Roadha Mihaaru
އަޒާން ވޯޓު ދެއްވި ގޮތް ބޮޑު މައްސަލައަކަށް!

މައުލޫމާތު ހާމަކުރުމާ ދެކޮޅަށް އަޒާން ވޯޓު ދެއްވުމުން ބޮޑު މައްސަލައަކަށް!

04 ޖުލައި 2024

ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ އަދަދު ހާމަކުރަން ގޮވާލައި އިދިކޮޅު އެމްޑީޕީން ހުށަހެޅި ކުއްލި މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށް، މައުލޫމާތު ހާމަކުރަން ކުރިން ވަރަށް ބޮޑަށް ވަކާލާތު ކުރައްވަމުން އައި ހިތަދޫ މެދު ދާއިރާގެ ޕީއެންސީގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު އިއްޔެ ވޯޓު ދެއްވައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ އަދަދު ހާމަކުރަން ގޮވާލައި އިދިކޮޅު އެމްޑީޕީން ހުށަހެޅި ކުއްލި މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށް، މައުލޫމާތު ހާމަކުރަން ކުރިން ވަރަށް ބޮޑަށް ވަކާލާތު ކުރައްވަމުން އައި ހިތަދޫ މެދު ދާއިރާގެ ޕީއެންސީގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު އިއްޔެ ވޯޓު ދެއްވައިފި އެވެ.

މީގެ ކުރިން ނޫސްވެރިއެއް ގޮތުގައި އުޅުއްވި އަޒާން ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ގިނަ މައުލޫމާތުތަކެއް ހޯދަން އެދި އެކަމަށް ވަރަށް ބޮޑަށް ވަކާލާތު ކުރައްވާފަ އެވެ.

ބޭރު ގައުމުތަކާ އެކު ހަދާފައިވާ އެއްބަސްވުންތަކާއި ދިފާއީ ލިޔެކިޔުންތަކުގެ މައުލޫމާތު ހާމަކުރަން ކުރީގެ ސަރުކާރުން ދެކޮޅު ހެދުމުން އަޒާން ވަނީ އެ މައްސަލަ ސުޕްރީމް ކޯޓާ ހިސާބަށް ގެންގޮސްފަ އެވެ.

އޭގެ އިތުރުން ކުރީގެ ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދާއި ރައީސް އޮފީހުން ދަތުރުތަކަށް ކުރާ ހަރަދާއި ސަރުކާރު ހިންގުމާ ގުޅޭ އެހެނިހެން މައުލޫމާތުތައް ހޯދަން އަޒާން އޭރު އެދި، އެކަމަށް ވަރަށް ބޮޑަށް ވަކާލާތުކުރި އެވެ. އެ މައުލޫމާތުތައް ހާމަކުރަން އޭރުގެ ސަރުކާރުން ދެކޮޅު ހެދުމުން އަޒާން ވަނީ އެކަމާ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

ސޯޝަލް މީޑިއާގައި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގަށް އަޒާން ވަރަށް ބޮޑަށް ވަކާލާތު ކުރެއްވި އެވެ.

ރައްޔިތުންގެ މަޖިިހުގެ އިއްޔެގެ ޖަލްސާ އަށް އެމްޑީޕީގެ ފަރާތުން ކުއްލި މައްސަލައެއް ހުށަހެޅީ މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދާއި ކުންފުނިތަކުން މުސާރައިގެ ގޮތުގައި ހޭދަކުރާ އަދަދުތައް ހާމަ ނުކުރާތީ އެވެ.

އެމްޑީޕީ ވެރިކަމުގައި އަޅުގަނޑު ހޯދަން އެދުނު ސިޔާސީ މަގާމުތަކުގެ އަދަދު ނުލިބޭ. ރައީސް [ޑރ. މުހައްމަދު މުއިއްޒު] މިހާރު ވަނީ އެ މައުލޫމާތުތައް ހާމަ ކުރަން އަންގަވާފައި،"--- އަޒާން

އެ މައްސަލާގައި މަޖިލީހުގައި ނެގި ވޯޓުގައި މައްސަލަ ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 11 މެންބަރެކެވެ. ނުފެންނަ ކަމަށް ޕީއެންސީގެ 56 މެންބަރުން ވޯޓު ދެއްވި އެވެ.

