ސަރުކާރު ހިންގާ ޕީއެންސީގެ ވިޕްލައިނާ ހިލާފަށް ވޯޓު ދިން މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ މާއްލިއްޔަތު ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީން ވަކިކުރި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން އަނބުރާ އެ ކޮމިޓީތަކަށް މިއަދު އައްޔަންކޮށްފި އެވެ.
19 އޯގަސްޓް 2025
ސަރުކާރު ހިންގާ ޕީއެންސީގެ ވިޕްލައިނާ ހިލާފަށް ވޯޓު ދިން މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ މާއްލިއްޔަތު ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީން ވަކިކުރި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން އަނބުރާ އެ ކޮމިޓީތަކަށް މިއަދު އައްޔަންކޮށްފި އެވެ.
އެ ކޮމިޓީތަކަށް އަލުން އައްޔަންކުރިކަން އަޒާން ވަނީ "މިހާރު" އަށް ކަށަވަރު ކޮށްދެއްވައިފަ އެވެ.
އަޒާންގެ ބަދަލުގައި މާލިއްޔަތު ކޮމިޓީއަށް ހަމަޖެއްސި ހެންވޭރު އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު އައިފާން އާއި 241 ކޮމިޓީއަށް އައްޔަންކުރި ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް މިހާރު ވަނީ އެ ކޮމިޓީތަކުން ވަކިކޮށްފަ އެވެ.
އެ ދެ ކޮމިޓީގެ ބަދަލުގައި އަޒާން ޕެޓިޝަން ކޮމިޓީ އާއި އިމްތިޔާޒާއި ސުލޫކު ކޮމިޓީ އަށް އައްޔަންކުރި އެވެ.
އެ ކޮމިޓީތަކުން އަޒާން ވަކިކުރީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދު ހަތަކުން ފަހަކަށް މަދުކުރުމަށް ކޯޓުތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހު ފާސްކުރަން ޕީއެންސީގެ ޕީޖީ ގްރޫޕުން ތްރީލައިން ވިޕެއް ނެރެފައި ވަނިކޮށް، އެ ބިލަށް ވޯޓަށް އެހި ވަގުތު އެ ވޯޓުގައި އަޒާން ބައިވެރިވެވަޑައިނުގަތުމުންނެވެ.
އެ ބަދަލާ ގުޅިގެން އަޒާން އޭރު ވިދާޅުވީ، އެއީ ބައެއް ބާރުގަދަ ފަރާތްތަކުގެ މަސްލަހަތު އޮންނަ ކޮރަޕްޝަންގެ މައްސަލަ މާލިއްޔަތު ކޮމިޓީ މެދުވެރިކޮށް ބަލަން މަސައްކަތް ކުރާތީ، އެ މީހުންގެ ނުފޫޒުން ގެނައި ބަދަލެއް ކަމަށް ބެލެވޭ ކަމަށެވެ. ކޮމިޓީން ސަރުކާރު ކުންފުނިތަކުގެ ޕްރޮކިއުމެންޓުތައް ދިރާސާކުރަމުން އަންނަ ކަމަށާއި އޭގެ ތެރެއިން ވެމްކޯގައި ފާއިތުވީ އަހަރު އެކަނި ކުއްޔަށް ތަކެތި ނަގަން 65 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަން ހާމަވެފައިވާ ކަމަށް އަޒާން އޭރު ވިދާޅުވި އެވެ.
އަޒާން ވިދާޅުވި ގޮތުގައި، މިފަދަ މައްސަލަތައް ބަލަން ފެށުމުން ނުބެލުމަށް އެކި ފަރާތްތަކުގެ ބޮޑެތި ޕްރެޝަރުތައް އަ އެވެ.
މާލިއްޔަތު އަދި 241 ކޮމިޓީން އަޒާން ވަކިކޮށްފި
ޕީއެންސީ ޕީޖީގެ ވަޓްސްއެޕް ގްރޫޕުން އަޒާން ބޭރުކޮށްފި
މަސްލަހަތާ ޖެހުމުން މެމްބަރަށް "ހިތި ބޭހެއް" ނުދިރޭ!
މަޖިލިހުގެ 16 ކޮމިޓީގެ މުގައްރިރުކަން އެމްޑީޕީ އަށް
ކޮމިޓީތަކުގައި މެމްބަރުން ތިއްބަވާ އަދަދަށް ބަދަލުތަކެއް
މަޖިލީހުގެ ކޮމިޓީތަކުގެ ކޮންޓްރޯލް ލިބެނީ އެމްޑީޕީ އަށް
ކޮމިޓީތަކުގައި އިދިކޮޅުގެ އަޑު އިއްވެން ޖެހޭނެ: ޝިޔާމް
މަޖިލިހަށް ފަސް ކޮމިޓީއެއް އިތުރު ކުރަން ފާސްކޮށްފި
ޖުޑިޝަރީ ކޮމިޓީއަކާ އެކު 17 ކޮމެޓީ ހަދަނީ
ކޮމިޓީތައް އެކުލަވައިލުމުގެ މަޝްވަރާތައް ފަށައިފި