11 ޖުލައި 2024
ވިޔަފާރި ކުންފުންޏެއްގެ އެކައުންޓުން 1.9 މިލިއަން ރުފިޔާ ފޭރިގަނެ ބޮޑު ސްކޭމެއް ހިންގާފައިވާ ކަމަށާއި އެކަމުގައި އަމަލީ ގޮތުން 158 މީހުން އަމަލީ ގޮތުން ބައިވެރިވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ވިޔަފާރި ކުންފުންޏެއްގެ އެކައުންޓުން 1.9 މިލިއަން ރުފިޔާ ފޭރިގަނެ ބޮޑު ސްކޭމެއް ހިންގާފައިވާ ކަމަށާއި އެކަމުގައި އަމަލީ ގޮތުން 158 މީހުން އަމަލީ ގޮތުން ބައިވެރިވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންޓި ސްކޭމް ޑިޕާޓްމެންޓްގެ އިންސްޕެކްޓާ އޮފް ޕޮލިސް އާދަމް ނަވީދު ވިދާޅުވީ 1.9 މިލިއަން ރުފިޔާ އަމިއްލަ ކުންފުންޏެއްގެ އެކައުންޓުން މިދިޔަ މަހު ފޭރިގެންފައިވާ ކަމަށެވެ. މި ބޮޑު ސްކޭމް ހިންގަން ހޭދަވީ ގާތްގަނޑަކަށް 5-10 މިނެޓް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނަވީދު ވިދާޅުވި ގޮތުގައި މި ސްކޭމް ހިންގީ ރަސްމާލެ މަޝްރޫއުއަށް، ބައެއް ތަކެތި ސަޕްލައިކޮށްދޭން ކުރި މަޝްވަރާތަކެއް ކަމަށް ބުނެ އެވެ. މި މައްސަލައިގެ ތުހުމަތަށް ހައްޔަރުކުރީ ޕެރޯލްގެ ދަށުން ޖަލުން ދޫކޮށްފައި ހުރި މީހެކެވެ.
ސްކޭމުން ފައިސާ ޖަމާވި މީހުންގެ ތެރޭގައި ޖަލު އޮފިސަރުން ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.
ނަވީދު ވިދާޅުވި ގޮތުގައި މި ސްކޭމް ހިންގީ ކުންފުންޏެއްގެ ހިއްސާދާރެއްގެ މެއިލް ހެކްކޮށް، ކުންފުނީގެ ބޭންކް އެކައުންޓުގެ އިންޓަނެޓް ބޭންކިންއަށް އެކްސެސްވެެގެންނެވެ. މި ފައިސާތައް ނަގަމުން ދިޔައިރު ވެސް ކުންފުނީގެ ހިއްސާދާރު ގެންދިޔައީ ސްކޭމަރާ ވަޓްސްއެޕް އިން ވާހަކަ ދައްކަމުން ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ސްކޭމްގައި، އެ ކުންފުނީގެ އެކައުންޓުގައި ހުރި ފައިސާ އިން 70 ޕަސެންޓް ވަނީ ފޭރިގެންފަ އެވެ.
އެކައުންޓުން ގިނަ އަދަދެއްގެ ފައިސާ މަދުވިކަން އެނގުނީ، ނަވީދު ވިދާޅުވި ގޮތުގައި، ކުންފުނީގެ ހިއްސާދާރަކު ބޭންކް އެޕްލިކޭޝަނަށް ވަދެ ބެލުމުންނެވެ. ވަގުތުން ބޭންކަށް މައްސަލަ ރިޕޯޓްކޮށް، އެކައުންޓް ބްލޮކްކުރި އިރު، އެކައުންޓުގައި ބާކީ ހުރީ އަށް ލައްކައެއްހާ ރުފިޔާ އެވެ.
ފުލުހުން ބުނި ގޮތުގައި އެ ކުންފުނީގެ އެކައުންޓުން ނެގި ފައިސާ ގާތްގަނޑަކަށް 50 އެކައުންޓަކަށް ވަނީ ޖަމާކޮށްފަ އެވެ. އޭގެ ފަހުން ވެސް އެ ފައިސާ އެހެން އެކައުންޓްތަކަށް ދައުރުކޮށްފައިވެ އެވެ. އަދި ބައެއް އެކައުންޓްތަކުން އޭޓީއެމް މެދުވެރިކޮށް ފައިސާ ނެގި އެވެ.
