17 ޖުލައި 2024
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފާހަގަކުރާ "އެސްއެމްއީ ޑޭ"އަށް ހާއްސަކޮށް މޯލްޑިވްސް ޕޯސްޓުން ހާއްސަ ފޯރަމެއް ބާއްވަން ނިންމައިފި އެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފާހަގަކުރާ "އެސްއެމްއީ ޑޭ"އަށް ހާއްސަކޮށް މޯލްޑިވްސް ޕޯސްޓުން ހާއްސަ ފޯރަމެއް ބާއްވަން ނިންމައިފި އެވެ.
"އެސްއެމްއީ ޑޭ ފޯރަމް ފޯ އެސްއެމްއީ"ގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ. މި މަހުގެ 25 ވަނަ ދުވަހު ބާއްވަން ރާވާފައިވާ މި ފޯރަމްގައި ރަޖިސްޓްރީވެވޭނީ މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރާ ވިޔަފާރިވެރިންނާއި އަލަށް ވިޔަފާރިއެއް ފަށަން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށް ގެންދާ މި ފޯރަމްގައި ބައިވެރިވުމަށް ފުރިހަމަ ނަމާއި ކޮންޓެކްޓް މައުލޫމާތާ އެކު 7632513 އަށް މެސެޖުކޮށްގެން ރަޖިސްޓްރީ ކުރެވޭނެ އެވެ.
މި ފޯރަމްގައި މޯލްޑިވްސް ޕޯސްޓްގެ ފަރާތުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރުވަން ކޮށްދެވެން ހުރި ކަންކަން ފާހަގަކޮށް އެ ހިދުމަތްތައް ހޯދުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ޕޯސްޓުން ބުންޏެވެ. އަދި މި ފޯރަމުގައި އީޓުކުރި ލޯކަލް ޕްލެޓްފޯމްގެ މައުލޫމާތުތަކާއި އެ ޕްލެޓްފޯމުގެ އެހީގައި ވިޔާފާރިތައް ކުރިއަރުވަން ހުރި ފުރުސަތުތަކުގެ މައުލޫމާތުތައް ވެސް ހިއްސާކުރާނެ އެވެ.
މި ފޯރަމުގެ ބައިވެރިންގެ ހުރި ސުވާލުތައް ކުރުމުގެ ފުރުސަތުތަކާއި ހިޔާލައި ޝުއޫރު ފާޅުކުރުމަށް ވެސް ފުރުސަތު ދޭނެ އެވެ. މިއީ، މޯލްޑިވްސް ޕޯސްޓުގެ ސީއެސްއާރު ޕްރޮގްރާމްގެ ދަށުން ބާއްވާ ފޯރަމެކެވެ.
އިގުތިސާދީ ހެޔޮބަދަލު ވަޖީހު ދެއްކެވީ ގްރާފުން
އީއެމްއެސްއިން އީދަށް ޕްރޮމޯޝަނެއް
އެމްޕީއެލްގެ ޑިވިޑެންޑްގެ ގޮތުގައި 67.5 މިލިއަން
އެމްޕީއެލްގެ ލީޑް މެނޭޖަރަކަށް ފަސްޓް ނޭޝަނަލް
ޕޯސްޓް ލިމިޓެޑްގެ އެމްޑީއަކަށް އާދަމް މުހައްމަދު
އެމެރިކާގެ ސަމާ ސޭލްއާ އެކު އީ-ޓުކުރިން ޑިސްކައުންޓް
އެމްޕީއެލްއިން 13.2 މިލިއަން ރުފިޔާ ހޯދަން ކޯޓަށް
އީ-ޓުކުރިން ދިވެހި އުފެއްދުންތަކަށް ހާއްސަ ހިދުމަތެއް
ޕޯސްޓް އޮފީހުގެ އީ-ޓުކުރި އިފްތިތާހުކޮށްފި
ބަނދަރުގެ ހިދުމަތް އަވަސްކުރުމުގެ މަސައްކަތް ފަށައިފި