އެފަދަ ވޯޓުތަކުގައި ވަކި ގޮތަކަށް ވޯޓު ނުދީ އެބްސްޓެއިން ކުރެވެން އޮންނަ އިރު އަޒާން ވަނީ ރަތް ބަޓަނަށް ފިއްތަވައި އެ ކުއްލި މައްސަލަ އަށް "ނޯ" ޖައްސަވައިފަ އެވެ. އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކުވަނީ އަޒާނަށް ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ.

ކުއްލި މައްސަލާގައި ގޮވާލާފައި އޮތީ ސަރުކާރަށް މަޖުބޫރު ކުރަން. އެއީ ކުރެވޭނެ ކަމެއް ނޫން. މިހާރު ވެސް ގަބޫލު ކުރަނީ މައުލޫމާތު ހާމަކުރަން ޖެހޭނެ ކަމަށް. ސަރުކާރުގެ ވިސްނުމަކީ ވެސް މައުލޫމާތު ހާމަ ކުރުން."--- އަޒާން

އެކަމާ ގުޅޭ ގޮތުން "މިހާރު" އިން މިއަދު ސުވާލު ކުރުމުން އަޒާން ވިދާޅުވީ ސިޔާސީ މަގާމުތަކުގެ އަދަދާއި އެހެނިހެން މައުލޫމާތުތައް ސަރުކާރުން ހާމަކުރަން ޖެހޭ ކަން އޭނާ އަދިވެސް ގަބޫލު ކުރައްވާ ކަމަށެވެ. ނަމަވެސް އެމްޑީޕީން އިއްޔެ ކުއްލި މައްސަލަ ހުށަހެޅީ އެ މައުލޫމާތު ހޯދުމުގެ ނިޔަތުގައި ނޫން ކަމަށާއި އެއީ ވަގުތު ބޭކާރު ކުރަން ކުރި ކަމެއް ކަމަށް އަޒާން ވިދާޅުވި އެވެ.

"ކުއްލި މައްސަލާގައި ގޮވާލާފައި އޮތީ ސަރުކާރަށް މަޖުބޫރު ކުރަން. އެއީ ކުރެވޭނެ ކަމެއް ނޫން. މިހާރު ވެސް ގަބޫލު ކުރަނީ މައުލޫމާތު ހާމަކުރަން ޖެހޭނެ ކަމަށް. ސަރުކާރުގެ ވިސްނުމަކީ ވެސް މައުލޫމާތު ހާމަ ކުރުން." އަޒާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެކަމާ ގުޅޭ ގޮތުން ރައީސް އޮފީހަށް ގުޅައިގެން މައުލޫމާތު ސާފުކުރުމުން ސިޔާސީ މަގާމުތަކުގެ އަދަދު އަންނަ ހަފުތާ ތެރޭގައި ހާމަކުރާނެ ކަމަށް އެ އޮފީހުން ކަށަވަރު ކޮށްދެ އެވެ.

"އެމްޑީޕީ ވެރިކަމުގައި އަޅުގަނޑު ހޯދަން އެދުނު ސިޔާސީ މަގާމުތަކުގެ އަދަދު ނުލިބޭ. ރައީސް [ޑރ. މުހައްމަދު މުއިއްޒު] މިހާރު ވަނީ އެ މައުލޫމާތުތައް ހާމަ ކުރަން އަންގަވާފައި،" އަޒާން ވިދާޅުވި އެވެ.

ނޫސްވެރިންނާއި އާންމުން އެދިގެން ވެސް މި ސަރުކާރުން ސިޔާސީ މަގާމްތަކުގެ އަދަދު ހާމަ ނުކުރުމުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވަނީ އެ މައުލޫމާތުތައް ހާމަ ކުރަން ސަރުކާރަށް އަންގައިފަ އެވެ.