އިންސްޕެކްޓާ އޮފް ޕޮލިސް އާދަމް ނަވީދު: މި މައްސަލާގައި 158 މީހަކު ބައިވެރިވޭ - ފޮޓޯ: ނިޝާން އަލީ / މިހާރު
މި މައްސަލައާ ގުޅިގެން، ތަހުގީގުގެ ފުރަތަމަ 72 ގަޑިއިރު ތެރޭގައި ފައިސާ ޖަމާވި 50 އެކައުންޓް ނިސްބަތްވާ މީހުންގެ ތެރެއިން 80 ޕަސެންޓް މީހުން ހޯދައި، އެމީހުންނާ ސުވާލުކޮށްފައިވާ ކަމަށް ނަވީދު ވިދާޅުވި އެވެ. އަދި ބޭންކްތަކުގެ ތެރޭގައި ދައުރުވި ފައިސާގެ ތެރެއިން ލައްކައެއްހާ ރުފިޔާ ވަނީ ހޯލްޑްކޮށްފަ އެވެ. މިހާތަނަށް ފަސް ލައްކައެއްހާ ރުފިޔާ ފުލުހުން ވަނީ ހޯދައިފަ އެވެ.
ތަހުގީގަށް 60 މީހަކު ބަލައިފާސްކޮށް ސުވާލުކޮށްފައިވާއިރު 57 އެކައުންޓެއް ވަނީ ފްރީޒްކޮށްފަ އެވެ. ނަމަވެސް، މި މައްސަލާގައި މިހާތަނަށް ހައްޔަރުކޮށްފައިވަނީ އެންމެ މީހެކެވެ. ހައްޔަރުކުރި މީހަކީ ޕްރޯލްގެ ދަށުން ދޫކޮށްލާފައިވާ މީހެކެވެ. އެމީހާ މިހާރު ވަނީ ބަންދުކޮށްފަ އެވެ.
ނަވީދު ވިދާޅުވީ މި ސްކޭމްގައި ފޭރިގަތް ފައިސާ، ރާއްޖޭގެ ބޭންކް ސިސްޓަމުން ނެރުމަށް 12 ރަށަކުން 158 މީހުން އަމަލީ ގޮތުން ބައިވެރިވެފައިވާ ކަން ތަހުގީގަށް ހޯދިފައިވާ ކަމަށެވެ. އޭޓީއެމްއިން ފައިސާ ނެގުމަށް ވެސް ބަޔަކު ހަރަކާތްތެރިވެފައިވާތީ، އެކަން ވެސް ބަލަމުންދާ ކަމަށް ވިދާޅުވި އެވެ.
އަމަލީ ގޮތުން ބައިވެރިވި މީހުންގެ ތެރޭގައި ގިނައީ އެ ފައިސާ އަކީ ކުށް ކޮށްގެން ހޯދި ފައިސާކަން ނޭނގި ކުދިކުދި އެހެން މަންފާތަކަށް އޭޓީއެމް ފައިސާ ނެގުމުގެ ކަންކަން ކޮށްދިން މީހުން ކަމަށް ވެސް ނަވީދު ފާހަގަކުރެއްވި އެވެ.
ފްލެޓަށް ހުޅުވާލި ކަމަށް ބުނެ ފޭކްމެސެޖުތަކެއް ފޮނުވަނީ
ނިންމުން ބަދަލުކޮށް ބައްސާމްގެ އެޕާޓްމަންޓް އަތުލަނީ
ދުވަސްވީ މީހުންގެ އަތުން ފޭރޭ މައްސަލަތައް އިތުރުވަނީ
ބައްސާމްގެ ޕެންޓްހައުސް ޕޮލިހާ ހަވާލުކުރަން އަންގައިފި
ވަގު ސްލިޕް ހަދަން ހާއްސަ އެޕެއް، ސަމާލުވާން އެދެފި
ސްކޭމްގައި ގެއްލުނު 13 މިލިއަނުން ދެމިލިއަން ހޯދައިފި
ގެސްޓް ހައުސެއްގައި ފޭރުނު 2މީހުންގެ މައްސަލަ ޕީޖީއަށް
ބަރަހަނާ މަންޒަރުތައް އާންމުކުރީ ވަނަވަރު އެނގޭ ގޮތަށް
ސްޓެލްކޯގެ ނަމުގައި ސްކޭމް ކޯލްތަކެއް ކުރަނީ
އެކައުންޓްތަކުގައި އަތްލުމުގެ ބާރު ފުލުހުންނަށް ދޭންވީ؟