Roadha Mihaaru
ޑެންގީ ޖެހިގެން 9 އަހަރު ކުއްޖަކު ނިޔާވެއްޖެ

ޑެންގީ ޖެހިގެން 9 އަހަރު ކުއްޖަކު ނިޔާވެއްޖެ

11 އޮކްޓޯބަރ 2022

ޑެންގީ ޖެހިގެން ލ. ފޮނަދޫގެ ކުޑަކުއްޖަކު ވެސް މިއަދު ނިޔާވެއްޖެ އެވެ.

އާލިމް އަބްދުއްލަތީފް އާލިމް އަބްދުއްލަތީފް

ޑެންގީ ޖެހިގެން ލ. ފޮނަދޫގެ ކުޑަކުއްޖަކު ވެސް މިއަދު ނިޔާވެއްޖެ އެވެ.

އެ ރަށު ކައުންސިލްގެ މެމްބަރު އައިޝަތު އަޒީނާ ވަނީ "މިހާރު" އަށް ވިދާޅުވީ، އުމުރުން 9 އަހަރުގެ އެ ކުއްޖާ ނިޔާވީ އިތުރު ފަރުވާ އަށް މާލެ ގެނެސް ފަރުވާދެމުން އަންނަނިކޮށް ކަމަށެވެ.

މިއީ ޑެންގީ ޖެހިގެން މިއަދު ނިޔާވި ދެވަނަ މީހާ އެވެ. ރ. ދުވާފަރުގެ 21 އަހަރުގެ ޒުވާނަކު ވެސް މިއަދު ވަނީ އެ ބަލީގައި ނިޔާވެފަ އެވެ.

މީގެ ހަފުތާއެއް ކުރިން އުމުރުން 19 އަހަރުގެ ޒުވާނަކާއި ކުޑަކުއްޖަކު ވެސް ޑެންގީގައި ނިޔާވެފައި ވެ އެވެ.

ރާއްޖޭގައި މި ދުވަސްވަރު ހުމުގެ ރޯގާ ގިނަކަން ގިނަ ބަޔަކު ފާހަގަކުރެ އެވެ.