11 ޖުލައި 2024
ބޮޑެތި ސްކޭމްތައްކޮށް ފައިސާ ފޭރިގަންނަ މައްސަލަތަކުގައި މާފުށީ ޖަލުގެ ގައިދީންނާ އެކު ކަރެކްޝަނަލް ސާވިސްގެ ޖަލު އޮފިސަރުންގެ ވެސް ބައިވެރިވުން އޮތް ކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ބޮޑެތި ސްކޭމްތައްކޮށް ފައިސާ ފޭރިގަންނަ މައްސަލަތަކުގައި މާފުށީ ޖަލުގެ ގައިދީންނާ އެކު ކަރެކްޝަނަލް ސާވިސްގެ ޖަލު އޮފިސަރުންގެ ވެސް ބައިވެރިވުން އޮތް ކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންޓި ސްކޭމް ޑިޕާޓްމެންޓްގެ އިންސްޕެކްޓާ އޮފް ޕޮލިސް އާދަމް ނަވީދު ވިދާޅުވީ ބޮޑެތި ސްކޭމްތަކުގައި، މާފުށީ ޖަލުގެ ބައިވެރިވުން އޮތް ކަން އެނގޭ ހެކިތައް އެބަހުރި ކަމަށެވެ.
ނަމަވެސް، ސްކޭމްގެ ހުރިހާ ކަމެއް ހިންގަނީ ޖަލުގެ ގައިދީން އެކަނި ކަމަށް ދަންނަވަން ދަތި ކަމަށެވެ.
ފުލުހުން މިއަދު ވަނީ މިފަހުން ހިންގި ބޮޑު ދެ ސްކޭމެއްގެ މައުލޫމާތު އާއްމުކޮށްފަ އެވެ. އެއީ އަމިއްލަ ވިޔަފާރި ކުންފުންޏެއްގެ އެކައުންޓުން 1.9 މިލިއަން ރުފިޔާ ފޭރިގަތް މައްސަލައަކާއި ޖަމިއްޔާއެއްގެ އެކައުންޓުން ފަސް ލައްކަ ރުފިޔާ ފޭރިގަތް މައްސަލައެކެވެ.
ފުލުހުންގެ އެންޓި ސްކޭމް ޑިޕާޓްމެންޓްގެ ހެޑް އިންސްޕެކްޓާ އޮފް ޕޮލިސް މަރިޔަމް ރަޝީދާ ވިދާޅުވި ގޮތުގައި މި ދެ ސްކޭމް ހިންގުމުގައި ވެސް ޖަލު އޮފިސަރުން ހިމެނޭ ކަން ތަހުގީގަށް ވަނީ ފާހަގަކުރެވިފަ އެވެ.
މިފަހުން މާފުށީ ޖަލުގައި ހިންގި އޮޕަރޭޝަނެއްގައި، ކަރެކްޝަނަށް ސާވިސްގެ 13 އޮފިސަރަކު ހައްޔަރުކޮށްފައިވެ އެވެ. އެ މީހުން ހައްޔަރުކުރީ މާފުށީ ޖަލަށް ޑްރަގާއި ފޯނު ވެއްދުމުގައި ޖަލު އޮފިސަރުން އެހީތެރިވާ ކަމަށް ކުރާ ތުހުމަތާ ގުޅިގެން ބެލިއިރު، ހެކިތައް ހުރުމުންނެވެ.
އެ އޮޕަރޭޝަނާ ގުޅޭ ގޮތުން ފުލުހުން ބުނެފައިވާ ގޮތުގައި، އެ ކުށް ކުރުމުގައި ޖަލު އޮފިސަރުންގެ 18 މީހަކު ބައިވެރިވި އެވެ. އެ މީހުންގެ އެކައުންޓުތަކަށް މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި 73.6 މިލިއަން ރުފިޔާ ޖަމާވެފައި ވެ އެވެ.
އެއް އޮފިސަރެއްގެ އެކައުންޓަށް އެކި ފަހަރު މަތިން ޖުމްލަ 24 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
ޖަލަށް މަނާތަކެތި ވައްދާ އޮފިސަރުންގެ މައްސަލަ ޕީޖީއަށް
ސްކޭމްތަކާ ގުޅިގެން އިދާރާތައް އެސްއޯއީ ކޮމިޓީއަށް
ޖަލު އޮޕަރޭޝަން: ފޯނާއި ސިމް ކާޑާއި މަސްތުވާތަކެތި
ސްކޭމާއި ޓެރަރިޒަމަށް ތުހުމަތުކޮށް ޖަލު ފާސްކުރަނީ
ސްކޭމް ކޯލް: ނުހުއްޓުވެނީތަ، ނުހުއްޓުވަނީތަ؟
އޮފިސަރުންގެ މައްސަލަ:އެންމެން ދޫކޮށްލަން ޕީޖީން އެދެފި
ފްލެޓަށް ހުޅުވާލި ކަމަށް ބުނެ ފޭކްމެސެޖުތަކެއް ފޮނުވަނީ
ނިންމުން ބަދަލުކޮށް ބައްސާމްގެ އެޕާޓްމަންޓް އަތުލަނީ
ދުވަސްވީ މީހުންގެ އަތުން ފޭރޭ މައްސަލަތައް އިތުރުވަނީ
ބައްސާމްގެ ޕެންޓްހައުސް ޕޮލިހާ ހަވާލުކުރަން އަންގައިފި