކުރާކަން ހާމަކުރުމުގެ ގޮތުން ރަތް ކަނޑުގައި ހޫތީން އުޅަނދުތަކަށް ހަމަލާ ދެމުން ގެންދާތާ އެތައް މަހެއް ވެފައި ވާއިރު ހޫތީން ބުނީ "ހިފާފައިވާ ޖައްފާ [ތެލް އަވީވް] އަށް ހޫތީންގެ "ޔޫއޭވީ" ފޯސް އިން ހަމަލާ ދީފައިވާ ކަމަށެވެ.
ޔަމަންގެ ހޫތީން އިޒްރޭލަށް ދިން ހަމަލާ އަމާޒުވި ސަރަހައްދު ބަންދުކޮށްފައި. -- ފޮޓޯ: އޭއެފްޕީ
ހަމަލާ އަމާޒުވި އިމާރާތް ހުންނަނީ އިޒްރޭލުގައި ހުންނަ އެމެރިކާ އެމްބަސީގެ އެނެކްސްއަކާ ކައިރީގަ އެވެ. ހަމަލާގައި ހަލާކުވި އިމާރާތުގެ ތެރޭގައި އުމުރުން ފަންސާހަކަށް އަހަރުގެ ފިރިހެނަކު، ޑްރޯން ހަމަލާގެ ޒަހަމްތަކާ އެކު މަރުވެފައި އޮއްވައި ވަނީ ފެނިފަ އެވެ.
އިޒްރޭލުން ބުނީ ހަމަލާގައި ބޭނުންކޮށްފައިވަނީ ވަރަށް ބޮޑު ޑްރޯނެއް ކަމަށެވެ. އަދި މި ހަމަލާ އިމާރާތަށް އަމާޒުވީ "ހެދުނު ގޯހަކުން" ކަމަށް ވެސް ބުންޏެވެ.
"ބޭނުންކޮށްފައިވަނީ ވަރަށް ދުރަށް ދަތުރުކުރެވޭ ވަރަށް ބޮޑު ޑްރޯންއެއް،" އިޒްރޭލުގެ އޮފިޝަލު މީޑިއާތަކަށް ވިދާޅުވެފައިވެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ހޫތީންނަކީ މިފަދަ ހަމަލާއެއް ދިނުމުގެ ގާބިލްކަން ހުރި ބައެއް ކަމަށެވެ. އެކަމަކު އޭނާ ވިދާޅުވީ މި ހަމަލާގައި ގެއްލުންވީ ވައިގެ ދިފާއީ ނިޒާމު އެކްޓިވޭޓްކުރުމުގައި ހެދުނު ގޯހަކުން ކަމަށެވެ.
ހޫތީން މިއަދު ވެސް ރަތްކަނޑުގައި ވަނީ ސިންގަޕޫރުގެ ބޯޓަށް ހަމަލާ ދީފަ އެވެ. މި ހަމަލާ ދީފައި ވަނީ ޔަމަންގެ އަދަންގެ ބަނދަރުގެ އިރު ދެކުނުން 80 ވަރަކަށް މޭލު ބޭރުންނެވެ.
އިޒްރޭލުގެ މެދަށް އަނެއްކާވެސް ހޫތީންގެ މިސައިލެއް
ރަތްކަނޑުގައި ހޫތީންގެ އާ ހަމަލާތަކެއް
އިޒްރޭލާއި ޔަމަން ސުލްހަޔަށް ވިސްނަން ސައޫދީން އެދެފި
ރަތްކަނޑުގައި އިއްޔެ ވެސް ބޯޓަކަށް ހަމަލާދީފި
ހޫތީން ހަމަލާދިން ކާގޯ ބޯޓަކުން ފަޅުވެރިން ފައިބައިފި
ހޫތީން ތިން ބޯޓަކަށް ހަމަލާ ދީފި؛ ދެ ބޯޓެއްގައި ރޯވި
ބޯޓުތަކަކަށް އަނެއްކާވެސް ހަމަލާ ދީފިން: ހޫތީން
ހޫތީން އަލުން އެމެރިކާގެ ޓެރަރިސްޓް ލިސްޓަށް
އިޒްރޭލަށް ދިޔަ ކާގޯ ބޯޓަކަށް ހޫތީން ހަމަލާދީފި
ރަތްކަނޑުގައި ހޫތީން ބޯޓަކަށް މިސައިލް ހަމަލާއެއް ދީފި