07 ޖުލައި 2024
ދައުލަތުގެ ހަރަދު ކުޑަކުރުމަށް ދެން އަންނަ ދައުރަކަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު 77 އަށް މަދުކުރަން ގާނޫނު އަސާސީއަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ ހަރަދު ކުޑަކުރުމަށް ދެން އަންނަ ދައުރަކަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު 77 އަށް މަދުކުރަން ގާނޫނު އަސާސީއަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
މިރޭ ބޭއްވި ޕީއެންސީ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ވާހަކަ ދައްކާއިރު ގައުމަށް އެކަށީގެންވާ ގޮތަކަށް ނިޒާމު ބައްޓަން ކުރަންޖެހޭ ކަމަށެވެ. އަދި އާބާދީ އިތުރުވަމުންދާ މިންވަރަށް މަޖިލިސް މެމްބަރުންގެ އަދަދު އިތުރުވާ ގޮތަށް މިހާރު އޮންނަ އޮތުމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ވެސް މެމްބަރުންގެ އަދަދު އިތުރުވާނެ ކަމަށާއި އެހެންވެ، މަޖިލީހުގެ މެމްބަރުންގެ އަދަދު މަދުކުރުމަކީ އެމަނިކުފާނު ތާއީދު ކުރައްވާ ކަމެއް ކަމަށް ވިދާޅުވި އެވެ.
"މިހާރު މިދާގޮތަށް ދާނަމަ (މަޖިލިސް މެމްބަރުންގެ އަދަދު) 100 އަށް ނުވަތަ އެއަށްވުރެ މައްޗަށް އަރައިގެން ދާނެ އާބާދީ ބޮޑުވަމުންދާ ވަރަކަށް. އެއީ މާނައެއް ހުރިކަމެއް ނޫން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެންމެ ކުޑަކުރަން ވިސްނާއިރު ވެސް މާ ކުޑަކޮށްލީމަ ވެސް އެއީ ރަނގަޅު ގޮތަކަށް ނުވާނެ. އެންމެ ރަނގަޅު ގޮތަކަށް ވާނީ 17 ވަނަ މަޖިލީހުގައި އަދަދު އޮތް އަދަދު. އެއީ 77 މެމްބަރުން، 77 މެމްބަރުންނަށް އަދަދު ލިމިޓްކޮށް، މަޖިލިސް މެމްބަރުންގެ އަދަދު ހަމަޖެއްސުން،" ރައީސް ވިދާޅުވި އެވެ.
ޕީއެންސީ ޖަގަހަ ޖަލްސާގައި ރައީސް ބައިވެރިވެ ވަޑައިގަންނަވަނީ --- މިހާރު ފޮޓޯ/ފަޔާޒް މޫސާ
"އެހެންވީމާ ކުރިއަށް އޮތް ތަނުގައި ހޮވައި ރައްޔިތުން މަޖިލީހަކީ 93 ނޫން، އެއަށްވުރެ ބޮޑުވެގެންދާ އަދަދަކަށް ބަދަލުވުމުގެ ބަދަލުގައި 77 އަށް، ނޫންނަމަ އެހާ ހިސާބަށް، ގާތްގަނޑަކަށް އެވަރަށް ހަމަޖެހޭނެ ވަރުގެ އަދަދަކަށް ކުޑަކޮށް، ގާނޫނު އިސްލާހު ކުރަން އަޅުގަނޑު ހުށަހަޅާނަން." އޭގެ ސަބަބުން މަޖިލީހުގެ މެމްބަރުންނަށް ދައުލަތުން ކުރަން ޖެހޭ ހަރަދުތައް ބޮޑުތަނުން ކުޑަވެގެންދާ ކަން ފާހަގަ ކުރައްވައި، ރައީސް ވިދާޅުވި އެވެ.
ރައީސް އެގޮތަށް ވިދާޅުވިއިރު، މަޖިލީހުގެ މެންބަރުންގެ އަދަދު ލިމިޓް ކުރުމުގެ މައްސަލައާ މެދު މަޖިލިސް މެމްބަރުންގެ ހިޔާލު ހޯދަން ހުށަހެޅި ގަރާރު އިތުރަށް ދިރާސާ ކުރުމަށް މަޖިލީހުގެ ކޮމިޓީއަށް މިހާރު އޮތީ ފޮނުވައިފަ އެވެ. ގާނޫނުއަސާސީގައި މިހާރު ބުނާގޮތުން ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކޮށްފައިވާ އާބާދީގެ ފުރަތަމަ 5،000 މީހަކަށް ނުވަތަ 5،000 މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެމްބަރުން ތިބެން ޖެހެ އެވެ. އަދި ރަޖިސްޓަރީ ކޮށްފައިވާ އާބާދީ 5،000 އަށް ވުރެ އިތުރުވާ ނަމަ އާބާދީގެ ފުރަތަމަ 5،000 މީހުންނަށް ވުރެ އިތުރުވާ ކޮންމެ 5،000 މީހަކަށް މެމްބަރަކު އިންތިހާބު ކުރަން ޖެހެ އެވެ.
މިހާރުގެ ގާނޫނުއަސާސީއަށް އަމަލުކުރަން ފެށި ފަހުން މަޖިލިހުގެ ހަތަރު އިންތިހާބެއް މިހާތަނަށް ބާއްވާފައި ވާއިރު، ކޮންމެ ފަހަރަކު ވެސް މެމްބަރުންގެ އަަދަދު ދަނީ އިތުރުވަމުންނެވެ. އެގޮތުން 2009 ގައި އިންތިހާބުކުރި 77 މެމްބަރުން ކަމަށް ވިޔަސް، 2014 ވަނަ އަހަރުގެ އިންތިހާބުގައި އެ އަދަދު 85 އަށް 2019 ވަނަ އަހަރުގެ އިންތިހާބުގައި 87 އަށް އިތުރުވި އެވެ. މިހާރު އޮތް މަޖިލީހުގައި 93 މެމްބަރުން ތިއްބަވަ އެވެ.
މުސާރަ އުނިކުރަން މަޖިލިސް ރައީސް ވެސް ނިންމަވައިފި
މުރައިދޫ ގޭގައި ތިބެނީ 4 މުވައްޒަފުން: މަޖިލިސް
އީސީ އާއި އޭސީސީގެ ރައީސް ކަނޑައަޅާ ގޮތް ބަދަލުކުރަނީ
ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން ވެސް އުނިކުރަނީ
ރައީސްގެ މުސާރައިން 50 ޕަސެންޓް ނުނަގަން ނިންމަވައިފި
ދައުލަތުގެ ވެރިންގެ މުސާރައިން 10ޕަސެންޓް އުނިކުރަނީ
ހަރަދު ކުޑަކުރަން ސިޔާސީ މުވައްޒަފުން ވަކިކުރަނީ
އެމެރިކާ ދަތުރުފުޅަށް ހަރަދުވީ 2.5 މިލިއަން ރުފިޔާ
މުރައިދޫގޭ މުވައްޒަފުންގެ އަދަދުދޭން ރައީސް އަންގަވައިފި
ރައީސަށް އެއްބާރުލުން ދިނުން ނޫން ގޮތެއް ނެތް: ގާސިމް