Roadha Mihaaru
ރޯގާ ހުރި ނަމަ މާސްކް އަޅަން އައިޖީއެމްއެޗުން އެދިއްޖެ

ރޯގާގެ އަލާމާތެއް ހުރި ނަމަ މާސްކް އަޅައިގެން ހޮސްޕިޓަލަށް ދާން އައިޖީއެމްއެޗުން އެދިއްޖެ

10 ޖުލައި 2024

ރޯގާގެ އެއްވެސް އަލާމާތެއް ހުރި ނަމަ މާސްކް އަޅައިގެން ހޮސްޕިޓަލަށް ދިއުމަށް އައިޖީއެމްއެޗުން މިއަދު އެދިއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރޯގާގެ އެއްވެސް އަލާމާތެއް ހުރި ނަމަ މާސްކް އަޅައިގެން ހޮސްޕިޓަލަށް ދިއުމަށް އައިޖީއެމްއެޗުން މިއަދު އެދިއްޖެ އެވެ.

އެ ހޮސްޕިޓަލުން ނެރުނު އެންގުމެއްގައި ބުނީ ހައްޖުގެ އަޅުކަމަށް ފަހު، ރާއްޖެ އައި މީހުންނަށް ހާއްސަކޮށްގެން ހުޅުވި ފްލޫ ކްލިނިކުން ހިދުމަތް ހޯދާ މީހުންގެ އަދަދު މަދުވެފައިވާތީ އެ ކްލިނިކް ބަންދުކޮށްފައިވާ ކަމަށެވެ.

ނަމަވެސް، އެ ކްލިނިކް ބަންދުކުރިއަސް ހޮސްޕިޓަލުން ހިދުމަތް ހޯދާ މީހުން ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ މާސްކް އަޅައިގެން އެ ތަނަށް ދިއުމަށް ވަނީ އެދިފަ އެވެ.

ހައްޖުން އެނބުރި އައުމަށް ފަހު، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ. އެ އެޖެންސީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ވަނީ އަރިދަފުސް ރޯގާ އާއި ވައިރަލް ހުން ޖެހިފައިވާނަމަ ގޭގައި ވެސް ރައްކާތެރިކަމުގެ ފިޔަވަޅު އަޅައި، ލަސްނުކޮށް ސިއްހީ ފަރުވާ ހޯދަން އެދިފަ އެވެ.

ރާއްޖެއިން މި އަހަރު 1،150 މީހުން ހައްޖަށް ދިޔަ އެވެ. އެ އެންމެން ވަނީ އެނބުރި އައިސްފަ އެވެ.